ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

72 ގަޑިއިރު ތެރޭ އަލީ ވަހީދު ހާޒިރު ނުވެއްޖެނަމަ އަޑުބަރޭއަށް ފިޔަވަޅު އަޅާނެ!

ކުރީގެ ޓޫރިިޒަމް މިނިސްޓަރު އަލީ ވަހީދާއި، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް އައްސަދު/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވަނިކޮށް، ބޭސްފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު 72 ގަޑިއިރު ތެރޭ ހާޒިރު ނުވެއްޖެނަމަ، އޭނާ ރާއްޖެ އަންނާނެކަމަށް ޔަގީންކަން ދީ ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ގެ މައްޗަށް ފިޔަވަޅު އަޅަން ކުރިމިނަލް ކޯޓުން ނިންމައިފި އެވެ.

މިނިސްޓަރަކަށް ހުންނަވައި، އިދާރާގެ މުވައްޒަފުންނަށް ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި މަގާމުން ވަކި ކުރި އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ. މައިބަދައިގެ ޑިސްކެއް ހަލާކުވެ، ރާއްޖެއިން ހެދެން ނެތް އޮޕަރޭޝަނެއް ކުރަންކަމަށް ބުނެ ހުށަހެޅި ލިޔުންތަކާއި ޑޮކްޓަރުންގެ ބަހަށް ރިއާޔަތްކޮށް އަލީ ވަހީދަށް ފުރުމުގެ ހުއްދަ ދިނީ ހަތަރު މަސް ދުވަހަށް ނަމަވެސް، މިހާތަނަށް އޭނާ ރާއްޖެ އައިސްފައި ނުވެ އެވެ. އޭގެ ބަދަލުގައި އަލީ ވަހީދު އެދުނީ ޝަރީއަތްތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުމަށެވެ.

އަލީ ވަހީދު އެ މުއްދަތުގެ ތެރޭގައި ރާއްޖެ އަންނާނެކަމުގެ ޔަގީންކަން ދޭކަމަށާއި، ކޯޓަށް ހާޒިރު ނުވެ މައްސަލައެއް ދިމާވެއްޖެ ނަމަ އޭގެ ފުރިހަމަ ޒިންމާ ނަގާނެކަމުގެ އިގުރާރުގައި ސޮއިކޮށް ޖާމިނުވީ އޭނާގެ ގާތް އެކުވެރިޔާ އައްސަދެވެ.

ޝަރީއަތްތައް އޮންލައިންކޮށް ކުރިޔަށް ގެންދާތީ އެކަން އިއުތިރާޒުކޮށް ދައުލަތުން ވަނީ އަޑުއެހުންތައް ކުށުގެ ތުހުމަތެއް ކުރެވޭ މީހެއްގެ ޣައިރު ހާޒިރުގައި ކުރިޔަށް ނުގެންދެވޭނެ ކަމަށް ބުނެފަ އެވެ. އިނގިރޭސިވިލާތުގައި ހުންނަ ހައިކޮމިޝަނަށް އަލީ ވަހީދު ހާޒިރުކޮށްގެން މިހާތަނަށް ދެ އަޑުއެހުމެއް ބާއްވާފައިވާއިރު، ދައުލަތުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލި އެވެ. އެއަށް ފަހު މައްސަލަ ހިފައިގެން ސުޕްރީމް ކޯޓަށް ދިއުމުން އެ ކޯޓުން އަލީ ވަހީދަށް ޗިޓު ފޮނުވައި ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވުމުން ވެސް އެއަށް އަމަލުކޮށްފައި ނުވާތީ އޭނާގެ މައްޗަށް ކޯޓުގެ ހުރުމަތް ކަނޑާލިކަމުގެ ކުށުގައި ދެ މަހާއި ބާރަ ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

ނޫސްވެރިންނަށް އާއްމުކޮށް ހުޅުވާލައިގެން މިއަދު ކުރިޔަށް ގެންދިޔަ ޝަރީއަތް ފައްޓަވަމުން، މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ ޝަރީއަތް އާއްމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދަން ނިންމީ މައްސަލައިިގެ ކަން ހިނގާފައިވާ ގޮތް ސާފުކޮށް ދިނުމަށް ކަމަށެވެ. އަޑުބަރޭ ވެސް ހާޒިރުވި އެ ޝަރީއަތުގައި، ބައެއް ކަންކަން ސާފު ކުރުމަށް ބޭނުންވާކަން ގާޒީ ވަނީ ފާހަގަ ކުރަށްވާފަ އެވެ. އެއަށް ފަހު އަލީ ވަހީދު ބެސްފަރުވާގެ ފުރުސަތަށް އެދި ދެއްކެވި ވާހަކަތާއި ހަމައިން، ސުޕްރީމް ކޯޓުން އަލީ ވަހީދުގެ މައްޗަށް ކޯޓުގެ ހުރުމަތް ކަނޑާލިކަމުގެ ކުށުގައި އިއްވި ހުކުމާއި ގުޅޭގޮތުން ގާޒީ ތަފްސީލުތަކެއް ދެއްވި އެވެ.

އަލީ ވަހީދު ރާއްޖެ ގެންނާނެކަމުގެ ޔަގީންކަން ދީ ޖާމިނުވި މައްސަލައިގައި ސުވާލު ކުރުމުން، އައްސަދު ވިދަޅުވީ އޭނާ ގަބޫލު ކުރާ ގޮތުގައި އަލީ ވަހީދު ހަަތަރު މަސް ވުމުން ކޯޓަށް ހާޒިރުވި އެވެ. އެއީ އޮންލައިންކޮށް ކުރިޔަށް ގެންދިޔަ ޝަރީއަތެއްކަމަށް ބުނުމަށް ފަހު، އޭނާ ދެން އެދުނީ ގާނޫނީ ވަކީލެއްގެ އެހީގައި މަޝްވަރާތައް ކުރިޔަށް ގެންދިއުމަށެވެ. އައްސަދު އެގޮތަށް ވާހަކަ ދެއްކުމުން، ގާޒީ ދެން ސުވާލު ކުރެއްވީ ޖާމިނު އިގުރާރާއި ހިލާފުވިކަމަށް ގަބޫލު ކުރޭތޯ އެވެ. އަދި ކޯޓުން އަލީ ވަހީދަށް ފުރުމުގެ ހުއްދަ ދިނީ އައްސަދުއަށް އިތުބާރުކޮށްފައި ކަމަށް ވިދާޅުވި އެވެ.

ޖަވާބުގައި އައްސަދު ވިދާޅުވީ، އޭނާ އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދިން ކަމަށެވެ. ގާޒީ ވަނީ އައްސަދުގެ ޖަވާބާއި މެދު ހިތްހަމަނުޖެހި އެއީ ކޯޓަށް ހާޒިރުވުންކަން ނުބެލެވޭނެކަން ސުޕްރީމް ކޯޓުގެ ހުކުމުން ވެސް ސާފުވާކަމަށް ވިދާޅުވި އެވެ. ނަމަވެސް އައްސަދު އޭނާގެ ބަސް ތަކުރާރުކޮށް ބުނަމުން ދިޔައީ “އަޅުގަނޑު އިގުރާރާއި އެއްގޮތަށް ކޯޓަށް ހާޒިރުކޮށް ދިނީމެއް ނޫންތޯ” މިހެންނެވެ.

ވަރަށް ގަދަ
55%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 18%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 9%ވަރަށް ދެރަ 9%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: