ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ޓިކެޓު ދޭނީ ޕްރައިމަރީ ބާއްވައިގެން، އޭގެ ކުރިން ނިޒާމް ބަދަލުވާނެކަމަށް ދެކެން: ރައީސް ނަޝީދު

ރައީސް ސޯލިހާއި ރައީސް ނަޝީދު / ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޓިކެޓު ދޭނީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކަށް ކަމަށާއި އެހެންނަމަވެސް އޭގެ މާކުރިއަށްވެސް ވެރިކަމުގެ ނިޒާމް ބަދަލުވާނެކަމަށް ދެކިލައްވާކަމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރުމަށް ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވަފާނަންތޯ އާސްކް ސްޕީކަރ ޕްރޮގްރާމްގެ ތެރެއިން އާންމު ރައްޔިތަކު ވަނީ ސުވާލުކޮށްފައެވެ. ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޕާޓީގެއެތެރޭގެ އިންތިހާބަކީ މުހިންމު މަސައްކަތެއްކަމަށެވެ. އަދި ރަނގަޅަށް ހިނގާ ސިޔާސީ ޕާޓީތައް ރާއްޖޭގައި އޮތުމަކީ މުހިންމުކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ އާންމު ޙާލަތު ރަނގަޅުވާނީ ރަނގަޅު ޑިމޮކްރެޓިކް ނިޒާމެއް ގާއިމްކުރެވިގެން ކަމަށެވެ. އެކަމަށްޓަކައި ޕާޓީގެ އެތެރޭގައި ޑިމޮކްރެޓިކް މާހައުލެއް ގާއިމްކުރުން މުހިންމުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން އެމްޑީޕީގެ ޕްރައިމަރީ އޮންނާނެކަމަށާއި ޕްރައިމަރީއިން ރިޔާސީ ކެންޑިޑޭޓަށް ވާދަކުރައްވާނެ ބޭފުޅެއް އެނގިގެންދާނެކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް ވެރިކަމުގެ ނިޒާމް 2023 ގެ ކުރިއަށް ބަދަލުވާނެ ކަމަށް ދެކިލައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން މިސުވާލަށް މާބޮޑަށް ޖަވާބު ދެވޭނެކަމަށް ގަބޫލުނުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހާއި ދެމެދު ސިޔާސީ ގޮތުން ހިޠާލުތަފާތުވުން އުފެދި ރައީސް ނަޝީދު ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ސޯލިހަށް ހޫނު ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފައެވެ. ރައީސް ސޯލިހާއިއެކު ސިޔާސީގޮތުން މަސައްކަތްނުރައްވާނެކަމަށް ވިދާޅުވެ ފާޅުކަންބޮޑު ގޮތެއްގައި ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސް ނަޝީދުވަނީ މަސައްކަތްޕުޅު ފަށްޓަވާފައެވެ. އެހެންނަމަވެސް ރައީސް ސޯލިހު އެކަމަށް މާބޮޑު އަހަންމިއްޔަތުކަމެއް ދެއްވާފައެއް ނުވެއެވެ. ރައީސް ނަޝީދުވެސް ވަނީ ރައީސް ސޯލިހާއެކު މަސައްކަތްނުކުރައްވާނެކަމަށް ވިދާޅުވެފައިވާކަމަށް ދެއްކެވި ވާހަކަތަކަށް ފަހުން އިންކާރުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: