ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތް ގައުމަކުން ރާއްޖެއަށް މީހުން އެތެެރެވުން މަނާ ކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު/ ފޮޓޯ: ވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ އައު ވޭރިއަންޓްގެ ސަބަބުން އެފްރިކާގެ ބައެއް ގައުމުތަކުން ރާއްޖެއަށް މީހުން އައުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ ސައުތް އެފްރިކާ އަދި އެ ސަރަހައްދުގެ ބައެއް އެހެނިހެން ޤައުމުތަކުން ފެނިފައިވާ ސަރސްކޯވ-2 ވައިރަސްގެ “އޮމިކްރޯން” ވޭރިއެންޓާ ގުޅިގެން ބައެއް ފިޔަވަޅުތައް މިރޭ 12 އިން ފެށިގެން އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ސައުތު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ، އެސްވަޓީނީން ރާއްޖެއަށް މީހުން (ދިވެހިން އަދި ވޯކްޕާމިޓް ނުހިމެނޭގޮތަށް) އެތެރެވުން ހުއްޓާލުމަށް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ.

މީގެތެރޭގައި ރާއްޖެއަށް އައުމުގެ 14 ދުވަސްކުރިން އެ ޤައުމުތަކުގައި އުޅެފައިވާ މީހުންނާއި 12 ގަޑިއިރަށްވުރެ ގިނަ އިރު ޓްރާންސިޓްވެފައި އަންނަ މީހުން ވެސް ހިމެނެ އެވެ.

އިއުލާނުގައި ބުނީ، ރާއްޖެއަށް އައުމުގެ 14 ދުވަސްކުރިން، އެފްރިކާގެ އެ ހަތް ގައުމުގައި އުޅެފައި ރާއްޖެ އަންނަ ދިވެހިންނާއި ވޯކްވިސާގައި އަންނަ މީހުން ރާއްޖެ އައުމަށްފަހު 14 ދުވަސް ވަންދެން ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ.

އަދި އެމީހުން ކަރަންޓީނުން ދޫކޮށްލާނީ 14 ދުވަސް ހަމަވުމުން ކޮވިޑަށް ޓެސްޓު ހަދައި ނަތީޖާ ނެގެޓިވްވުމުން ކަމަށް ބުނެފައިވެއެވެ.

ކޮވިޑުގެ ޑެލްޓާ ވޭރިއަންޓަށްވުރެ ނުރައްކާތެރި މި ވޭރިއަންޓުގެ ސަބަބުން ރައްކާތެރިވުމަށް ގައުމުތަކުން މިހާރުވެސް ވަނީ ހަރުކަށި ފިޔަވަޅުތައް އަޅަން ފަށާފައެވެ.

ސައުތު އެފްރިކާ އިން ފެނުނު އާ ވޭރިއަންޓު އޮމިކްރޮން ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނެސްފައިވަނީ ނޮވެމްބަރު 24 ގައެވެ. މިހާތަނަށް މި ވޭރިއަންޓް ފެނިފައިވާ ގައުމުތަކުގެ ތެރޭގައި ބޮޓްސްވާނާ، ހޮންކޮންގް، ބެލްޖިއަމް އަދި އިސްރާއީލު ހިމެނެއެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 57%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: