ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް އެމްޑީޕީގެ ޕާލިމަންޓް ގްރޫޕުން ފަށައިފި

ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާއެއްގެ ތެރެއިން. ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން މަގާމުން ވަކި ކުރުމާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ފަށައިފި އެވެ.

ޕާފޯމަސް އޮޑިޓެއްގެ މައްޗަށް ބިނާކޮށް، އޭސީސީގެ މެމްބަރުން ވަކި ކުރަން ފެންނަކަމަށް މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ވަނީ ނިންމާފަ އެވެ. ކޮމިޝަންގެ މެމްބަރުން މަސައްކަތާއި ހަވާލުވީތާ ދެ އަހަރުވީއިރު ވެސް އެކަށީގެންވާ ނަތީޖާއެއް ނެރެވޭފަދަ މަސައްކަތެއް ކުރެވިފައި ނުވާތީ، މީގެ ކުރިން ވެސ އެކި ފަހަރު މަތީން އެމްޑީޕީގެ މެމްބަރުންގެ ނުރުހުން އޭސީސީއަށް އަމާޒުވި އެވެ.

ދާދިފަހުން މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގެ މެމްބަރު، މުހައްމަދު ވިސާމް “ސަންގު ޓީވީގެ” ޕްރޮގްރާމެއްގައި ދައްކަވަމުން ވިދާޅުވީ، އޭސީސީއަށް މައްސަލައް ނުބެލޭތީ އެކަމުގެ ޑެމޭޖު އަންނަނީ ސަރުކާރަށް ކަމަށެވެ. އެ މެމްބަރުންގެ ސަބަބުން ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރު ގެއްލިގެންދާއިރު މައްސަލަތައް ފުނި ޖެހިފައި ހުރި ކޮމިޝަނަށް މިހާތަނަށް ހޯދުނު ކުރިއެރުންތަކެއް ނެތްކަމަށް ވިދާޅުވި އެވެ.

އޭސީސީގެ މެމްބަރުން ނިންމުމަށް ވަކި ކުރުމަށް ކޮމިޓީން ފާސްކޮށްފައިވާތީ، އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމެއް ބޭއްވުމަށް ކޯރަމް ހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރާ ދުވަހެއް ސީދާ ސާފު ނުވީ ނަމަވެސް، އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ޕީޖީ ބައްދަލުވުން އޮތީ މިރޭ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މަސައްކަތް ނިންމާ މެމްބަރުން ޗުއްޓީއަށް ދިޔައީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ފާސް ކުރުމަށް ފަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: