ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިމަމް ވޭޖާއި ވަގުފާރިއަކާއި ގުޅުމެއް ނެތް: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިމަމް ވޭޖާއި އިންސާނީ ވަގުފާރިއާއި ގުޅުމެއް ނެތްކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވެފައިމިވަނީ ސަރުކާރުން މިނިމަމް ވޭޖު ކަނޑައަޅާފައިވާ ގޮތުގެ ސަބަބުން އިންސާނީ ވަގުފާރީގެ މައްސަލަތައް އިތުރުވާނެ ކަމަށް ބުނެ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

ޓްރާންސްޕޭރެންސީ އިން ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގައި މިނިމަމް ވޭޖު ކަނޑައެޅި އިރު، ބިދޭސީ މަސައްކަތްތެރީން ނުހިމަނާކަމީ ބިދޭސީ މަސައްކަތްތެރީންނަށް ވެވޭ ބޭއިންސާފެއްކަމަށެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގައި އިންސާނީ ވަގުފާރީގެ މައްސަލަ އިތުރަށް ގޯސްވެދާނެކަމަށް ޓްރާންސްޕޭރެންސީ އިން ގަބޫލުކުރެއެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު ހުރި ގޮތް ދިރާސާ ކުރުމަށްފަހު ދީފައިވާ ލަފާއާއިއެކު ކަނޑައެޅިގެން ދިޔަ މިނިމަމް ވޭޖަކީ ގައުމުގައި މަސައްކަތް ކުރާ ހުރިހާ ފަރާތެއް ޝާމިލުކޮށްގެން ދޭންޖެހޭ އެއްޗެއްކަމަށް ޓްރާންސްޕޭރަންސީ އިން ބުނެފައިވެއެވެ. އަދި ހަމައެއާއިއެކު، މިނިމަމް ވޭޖު ދިނުމުގައި މަސައްކަތްތެރިން އިގްތިސޯދީގޮތުން ބައިވެރިކޮށް، އެމީހުންގެ އިޖްތިމާއީ ރައްކާތެރިކަން ޔަގީން ކުރެވެން ޖެހޭނެ ކަމަށްވެސް ޓްރާންސްޕޭރެންސީ އިން ބުނެފައިވެއެވެ.

ޓްރާންސްޕޭރެންސީގެ ވާހަކަތަކަށް ރައްދުދެއްވައި މިނިސްޓަރ ފައްޔާޒް ވިދާޅުވީ މިނިމަމް ވޭޖާއި ވަގުފާރިއާއި ގުޅޭނެ އެއްވެސް ހިސާބެއް ނެތްކަމަށެވެ. އަދި ރާއްޖޭގައި އިންސާނީ ވަގުފާރި އާންމުވެގެން ގޮސްފައިވަނީ މިނިމަމް ވޭޖް އާންމުކުރުމުގެ މާކުރިންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

“މިއޮއްހާ ދުވަހު ރާއްޖޭގައި ވަގުފާރި އާންމުވީ މިނިމަމް ވޭޖް ހަދައިގެނެއް ނޫން!” މިނިސްޓަރ ފައްޔާޒް

މިނިސްޓަރ ވިދާޅުވީ މިނިމަމް ވޭޖްގެ ސަބަބުން އިންސާނީ ވަގުފާރިއަށް މަގުފަހިވެދާނެކަމަކަށް އެއްވެސް ހާލެއްގައި ގަބޫލުނުކުރާނެ ކަމަށެވެ. ވަގުފާރި ހުއްޓުވުމާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުން މިނިމަމް ވޭޖް އޮތަސް، ނެތަސް ވަގުފާރީގެ ކަންކަން ހުއްޓޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާރުވެސް އިންސާނީ ވަގުފާރީގެ ކަންކަމަށް ކޮންމެވެސް ވަރަކަށް ހައްލެއް ލިބިއްޖެކަަމަށާއި ހަރުދަނާ ސިޔާސަތުތަކަކާއިއެކު ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުން އިންސާނީ ވަގުފާރީގެ ކަންކަމަށް ހައްލެއް މިހާރު ލިބިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިމަމް ވޭޖުގެ ސަބަބުން ދިިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ގެއްލިގެންދާނެ ނޫންތޯ ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި މިހާރުވެސް ދިވެހިންނާއި އެއްވަރަށް ބިދޭސީން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންގެ ތެރެއިން ދެލައްކަ ބިދޭސީން ފޮނުވާލުމުން އެތަން ފޫބެއްދުމަށް އެއަދަދަށް ދިވެހިން ވާނެތޯ މިނިސްޓަރ ސުވާލު އުފެއްދެވިއެވެ.

ރާއްޖޭގައި ވަޒީފާއެއް ހޯދަމުންދާ ތިބީ ފަނަރަހާހެއްހާ މީހުން ކަމަށާއި އެމީހުންނަކީވެސް ކޮންމެ ކޮންމެ ވަޒީފާއެއް ބޭނުންވާ ބައެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިތުރު ފަނަރަހާހެއްހާ މީހުން ކަމެއްކުރަން ބޭނުންނުވެ، ގޭގައި އެބަތިބިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވަޒީފާ އަދާކުރާ އާބާދީގެ ތެރެއިން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ބޮޑުބައެއް މަތީ ތައުލީމް ހާސިލްކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ގޭގައި ތިއްބެވި އަންހެނުންވެސް ވަޒީފާގެ މާހައުލަށް ނުނިކުމެވިޔަސް، އިގްތިސާދީ ހަރަކާތުގައި ބައިވެރިވުމަކީ އުންމީދެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމަށް އޮތް ހައްލަކީ ޖޮބް ސެންޓަރުގައި އެކަށީގެންވާ ޒުވާނުން ރަޖިސްޓްރީވެފައިވަނިކޮށް ބިދޭސީން ގެނައުމަށް ވޯކް ޕާމިޓް ދޫނުކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ތިން އަހަރު ފުރުމާއި ދިމާކޮށް ކުރިއަށްގެންދިޔަ ޚާއްސަ ކަވަރޭޖްގައި މިނިސްޓަރ ވަނީ މިނިމަމް ވޭޖާއި ގުޅުވައި އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން އިދިކޮޅުގެ ވެރިކަމެއްގައި މިނިމަމް ވޭޖް އުވާލާނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: