ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ރައްކާތެރިކަން ނުދީފިނަމަ، ބައިނަލްއަގުވާމީ ހަމަނުޖެހުމަކަށް ގޮސްފާނެ: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައިީސް، މުހައްމަދު ނަޝީދަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަކީ އަންނަން އޮތް ޖީލުތަކައި ގުޅިފައިވާކަމެއްގެ ގޮތުގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި ބޮންޑެ ވިދާޅުވީ، ރައީސް ނަޝީދަކީ ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ އަދި މަޖިލީހުގެ ރައީސެއްގެ މަގާމު އަދާކުރަވަމުން ގެންދަވާ ދުނިޔެ ބަލައިގަންނަ ލީޑަރެއް ކަމަށެވެ. ރައީސް ނަޝިދު ގެއިން ނިކުމެވަޑައިގަތް ވަގުތާއި ދިމާކޮށް ބޮމެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާއާއި، އެ ހަމާލާގެ ތަހުގީގަށް ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ދަނޑިވަޅެއްގައި އެމަނިކުފާނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ އެހީތެރިކަން ފޯރުކޮށް ނުދޭނަމަ ބައިނަލްއަގުވާމީ ހަމަނުޖެހުމެއް އުފެދިދާނެކަމަށް ބޮންޑެ ވިދާޅުވި އެވެ.

ބޮންޑެ ވިދާޅުވީ ދުނިޔޭގެ ބާރު ހިނގާ ގައުމުތަކުގެ ހަމަނުޖެހުން ރާއްޖެއަށް ފޯރުމުން ދެން އޭގެއިން ގެއްލުންވާނީ އަންނަން އޮތް ޖީލުތަކަށް ކަމަށެވެ. އަދި ރައީސް ނަޝީދު ފަދަ ވަރުގަދަ ޝަހުސިއްޔަތަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ދިނުމަކީ އެއީ ސިޔާސީ ހަމަނުޖެހުމަކަށް ހުޅުވާލެވޭ ދޮރެއްގެ ގޮތުގައި ބޮންޑެ ސިފަ ކުރެއްވި އެވެ.

ސަރުކާރުން ރައީސް ނަޝީދަށް ރައްކާތެރިކަން ދިނުމުގެ ގޮތުން ވަގުތީ ގޮތުން މުރައިދޫގެ ހަމަޖެއްސުމާއި ބައެއް މީހުން އަމާޒު ކުރާ ނުރުހުމުގެ ބަސްތަކާއި އަދި ކުރާ ފުރައްސާރަތަކުގެ ރައްދަށް ބޮންޑެ ވިދާޅުވީ އިދިކޮޅަށް ހަމައެކަނި ކުރެވޭނެ މަސައްކަތަކީ އެއީ ކަމަށެވެ. ރައީސް ނަޝީދަކީ ތްރެޓު ލެވެލް ހައި ބޭފުޅެއްކަން އެސެސްމެންޓުތަކުން ވެސް ދައްކާއިރު އެފަދަ ދެވަނަ އަނިޔާއެއް ރައީސް ނަޝީދަށް ދިނުމުގެ އެއްވެސް ފުރުސަތެއް ބަޔަކަށް ދީގެން ނުވާނެ ކަމަށް ބޮންޑެ ވިދާޅުވި އެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން އެމްޑީޕީ އާއި ރައީސް ނަޝީދަށް އަމާޒު ކުރާ ފާޑުކިއުންތަކަށް ބޮންޑެ އިތުރަށް ވިދާޅުވީ، ގައުމަށް ހެޔޮ އެދޭ ބައެއް ނަމަ 2022 ވަނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަށް ވޯޓު ދިނީސް ކަމަށެވެ. އެ ބަޖެޓުގައި ވަނީ ހަމައެކަނީ އެމްޑީޕީއަށް ނިސްބަތްވާ ރަށްތަކުގެ ތަރައްގީގެ މަޝްރޫއެއް ނޫންކަމަށާއި އެ ބަޖެޓުގައި އިދިކޮޅު މެމްބަރުން ނިސްބަތްވާ ރަށްތަކަށް ގެންނާނެ ކުރިއެރުންތަކުގެ ވާހަކަ ވެސް ހިމެނޭނެކަމަށް ބޮންޑެ ވިދާޅުވި އެވެ. އެހެން ކަމުން އެއީ އިދިކޮޅު މެމްބަރުން ނިސްބަތްވާ ދާއިރާގެ މެމްބަރުންނަށް ދިން ނިކަމެތިކަމެއްގެ ގޮތުގައި ބޮންޑެ ސިފަ ކުރެއްވި އެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އިގްތިސޯދަށް އެންމެ ބޮޑު ފައިދާއެއް ކުރަނީ ރާއްޖޭގެ ގޮނޑުދޮށްތަކުންކަމަށް ވުމާއި އެކު ބޮންޑެ ވަނީ އެއީ މިހާރު އާމްދަނީ ވަންނަ ވަސީލަތްތަކަށް ވުމާއި އެކު އެ ނޫން ބަހެއް ބޭނުން ކުރުމަށް ގޮވާލާފަ އެވެ. ދިވެހިރާއްޖޭގެ ގޮނޑުދޮށްތަކަކީ މާތް ﷲ ދެއްވި ނިއުމަތެއް ކަމަށާއި ދުނިޔޭގައި ރާއްޖެ ފާހަގަ ކުރެވިފައިވަނީ މި ގޮނޑުދޮށްތަކުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޮންޑެ ވަނީ ދިވެހި ގޮނޑުދޮށްތަކާއި ގައުމުގެ ރިތިކަން، ފައިސާއަށް ބަދަލު ކުރެވުމަކީ ރާއްޖޭގެ އިގްތިސޯދަށް ފަހި ފާގަތިކަން ގެނުވާ ކަމެއް ކަމުގައި ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ރާއްޖޭގެ ގޮނޑުދޮށްތަކާއި ރީތިކަމަކީ ރާއްޖެއަށް ފައިސާ ލިބުމުގެ އަސްލުކަމުގައެވެ.

ބޮންޑެ ވިދާޅުވީ ދވެހި ގައުމުގެ އިގްތިސޯދު، އިގްތިސޯދަކަށް ވެގެންދާނީ ރާއްޖޭގެ އެން ކުޑަ ރަށްރަށުގެ މީހުންގެ ޖީބަށް އާމްދަނީ ލިބޭ ނަމަކަމަށެވެ. އަދި އާމްދަނީ ލިބުމާއި އެކު، ވަކި ފަރުދުންނަށް އޭގެއިން ފައިދާ ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަށް ރަށުގެ ފަރުދުންނަށް އަމްދަނީ ނުލިބި، ނުވަތަ ލިބޭ އާމްދަނީގެ ފައިދާއެއް ނެތް ނަމަ، ރާއްޖޭގެ އިގްތިސޯދެއް ނެތް ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: