ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށުގެ ވެއްޓަށް ބޮޑު ބަދަލެއް ގެނައީ މި ސަރުކާރުން: އިމްރާން

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ސަންގުޓީވީގެ ކަވަރޭޖެއްގައި ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކަރެކްޝަން ސާވިސްއަށް 50 އަހަރު ފުރިގެން ދިޔަ އިރު ކުށުގެ ވެއްޓަށް ފަހި ބޮޑު ބަދަލެއް ގެނައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީ އާއި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސަރުކާރުން ކުށުގެ ވެށި ރަނގަޅަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. ރައީސް ސޯލިހު ވެރިކަމާއި ހަވާލުވި އިރު، ރާއްޖޭގައި ރިހެބިލިޓޭޝަން ގެ މަސައްކަތް ކުރެވިފައި ހުރީ ވަރަށް މަދު ޔުނިޓެއްގައިކަން ފާހަގަ ކުރައްވައި އިމްރާން ވިދާޅުވީ، ޖަލުގެ ނިޒާމުގައި ކޮމާންޑިންގ ލެވެލެއްގައި ރިހެބިލިޓޭޓް ކުރުމުގެ އިންތިޒާމެއްވެސް މީގެ ކުރިން ހަމަޖެހިފައި ނުވާ ކަމަށެވެ.

“ރާއްޖޭގެ ކުށުގެ ވެއްޓަށް ފަހި ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރީ މި ސަރުކާރުން، އަދިވެސް ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރެވެމުންދޭ” އިމްރާން

އިމްރާން ވިދާޅުވީ ވެރިކަން ބަދަލުވެ، ރިހެބިލިޓޭޝަން ކޮމާންޑެއް ގާއިމުކޮށް އެ ކޮމާންޑްގެ ދަށުން ކުށްވެރިން މުޖުތަމައުއަށް ނެރެމުން ދިޔައީ ރަނގަޅު ޕްރޮގްރާމްތަކެއްގެ ދަށުން ކަމަށެވެ. އިމްރާން ވިދާޅުވީ ކުށްވެރިން ރަނގަޅު ބައެއްގެ ގޮތުގައި މުޖްތަމައުއަށް ނެރުމަށް ކުރެވުނު މަސައްކަތްތަކުގެ ދަށުން، ތަމްރީނު ޕްރޮގްރާމްތަކެއް ވެސް ހިންގާފައިވާ ކަމަށެވެ. އޭގެ އިތުރުން މިދިޔަ ތިން އަހަރުގެ ތެރޭގައި، ކުށުގެ ވެށި ރަނގަޅު ކުރުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ތެރެއިން ހިންގުނު ޕްރޮގްރާމުތަކުން ޕެރޯލު ދިނުމަށް ޝަރުތު ހަމަވެ، އިންޓަވިއުގެ އެންމެ ފަހު މަރުހަލާގައި ގިނަ ގައިދީންތަކެއްގެ ފަރާތުން ރަނގަޅު ސުލޫކާއި އަހުލާގު ފާހަގަ ކުރެވުނު ކަމަށެވެ.

މިފަދަ ނިޒާމެއް ގާއިމު ކުރުމުގެ އެންމެ ބޮޑު ބޭނުމެއްގެ ގޮތުގައި އިމްރާން ވިދާޅުވީ، ކުށެއް ކުރެވުނު މީހެއް ނަމަވެސް ހަޔާތުގެ ކުރިޔަށް އޮތް ދުވަސްތަކާއި މެދު ރަނގަޅަށް ވިސްނައި، ރަނގަޅު ކުރުމުގެ ފުރުސަތު ދީ އެ މީހަކު ރަނގަޅު ގޮތުގައި މުޖުތަމައު ގެ ތެރެއަށް ނުކުމެގެން ދިއުމެވެ.

މިހާތަނަށް ޕެރޯލުގެ ތެރެއިން 185 މީހަކަށް ފުރުސަތު ދެވިފައިވާ އިރު، ސްޓެލްކޯ އާއި ގުޅިގެން ކުރި މަސައްކަތުން ޕެރޯލުގައި ބައިވެރިވި ގައިދީންގެ ތެރެއިން 26 މީހަކަށް ވަޒީފާގެ ފުރުސަތު ދީފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ބަޔަކަށް ދައިމީ ވަޒީފާ ލިބިގެން ގޮސްފައިވާ ކަމަށް އިމްރާން ވަނީ ފާހަގަކޮށްފައެވެ.

މިނސްޓަރ ދެކޭ ގޮތުގައި ވަކި ޕެރޯލްތަކެއް ހަދައި މި ޕެރޯލުތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ ރާއްޖޭގައި ކުށް ކުރުމުގެ ސަބަބުން މުޖުތަމައު އިން ބާކީ ކުރެވި ބަންދުކުރެވޭ ގައިދީންގެ ކުރިމަގު އުޖާލާކޮށް ފާގަތި މުސްތަގުބަލެއް ގާއިމުކުރުމުގެ ގޮތުންނެވެ. އެހެންކަމުން މި ޕެރޯލުތަކުގެ އެހީގައި ބަންދުން މިނިވަން ވެގެން ނިކުންނަ ގައިދީން މުޖުތަމައުއަށް ނިކުންނަ އިރު ކޮންމެވެސް މަސައްކަތެއް ދަސްކޮށްގެން ނިކުންނަ މީހަކަށް ވާނެ ކަމަށްވެސް މިނިސްޓަރ ދެކެއެވެ.

ކަވަރޭޖުގައި ވާހަކަ ދައްކަމުން މިނިސްޓަރ ވަނީ ނޭކުރަންދޫ ޖަލު ހެދުމުގެ ތައްޔާރީތަކާއި ބެހޭ ތަފްސީލު ދެއްވާފަ އެވެ. އެގޮތުން ޖަލުގެ ކޮންސެޕްޓް ޑިޒައިން ތައްޔާރުކޮށް، އެކަން ފުރިހަމަ ކުރުމަށް ކުރަންޖެހޭ ކަންތައް ސަރުކާރުން ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުން ތަޖުރިބާ ކުރަމުންދާ، އޯޕެން ޕްރިޒަން ނުވަތަ އިންޑަސްޓްރިއަލް ޕްރިޒަން އެއް ރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތް ސަރުކާތުން ކުރަމުން އަންނަކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ގަބޫލުކުރާ ގޮތުގައި އޯޕެން ޕްރިޒަން އެއް ގާއިމުކުރެވުމަކީ އެއްޗެއް ކިޔަވައިގެން ނުވަތަ ދަސްކޮށްގެން ޖަލުން ނިކުތުމަކީ އެއީ އެމީހަކަށް ފައިދާހުރި މަސައްކަތަކުން ލިބޭ އާމްދަނީއެއް ބޭނުން ކުރެވޭނެ މަގެއް ތަނަވަސް ކުރެވެން ލިބޭ ފުރުސަތެކެވެ.

ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ކޮންމެ ގައިދީ އަކީވެސް މުޖުތަމައުއަށް ބޭނުންތެރި ޒިންމާދާރު މީހަކަށް ހެދުން ކަމަށާއި، މިފަދައިން ކަންތައް ކުރުމަށް ސަރުކާރުން ގިނަ މަސައްކަތް ކުރާކަމަށް، މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: