ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސް ދާއިރާއަކަށް އިސްމެޖިސްޓްރޭޓުން ހޯދަނީ

ޖޭއެސްސީގެ ބައެއް މެމްބަރުން، ކޮމިޝަންގެ ރައީސް ހިސާން އާއި، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އަދި މަސްތޫރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަސް ޖުޑިޝަލް ދާއިރާއެއްގެ އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ވަކިވަކިން ކޮށްފައިވާ އިއުލާންތަކެއްގައި އިސް މެޖިސްޓްރޭޓުން ހޯދަން އިއުލާނު ކޮށްފައިވާ ދާއިރާތަކަކީ ހއ. އާއި ށ. އާއި ނ. އާއި ބ. އަދި ވ. އަތޮޅުގެ ޖުޑިޝަލް ދާއިރާ އެވެ.

މި މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނަކީ އެ ބޭފުޅަކު ކުރިމަތިލައްވާ ޖުޑީޝަލް ދާއިރާގެ ކޯޓެއްގެ އިސް މެޖިސްޓްރޭޓް ނުވަތަ މެޖިސްޓްރޭޓް ނުވަތަ ދާއިރާ މެޖިސްޓްރޭޓް ކަމުގެ މަގާމު އަދާ ކުރަމުން ގެންދާ ބޭފުޅަކަށް ވާންޖެހެ އެވެ.

މި މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ ނުވަވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށެވެ.

ޖޭއެސްސީން ބުނީ ޖުޑިޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް ބޭފުޅުން ނެގުމުގައި އަމަލުކުރާނީ “ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު” ގައިވާ ގޮތުގެ މަތިން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: