ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕެންޑޯރާ ޕޭޕާސްގެ ރިޕޯޓު، ރައީސް ޔާމީނާއި ކިހާ ގުޅުމެއް ވޭތަ؟

އާއްމުކުރި އާޓިކަލް ރިޕޯޓުގެ ސްކްރީންޝޮޓެއް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭގެ ވަގުތެއްގައި ރާއްޖޭގެ މީޑިއާތަކުގައި، “ފުއްގިރީގެ ރިޝްވަތާ ގުޅޭ ސިއްރުތަކެއް ޕެންޑޯރާ ޕޭޕާސްގައި ފަޅާއަރުވާލި” ކަމުގެ ރިޕޯޓުތައް އާއްމުވި އެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތުހުމަތުތަކެއް ކުރާއިރު ފުއްގިރިއަކީ އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލައި ކްރިމިނަލް ކޯޓުގައި މިވަގުތު ކުރިޔަށް ދާ އެއް މައްސަލަ އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވައި މަގާމުގެ ނުފޫޒުން ރައީސް ޔާމީން، މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކުރިކަމަށް ބުނާ މައްސަލަ އެވެ.

ރާއްޖޭގެ ރަށްތައް ކުއްޔަށް ދޫކުރުމުގެ ޑީލްތަކުގެ ފަހަތުގައި ވާ އިންޑިއާ ވިޔަފާރިވެރިންނާއި ކުރީގެ ޕުޓިން އެއިޑުގެ ވާހަކަތައް ފަޅާއަރުވާލާ ރިޕޯޓެއް ޕެންޑޯއާ ޕޭޕާސްއިން އާއްމު ކުރި އެވެ. ޕެންޑޯރާ ޕޭޕާސްގެ މައްޗަށް ބިނާކޮށް ރިޕޯޓުގައި ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ ރިޝްވަތުގެ ޕެރެގްރާފު ލިޔެފައި ވަނީ މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ ޒަހީނާ ރަޝީދެވެ.

މި ރިޕޯޓު އާއްމު ކުރި ޕެންޑޯރާ ޕޭޕަސްއަކީ ދުނިޔޭގެ ލީޑަރުންނާއި، ސިޔާސީ ފަރާތްތަކާއި، ބިލިއަނަރުންގެ ސިއްރު މުއްސަނދިކަމާއި މުއާމަލާތްތައް ހާމަވާ ގާތްގަނޑަކަށް 12 މިލިއަނެއްހާ ލިޔެކިޔުންތަކާއި ފައިލްތައް ލީކުވެފައިވާ ޕޭޕާޒްއެކެވެ. މީގައި 117 ގައުމެއްގައި 600 އަށް ވުރެ ގިނަ ނޫސްވެރިން އެ މަސައްކަތް ކުރި އެވެ.

ޕެންޑޯރާ ޕޭޕަރސްއިން ރިޕޯޓު ކުރި ގޮތުގައި އިންޑިއާގެ ނުފޫޒުގަދަ ޕްރޮޕަޓީ ޑިވެލޮޕަރަކާ އެކު އެ ގައުމުގެ ވިޔަފާރިވެރިންތަކެއް ކުރީގެ ރައީސް އަބްދުالله ޔާމިނަށް ރިޝްވަތު ދިނީ ގާނޫނާ ހިލާފަށް ރަށެއްގެ ޑީލެއް ހެދުމަށެވެ.

ރިޕޯޓުގައި ވާ ގޮތުގައި ފުގިރި ޓެންޑާ ނުކޮށް 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކުއްޔަށް ދީފައި ވަނީ ދުބާއީގެ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ލިމިޓެޑަށެވެ. މީގައި ޝާމިލުވާ ކްލެސިކް ސިޓީއަކީ އިންޑިއާގެ ޕޫނޭގެ ނުފޫޒުގަދަ ޑިވެލޮޕަރެއް ކަމަށްވާ އަވީނާޝް ބޫސަލީގެ އާއިލީ ވިޔަފާރީގެ ލޮޖިސްޓިކްސްގައި މަސައްކަތް ކުރާ އަމިތު ކުމާރު ގާންދީގެ އާއިލީ ވިޔަފާރި އާއި ގުޅުންހުރި ޕާޓްނާޝިޕެކެވެ. ބޮސޭލްސްގެ 50 ޕަސެންޓް ހިއްސާ އޮންނަ އިރު، އެ ކުންފުނިން ވަނީ 8.5 މިލިއަނަށް ވުރެ ގިނަ ޑޮލަރު އިންވެސްޓްކޮށްފަ އެވެ.

ބޫސާލީ އާއިލާއަކީ އިންޑިއާގެ އެކި ކަންކޮޅުތަކުގައި ލަގްޒަރީ ހޮޓާތަކުގައި އިންވެސްޓްކޮށްފައިވާ، އަވީނާޝް ބޫސާލީ ޕެލަސް ނަމަކަށް ކިޔާ ވައިޓް ހައުސް ހެން ނަކަލުކޮށްފައިވާ ގެއެއްގައި ދިރިއުޅޭ އާއިލާއެކެވެ. ރިޕޯޓްތައް ބުނާ ގޮތުން 2018 ވަނަ އަހަރު އެމީހުން ވަނީ ލަންޑަންގެ ޓްފަލްގަރ ސްކޮޔާގައި ހުރި އިމާރާތެއް ފަސް ތަރީގެ ހޮޓަލަކަށް ބަދަލުކުރުމަށް ގާތްގަނޑަކަށް 133 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްފަ އެވެ. މި ދެ މީހުންނަށް ފައިސާ ލޯންޑާރ ކުރާކަމުގެ ތުހުމަތުތަކެއް ކުރެވެ އެވެ. އަދި މިއީ އިންޑިއާގެ ފޮރިން އެކްސްޗޭންޖް ގާނޫނާ ހިލާފުވެފައިވާ ކަމަށް ބުނެ ކަމާ ބެހޭ ފަރާތްތަކުން ވަކިވަކިން ހުށަހެޅި މައްސަލަތަކެއް ތަހުގީގުކޮށްފައިވާ ދެ މީހުންނެވެ.

ޕެންޑޯރާއިން ވަނީ ރައީސް ޔާމީންގްގެ ވެރިކަމުގައި ރާއްޖޭގައި ގަވައިދާއި ހިލާފަށް ރަށްތައް ކުއްޔަށް ދޫކުރުމުގެ މުއާމަލާތްތައް ހިންގާފައިވާކަމަށް ބުނެ، ތުހުމަތުތަކެއްކޮށްފަ އެވެ. މީގެ ތެރެއިން އެއް މުއަމަލާތަކީ ފުއްގިރިކަމަށް ތުހުމަތުވާއިރު ރިޕޯޓުގައި ވާ ގޮތުން ޕްރޮސެކިއުޓަރުން މިހާރު ތުހުމަތު ކުރާ ގޮތުގައި ފުއްގިރި ކުއްޔަށް ދޫކުރުމުގެ ބަދަލެއްގެ ގޮތުން ރައީސް ޔާމީނަށް ރިޝްވަތުގެ ގޮތުގައި 1.1 މިލިއަނަށް ވުރެ ގިނަ ޑޮލަރު ވަނީ ލިބިވަޑައިގެންފަ އެވެ. މި ރިޝްވަތު ދީފައިވަނީ ބްރިޓިޝް ވާޖިން އައިލެންޑްސްގެ ކުންފުންޏެއް ކަމަށްވާ އޭ އޭ ހޯލްޑިންގްސް ގްރޫޕް ލިމިޓެޑުންކަމަށް އެ މީހުން ބުނެ އެވެ.

ރިޝްވަތުގެ ތުހުމަތުތަކެއްކޮށްފައިވާ، ރިޕޯޓު ނިންމާލަމުން ޕެންޑޯރާއިން ބުނީ އީމެއިލް މެދުވެރިކޮށް ފޮނުވި ސުވާލުތަކަށް ގާންދީއާއި ބޫސެލްސް އެއްވެސް ޖަވާބެއް ނުދެއްވި ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބަހެއް ހޯދުމަށް ކުރި މަސައްކަތް ވެސް ކާމިޔާބު ވެފައި ނުވާ ކަމަށެވެ.

The Gandhis and Bhosales did not respond to questions sent by email. Yameen did not respond to requests for comment

ރައީސް ޔާމީންގެ މައްޗަށް ކުރާ ތުހުމަތުތައް އަންނަނީ ރިޕޯޓުގެ އެންމެ ފަހަތު ބަޔަށެވެ. އޭގެ ކުރިން ދެކެވެނީ ފަތުރުވެރިކަމުގެ މުއާމަލާތްތައް ހިންގާ ބަޔަކު ޝާމިލުވެ ތިބެ، ޓެންޑާރ އަކާއި ނުލައި ގަވައިދާއި ހިލާފަށް ރަށްތައް ވިއްކައި ކުއްޔަށް ދޫކުރުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ރައީސް ޔާމީނަށް ތުހުމަތުތަކެއް ކުރެވޭ ވާހަކަ އެވެ. ނަމަވެސް ރިޕޯޓުގެ އެންމެ ފަހު ތިން ޕްރެގްރާފު ފިޔަވައި އެހެން ހުރިހާ ބައެއްގައި ވެސް އަންނަނީ ރަޝިޔާގެ ރައީސް ވެލްޑަމިރު ޕުޓިންގެ ގާތް މީހަކު ރާއްޖެއިން ފަރެއް ހޯދުމުގައި ހިނގި މުއާމަލާތުގެ މައްޗަށެވެ. އެއީ ފުއްގިރީގެ މުއަމަލާތުގެ ވާހަކަތަކެއް ނޫނެވެ. އަދި ބޫސާލީގެ ވާހަކަ އެވެ.

ލިޔުމުގައި ވަނީ ލަންގް ކެޕިޓަލްއިން 2015 ވަނަ އަހަރު ކުރި އެއް އިންވެސްޓްމަންޓަކީ މާލެ އަތޮޅު ދެކުނު ފަރާތު ފަޅުގެ އިންވެސްޓްމަންޓެއް ކަމަށެވެ. ރާއްޖޭގެ މީޑިއާތަކުން ރިޕޯޓުކުރީ:

The lease of Fuggiri is one. Prosecutors currently allege that Yameen received a bribe of more than 1.1 million Dollar in exchange for the Fuggiri lease. The alleged bribe was paid by an anonymous British Virgin Islands compan 

މިފަދައިން ބުނާ އިބާރާތެވެ.

ޕްރެގްރާފުގެ ދިވެހި ތަރުޖަމާ:

“ފުގިރީ ކުއްޔަށް ދިނުމަކީ މީގެ ތެރެއިން އެއް މައްސަލަ އެވެ. ޕްރޮސެކިއުޓަރުން ތުހުމަތު ކުރާ ގޮތުގައި ފުއްގިރި ކުއްޔަށް ދޫކުރުމުގެ ބަދަލެއްގެ ގޮތުން ރައީސް ޔާމީނަށް ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ވަނީ ލިބިވަޑައިގެންފައި ވެއެވެ. މި ރިޝްވަތު ރައީސް ޔާމީނަށް ދިނީ ބްރިޓިޝް ވާޖިން އައިލެންޑްސްގައި ހުންނަ އޭ އެންޑް އޭ ހޯލްޑިންގްސް ގްރޫޕްން ރައީސް ޔާމީންގެ އެސޯސިއޭޓަކަށް، ދެން އޭނާއަށް ރީޑައިރެކްޓް ކޮށްގެންނެވެ.”

އެހެންކަމަށް ވާނަމަ، މިއީ އެއްވެސް ހާލަތެއްގައި ޕެންޑޯރާ ޕޭޕާސްއިން ފެނުނު ހަގީގަތެއް ނޫނެވެ. އެއީ ޕްރޮސެކިއުޓަރުންގެ ތުހުމަތެކެވެ.

ދެން އޮތީ ޕެންޑޯރާ ޕޭޕާސްއިން ދެއްކި ވާހަކައިގެ އަސްލެވެ. އެއީ ރައީސް ޔާމީނަށް ރިޝްވަތު ދިންކަމަށް ބުނާ އޭ އެންޑް އޭގެ ހިއްސާދާރުންގެ މައުލޫމާތެވެ.

Pandora Papers documents reveal the true owners of A&A Holdings Group were in fact Amit Kumar Gandhi and his brother Avinash Kumar Gandhi

މި އިބާރާތުގެ ދިވެހި ތަރުޖަމާ:

ޕެންޑޯރާ ޕޭޕަރސްގެ ހޯދުންތަކަށް އެނގިފައިވާ ގޮތުގައި އޭ އެންޑް އޭ ހޯލްޑިންގްސް ގްރޫޕްގެ ހަގީގީ މިލްކުވެރިންނަކީ އަމިތު ކުމާރު ގާންދީއާއި އޭނާގެ ބޭބެ އަވީނާޝް ކުމާރު ގާންދީއެވެ.

އަވީނާޝް ކުމާރު ގާންދީއަކީ އިންޑިއާގެ ކުންފުނިތަކުގައި ޑިރެކްޓަރެއްގެ ހައިސިއްޔަތުން ކޯޕަރޭޓް އެފެއާޒް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެކެވެ. އޭނާ އާއި 04 ކުންފުންޏަކާއި ގުޅުން އޮންނަ މީހުންކަން ދައްކަ އެވެ. މީގެ އިތުރުން އޭނާ އާ ގުޅުން ހުރި ކުންފުނިތަކަކީ ރިއަލް އެސްޓޭޓް އާއި، ސަޕޯޓިން އަދި އޮގްޒިލިއަރީ ޓްރާންސްޕޯޓް އެކްޓިވިޓީސް، ޓްރެވަލް އެޖެންސީތަކުގެ ހަރަކާތްތައް ފަދަ އެކި އިންޑަސްޓްރީތަކުގެ ކުންފުނިތަކެވެ. އެހެން ނަމަވެސް އޭނާއާއި ނުވަތަ އަމިތު ކުމާރް އާއި އެންޑް އޭ އާއި އެއްވެސް ގުޅުމެއް އޮތްކަން އެނގޭނެ ގޮތެއް ނުވި އެވެ.

މަޝްހޫރު ވިޔަފާރިވެރިން ކަމަށްވާ އަވީނާޝް ބޫސާލީ އާއި ކުރިން ފާހަގަ ކުރި ބޫސާލީ އަކީ ޕޫނޭ ސިޓީއަށް އެންމެ ފާހަގަކޮށްލެވޭ ރިއަލް އެސްޓޭޓް ޕްރޮޖެކްޓްތައް ދޭ މީހުންނެވެ. މީގެއިން އެންފޯސްމަންޓް ޑައިރެކްޓްރޭޓް (އީޑީ) އިން ވަނީ އަވިނާޝް ބޫސާލީއަށް މަނީލޯންޑްރިންގެ ތުހުމަތުތަކެއްކޮށްފަ އެވެ. ޕޫނޭ ފުލުހުން ރަޖިސްޓްރީކޮށްފައިވާ އެފްއައިއާރްއެއްގެ މައްޗަށް ބިނާކޮށް އަވީނާޝް ބޫސާލީއާ ދެކޮޅަށް މަނީ ލޯންޑަރިންގެ ތަހުގީގެއް ފެށި އެވެ.

2021 ވަނަ އަހަރުގެ ނިޔަލަށް އަވީނާޝް ބޫސާލީ ނެޓް ވޯތު 550 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭއިރު، މިއީ އިންޑިއާގެ ފައިސާއިން 4086.5 ކްރޯޑު ރުޕީސް އެވެ. އަވީނާޝް ބޫސާލީ އަކީ މަހާރާޝްތުރާގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އަދި ރިއަލް އެސްޓޭޓް ބިޒްނަސްގައި ވެސް އެންމެ ކާމިޔާބު އެކަކެވެ. މި ސަބަބާ ހުރެ އޭނާ މަޝްހޫރުވެފައި ވަނީ ރިއަލް އެސްޓޭޓް ކިންގް ގެ ނަމުންނެވެ. އޭނާގެ އަތުގައި ލަގްޒަރީ ކާރުތަކާއި ޕްރައިވެޓް ހެލިކޮޕްޓަރުގެ ބޮޑު ކަލެކްޝަނެއް ހުރެ އެވެ.

މީގެ ކުރިން ވެސް އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ރަށްތަކާއި އަދި ހިޔާނާތް ހިންގި ގޮތް ކިޔައިދޭ “ސްޓީލިން ޕްރެޑައިސް” އާއި “ޕެރަޑައިޒް ރިލީޒްޑް: ދަ ތެފްޓް އޮފް ދި މޯލްޑިވްސް” ގެ ނަމުގައި ރިޕޯޓެއް ގެނެސްފައި ވެއެވެ. މީގެ ތެރެއިން ޕެރެޑައިޒް ރިލީޒްޑް ރިޕޯޓު އާއްމު ކުރީ އޯސީސީއާރުޕީގެ އިންވެސްޓިގޭޝަނެއްގެ ގޮތުގަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: