ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާބޯތަކެއްޗާ ބެހޭ ސިޔާސަތުތައް މުރާޖާ ކުރަނީ

މިއަދު ބޭއްވި މަސައްކަތު ބައްދަލުވުމުގެ ތެރެއިން—
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގައުމީ ސިޔާސަތު މުރާޖާކުރުމަށް މަސައްކަތު ބައްދަލުވުމެއް  ބާއްވައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިންތިޒާމްކޮށްގެން ޝައިން ޓްރީ ބިލްޑިންގައި މިއަދު ބޭއްވި މި މަސައްކަތު ބައްދަލުވުން އިފްތިތާހް ކޮށްދެއްވީ މިނިސްޓަރ އޮފްސެޓޭޓް ފޮރ ހެލްތު ޑރ. ޝާހް އަބްދުﷲ މާހިރުއެވެ.

މި މަސައްކަތު ބައްދަލުވުމަކީ، 2017-2026 އަށް އެކުލަވާލާފައިވާ ކާބޯތަކެތީގެ ރައްކާތެރި ކަމާބެހޭ ސިޔާސަތު މުރާޖާކުރުމެވެ. 10 އަހަރުގެ މުއްދަތަށް އެކުލަވާލާފައިވާ މިސިޔާސަތު އިފްތިތާޙުކޮށްފައި ވަނީ 16 އޮކްޓޫބަރު 2016 ގައެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގައުމީ ސިޔާސަތު އަކީ، ދިވެހިރާއްޖޭގައި ދިމާވާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ މައްސަލަތައް އެކަށީގެންވާގޮތުގައި ހައްލުކުރުމަށްޓަކައި ބޭނުންވާ މުހިންމު ސިޔާސަތެކެވެ.

މި  ސިޔާސަތުގެ މައިގަނޑު އަސާސްތައް ބިނާކޮށްފައިވަނީ ކަމާގުޅޭ އިދާރާތަކުގެ ބައިވެރިވުން ހިމެނޭގޮތަށް ކާބޯތަކެތި އުފައްދާ ޑިސްޓްރިބިޔުޓް ކުރުމުގެ ހުރިހާ މަރުހަލާއެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ.

މިގޮތުން މި ބައްދަލުވުމުގެ މަގުސަދަކީ، ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ދާއިރާއަށް އަންނަ ބަދަލުތަކާއި ގުޅިގެން ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ،އެ ބަދަލުތަކަށް އަހުލުވެރިވުމާއި، ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިމަސައްކަތު ބައްދަލުވުމުގައި ކަމާގުޅޭ އިދާރާތަކުން 40 ފަރާތެއް ވަނީ ބައިވެރިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: