ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ ޖަމީލްގެ ވާހަކަތަކަށް ޝަހީމްގެ ރައްދު: ދުޝްމަނުން ވަގަށް ގޮވިއިރުވެސް ސަޕޯޓަރުން ގޮވީ މިނިވަންވާނެކަމަށް!

ޑރ ޝަަހީމް ރައީސް ޔާމީނާއިއެކު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ރައީސް އަބްދުﷲ ޔާމީން މިނިވަންވާނެކަމަށް އެންމެ ކައިރި ތިއްބެވި ބޭފުޅުންވެސް އުންމީދުނުކުރައްވާ ކަމަށް ވިދާޅުވެ ޑރ މުހައްމަދު ޖަމީލް ދެއްކެވި ވާހަކަތަކަށް ޑރ ޝަހީމް އަލީ ސައީދު ރައްދުދެއްވައިފިއެވެ.

ޑރ ޖަމީލާއި ޑރ ޝަހީމަކީވެސް އިދިކޮޅު ކޯލިޝަންގައި ރައީސް ޔާމީންގެ އެދްވައިޒަރުކަން ކުރައްވަމުން ގެންދަވާ ދެބޭފުޅުންނެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑރ ޖަމީލް ރަނިންމޭޓެއްގެ ގޮތުގައި ހުންނަވާ ރައީސް ޔާމީނާއެކު ނައިބްރައީސްކަމަށް އިންތިހާބުވެގެންދިޔައިރު 2018 ވަނަ އަހަރު ޑރ ޝަހީމަށް ޖެހިވަޑައިގަތީ ރައީސް ޔާމީންގެ ރަނިންމޭޓުގެ ގޮތުގައި ނުކުންނަވާ ނާކާމިޔާބީއާއި ކުރިމަތިލައްވަންށެވެ.

ރައީސް ޔާމިންގެ ވެރިކަމުގެ ދައުރުގެ މެދަކާއި ހިސާބުން ޑރ ޖަމީލާއި ރައީސް ޔާމީނާއި ދެބޭފުޅުންގެ މެދުގައި މައްސަލަތަކެއް ޖެހި ޑރ ޖަމީލްވަނީ ނައިބްރައީސްކަމުގެ މަގާމުން ދުރުކުރައްވާފައެވެ. އަދި ޑރ ޖަމީލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ގެނައުމަށްޓަކައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި އެއް ބޭފުޅާކަން ފާހަގަކޮށްލެވެއެވެ. އޭރު ވެރިކަމުގައި އޮތް ޕީޕީއެމް ފިޔަވައި އެހެން ހުރިހާ ސިޔާސީ ޕާޓީތައް ގުޅިގެން އުފެއްދި ޔުނައިޓެޑް އޮޕޮޒިޝަން ނުވަތަ އިދިކޮޅު އިއްތިހާދު ލީޑުކުރެއްވީވެސް ޑރ ޖަމީލެވެ. ޑރ ޖަމީލްވަނީ ރައީސް ޔާމީނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ. ރައީސް ޔާމީނަކީ ތާއީދެއް ނެތް ރައީސެއް ކަމަށާއި ރައީސް ޔާމީނަކީ ވަގު ބުޅަލެއްގެ ގޮތުގައިވެސް ޑރ ޖަމީލް އޭރުވަނީ ސިފަކުރައްވާފައެވެ. މިފަދައިން ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެން، ރައީސް ޔާމީންގެ ވަކީލުންގެ ޓީމާއި ޑރ ޖަމީލް ގުޅިވަޑައިގަތުމުން ޕާޓީގެ އާންމު މެމްބަރުންގެ ނުރުހުންވެސް ކޮންމެވެސް ވަރަކަށް އަމާޒުވެގެންދިޔައެވެ.

ރައީސް ޔާމީން މިނިވަންވުމާއި ގުޅިގެން ގާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ަބއްދަލުވުމުގައި ޑރ ޖަމީލް ވަނީ އެންމެ ކައިރީގައި ތިއްބެވި ބޭފުޅުންވެސް ރައީސް ޔާމީން މިނިވަންވާނެކަމަށް އުންމިދުނުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ބާރު ޖޭއެސްސީގައި އޮއްވައި، ޝަރުއީ ނިޒާމުގެ ތެރެއިން އެމަނިކުފާނު މިނިވަންވާނެ ކަމަށް ގިނަ ސަޕޯޓަރުންވެސް ގަބޫލުނުކުރާކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިފަދައިން ވިދާޅުވެފައިވާކަމަށް އޮންލައިން ނޫހެއްގައި ލިޔެފައިވާ ލިޔުމެއް ޓުވިޓަރގައި ހިއްސާކުރައްވައި ޑރ ޝަހީމް ވިދާޅުވީ އެންމެ ކައިރީގައި ތިއްބެވި ބޭފުޅުން އަބަދުވެސް ރައީސް ޔާމީން މިނިވަންވާނެކަމަށް ވިދާޅުވަމުން ގެންދިޔަކަމަށެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެބޭފުޅުން ތިއްބެވީ އެގޮތުގައި ކަމަށާއި ދުޝްމަނުން ވަގަށް ގޮވިއިރުވެސް ސަޕޯޓަރުން ދިޔައީ ރައީސް ޔާމީން މިނިވަންވާނެކަމަށް ގޮވާލަމުންކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.

ޖަމީލް، ޝަހީމްގެ އިތުރުން ކުރީގެ ނައިބްރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކަކީ ދެން އަންނަ ރިޔާސީ އިންތިހާބެއްގައި ރައީސް ޔާމީންގެ ރަނިންމޭޓޫންނަށް ވާދަކުރައްވާނެ ބޭފުޅުންކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިބޭފުޅުންގެ ތެރޭގައި ޚާއްސަކޮށް ޕާޓީގެ މަސައްކަތްތަކާއި ފަހުން ގުޅިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ރައީސް ޔާމީން މީގެ ކުރިން އިޝާރާތްކުރައްވާފައިވާ ބާޒުތަކެއް ފަދަ ބޭފުޅުން ތިއްބަވާނެކަމަށްވެސް ގިނަބަޔަކު ގަބޫލުކުރެއެެވެ.

މިއީ މިފަދަ ގޮތަކަށް އިދިކޮޅު ޕާޓީއަށް ނިސްބަތްވާ ދެބޭފުޅަކު މިފަދަ ކަމެއްގައި ޚިޔާލު ތަފާތުވި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 8%ހައިރާންވެއްޖެ 0%ވަރަށް ދެރަ 58%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: