ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޒޯޓް މުވައްޒަފުން ނައިޓަށް ރަށަށް ދިޔުމަށް މިވަގުތު އޮތް ހުރަހަކީ ކޮވިޑް: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރިޒޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ނައިޓަށް ރަށަށް ދިޔުމަށް މިވަގުތު އޮތް ހުރަހަކީ ކޮވިޑް ބަލިކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރިޒޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން އާސްކް ސްޕީކަރ ޕްރޮގްރާމްގައި ސުވާލުކުރެއްވުމުން ރައީސް ނަޝީދު ވިދާޅުވީ މަސައްކަތްކުރާ ރަށުގައި ބަންދުވެފައި ތިބުމަކީ ވަރަށް ދެރަ ކަމެއްކަމަށެވެ. އެހެންނަމަވެސް މިހާރު މިއޮތީ ހާއްސަ ހާލަތެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިޒޯޓްތަކުގެ މެނޭޖްމަންޓްއިން މިވަގުތު ރަށަށް އަރާ ފައިބައި މީހުންނާއި މެދު އިޖުރާއަތްތަކެއް ގެންގުޅޭ ކަމަށާއި އެމަނިކުފާނު ރިޒޯޓަކަށް ދިޔަކަމުގައިވިޔަސް ޕީސީއާރް ޓެސްޓު ހެދުންފަދަ އުނދަގޫ ކަންތައްތަކެއް އެބަހުރިކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ރިޒޯޓު ހުޅުވާފައި ބެހެއްޓުމަކީ ކިހާ ބޭނުންތެރިކަމެއްކަން ފާހަގަވާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އާމްދަނީ ލިބެނީ ވަޒީފާގައި މިއުޅެވެނީ ރިޒޯޓްތައް ބަހައްޓާފައި ހުރުމުން” ރައީސް ނަޝީދު

ރިޒޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ރައީސް ނަޝީދު ވިދާޅުވީކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމަކީ އެމަނިކުފާނަށް ވަރަށް ހިތްހަމަ ޖެހުން ލިބޭކަމެއް ކަމަށެވެ. ރިޒޯޓް މުވައްޒަފުންނަށް ނައިޓަށް ދެވޭ ގޮތްވުމަކީ އަބަދުވެސް އެމްޑީޕީއިން ވަކާލާތުކުރާ ކަމެއް ކަމަށާއި މިވަގުތު މިކަމަށް އޮތް ހުރަހަކީ މިރޯގާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޖެހިގެން އޮތް ރަށުގައި އާއިލާއާއެކު އުޅެމުން ރިޒޯޓުގައި މަސައްކަތް ކުރެވޭ ގޮތް ވުމަކީ އަދިވެސް އެމްޑީޕީގެ ތަސައްވުރުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މަސައްކަތް ކުރަނީ އެއަމާޒަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޕާޓީއިން ވެފައިވާ ވައުދުތަކުގެ ތެރެއިން ފުއްދާފައި ހުރި ވައުދުތަކާއި އިތުރަށް ކުރަން ހުރި ކަންކަން އެބަހުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިވަގުތު ކުރަމުންދާ ކަންކަންވެސް އެބަހުރި ކަމަށާއި ނައިޓަށް ދިޔުމަކީވެސް ވާނެކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: