ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތު ފަންކާގައި އެއްޗެހި ހިއްކަން އެޅި މީހާގެ ބަންދަށް 7 ދުވަސް

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މިސްކިތެއްގެ ފަންކާގައި އެއްޗެހި ހިއްކަން އެޅި މީހަކު ހައްޔަރުކޮށް ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ މިސްކިތެއްގެ ހުރުމަތް ކެނޑޭގޮތަށް އަމަލުކުރި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ މިސްކިތުގައި ހުރި ފަންކާގައި އެއްޗެހި ހިއްކަން އުޅުމުގެ ތުހުމަތުގަ އެވެ. އޭނާ ވަނީ ބަންދު ޖަހަން ކޯޓަށް ގެންދިޔުމުން އެކަމަށް އެއްބަސްވެފައެވެ.

ކޯޓުން ވަނީ މިސްކިތުގެ ހުރުމަތް ކެނޑުމަކީ މުޖުތަމައުގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށްވާތީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: