ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތީ ބަންދު ދުވަސްތައް، ސަމާލު ވާން ޖެހޭ: ޑރ. ނަޒްލާ

ހެލްތު ޕްރޮޓެކްށަން އޭޖެންސީގެ މެޑިކަލް އޮފިސަރ، ޑރ. ނަޒްލާ ރަފީގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލު ކުދިންގެ ބަނދާއި ދިމާކޮށް ޗުއްޓީ ހޭދަ ކުރުމަށް ތައްޔާރުވަމުންދާ އިރު ކޮވިޑާއި ބަލީގެ އެންމެ ފަހުގެ ވޭރިއެންޓް “އޮމިކްރޯން” އަށް ސަމާލު ވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރ ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ކޮވިޑުގެ އެންމެ ނުރައްކާތެެރި ވޭރިއެންޓް ކަމުގައި ބެލެވޭ އޮމިކްރޯން އާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސް ވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކުރިއަށް އޮތީ ސްކޫލްތައް ބަނދު ދުވަސްތައް ކަމަށްވުމާއި އެކު، ޗުއްޓި ހޭދަކުރުމަށް ދަތުރަށް ތައްޔާރުވާއިރު އިތުރު ސަމާލުކަމެއް ދިނުން މުހިންމު ކަމަށެވެ.

ދެކުނު އެފްރިކާގެ ސަރަހައްދުން ފެނި ފެތުރެމުންދާ އޮމިކްރޯންގެ ސަބަބުން ގައުމުތަކުގެ ބޯޑަރު ބަންދުކޮށް ފިޔަވަޅު އަޅަމުންދާއިރު، ރާއްޖޭގައި ވެސް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައިވެއެވެ. އެގޮތުން 7 ސަރަހައްދެއްގެ މީހުން ރާއްޖެ އެތެރެވުމަށް މަނާކޮށްފައިވާ އިރު، މި ގައުމުތަކުގައި ދިރިއުޅޭ ދިވެހިން ނުވަތަ ރާއްޖޭގައި މަސައްކަތް ކުރާ އެގައުމުގެ ރަށްވެހީންނަށް ރާއްޖެ އައުމަށް ހާއްސަ ޝަރުތުތަކެއް އެކުލަވާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި އެނބުރި އައުމަށްފަހު 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރުމާއި އެކު، ކަރަންޓީނަށް ފަހު ކޮވިޑު ޓެސްޓް ހެއްދުމަށް ވަނީ މަޖުބޫރު ކޮށްފައެވެ.

އައު ވޭރިއެންޓެއްގެ ވާހަކަ ދެކެވެމުންދާއިރު، އޮމިކްރޯނަކީ ކޮވިޑަށް ވުރެ ހަލުވި ކަމާއި އެކު ފެތުރެމުންދާ ވެެރިއެންޓެއްކަމަށް ލަފާ ކުރެވެއެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި އޮމިކްރޯންއަށް ޕޮޒިޓީވް ކޭސްތައް ފެންނަމުން ދާއިރު ބައިނަލްއަގްވާމީ ސިއްހަތާއި ޖަމިއްޔާއިން ވެސް ވަނީ ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.

ޕްރެސްގައި ވާހަކަ ދައްކަމުން ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގައި މިވަގުތު ސިކުއެންސް ހެދުމުގެ ނިޒާމެއް ގާއިމުކުރެވިފައި ނެތް ކަމަށެވެ. އަދި ވީހާވެސް އަވަހަށް އެފަދަ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޮމިކްރޯންއިން ރައްކާތެރިވުމަށް ރާއްޖޭގައި ބޯސްޓަރ ޑޯޒް ޖެހުމުގެ މަސައްކަތް ކުރަމުން ދާއިރު، އަންނަ ހަފްތާގައި ފްރޮންޓްލައިން މުވައްޒަފުންނަށް މި ޑޯޒް ދނުމަށް ވަނީ ނިންމާފައެވެ. ފްރޮންޓްލައިން މުވައްޒަފުންގެ ތެރެއިން އެންމެ ރިސްކް ބޮޑު އެއް ބަޔަކަށް ވާނީ އެއާޕޯޓުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވުމާއި އެކު، އެއާޕޯޓުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށް ހަރުދަނާ ކުރުމަށް އެޗްޕީއޭއިން ނިންމާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެެވެ. އެގޮތުން އެއާޕޯޓު ތެރޭގައި ޕީސީއާރު ޓެސްޓް ހެދޭނެ ފަދަ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން މާސްކް އެޅުމާއި ގައި ދުރުކަން އިސްކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނަޒްލާ ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ އާބާދީގެ 11،610 މީހުން ކޮވިޑު ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހާފައިވާއިރު އަންނަ ޑިސެމްބަރު މަހުގެ މެދު ތެރޭގައި އާއްމު އާބާދީއަށް ބޫސްޓަރ ޑޯޒް ޖެހުމަށް މަސައްކަތްކުރަމުންދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އޮމިކްރޯން ނޫނަސް ކޮވިޑުގެ ވޭރިއެންޓް ތަކެއް އުފެދެމުން ދާ ކަމަށާއި، އޮމިކްރޯން ފެތުރޭ މިންވަރު އަވަސް ވުމަކީ މި ވޭރިއެންޓް “ވޭރިއެންޓް އޮފް ކޮންސާން” ގެ ގޮތުގައި ފާހަގަކުރެވިގެންދިޔަ ސަބަބު ކަމުގައި ނަޒްލާ ފާހަގަކުރެއްވިއެވެ.

މެޑިކަލް އޮފިސަރ ޑރ. ނަޒްލާ ވިދާޅުވީީ ރާއްޖޭގެ ބޭރުން އެޅިފައިވަ ފިޔަވަޅުތަކުގެ އިތުރުން އެތޭރޭގައި ވެސް މި ވޭރިއަންޓަށް ސަމާލު ވުމުގެ ގޮތުން ފިޔަވަޅު އަޅާން ޖެހޭ ކަމަށެވެ. ނަޒްލާ ވަނީ އެޗްޕީއޭއިން ކަނޑައަޅާފައިޥާ އާއްމު ފިޔަވަޅުތައް ކަމަށްވާ، މާސްކް އެޅުމާއި ގާތް ދުރުކަން އިސްކުރުމުގެ އިތުރުން ސާފުތާހިރު ކަމަށް އިސްކަން ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެެރި ވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: