ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ މެމްބަރުން ވަކިކުރުމަށް ދައުރުން ބޭރުން ބާއްވާ ޖަލްސާ މާދަމާ!

އޭސީސީގެ މެމްބަރުން ވަކިކުރުމަށް ދައުރުން ބޭރުން ބާއްވާ ޖަލްސާ ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނަށް!
ޝެއާރކޮށްލާ ކަހަލަދޯ؟

އޭސީސީގެ މެމްބަރުން ވަކިކުރުމަށް ދައުރުން ބޭރުން ބައްވާ ޖަލްސާ މާދަމާ ބޭއްވުމަށް ތާވަލްކޮށްފިއެވެ.

މިޖަލްސާ ބޭއްވުމަށް ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 10:00އަށެވެ. މާދަމާއަށް ޖަލްސާ ބޭއްވުމަށް ތާވަލްކޮށްފައިވާއިރު މަޖިލިސް މިވަގުތު އޮތީ މިއަހަރުގެ ތިން ދައުރުވެސް ނިންމާލުމަށްފަހު ތިން މަހުގެ ޗުއްޓީއެއްގައެވެ.

މާދަމާ ޖަލްސާ ބޭއްވުމަށް އެޖެންޑާ ކޮށްފައިވާއިރު އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭތީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ހުރިހާ މެމްބަރުން ވެސް ވަކި ކުރުމަށް ފެންނަކަމަށް އެމްޑީޕީގެ ޕާލިމަންޓް ގްރޫޕުން ނިންމާފައިވަނީ ރޭގެ ވަގުތެއްގައެވެ. އެއާއެކު ދައުރުން ބޭރުން ކުއްލި ޖަލްސާއެއް ބޭއްވުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

މަޖިލީހުގެ ގަވައިދުގެ 45 ވަނަ މާއްދާގައިވާ ގޮތުން ދައުރުން ބޭރު ޖަލްސާއެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، 14 ދުވަހުގެ ތެރޭގައި އެ ޖަލްސާއެއް މަޖިލީހުގެ ރައީސް ބާއްވަންވާނެއެވެ. ކުއްލި ޖަލްސާ ބޭއްވުމަށް އެޖެންޑާ ކޮށްފައިމިވަނީ އެމްޑީޕީގެ ޕީޖީއިން މެމްބަރުން ވަކިކުރަން ފެންނަކަމަށް ނިންމިތާ 24 ގަޑިއިރުވެސް ނުވަނީހެވެ.

އޭސީސީގެ މެމްބަރުންގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށްފަހު މެމްބަރުންގެ ތެރެއިން އެކަށީގެންވާ މަސައްކަތްކޮށްފައިނުވާ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވަނީ ހުސްވި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އޮޑިޓު ކޮމެޓީއަށް ހުށައެޅުމުން މެމްބަރުން ވަކިކުރުމަށް ހުށައެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ)އެވެ. މިހުށައެޅުމަށް ތާއީދުކުރެއްވީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމެވެ.

އޮޑިޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ކޮމިޝަނަށް ލިބިދީފައިވާ ބާރު ބޭނުންނުކުރާ ކަމާއި ކޮމިޝަންގެ މަސަައްކަތްތައް ނުކުރާކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި އޮޑިޓު ހުށައެޅިއިރު ނުނިމި ހުރި މައްސަލަތަކުގެ އަދަދު 1600އަށް އަރާ ކަމަށާއި ދިގުލައިގެންގޮސް 3 އަހަރުވެފައިވާ މައްސަލަތަކުގެ އަދަދު ގާތްގަނޑަކށް 300އަށް އަރާ ކަމަށެވެ. އަދި މިއީ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ކޮމެޓީގެ މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށްދާނީ މަޖިލީހުގެ ތަޅުމަށް ކޮންމެ ނަމެއް ވަކިވަކިން ހުށަހެޅުމަށްފަހު، ވަކިކުރަން ފާސްކުރާ ނަންތަން ކޮމިޓީއަށް ފޮނުވުމުން އެބޭފުޅުންގެ ތަހުގީގީ މަރުހަލާ ހިންގައިގެންނެވެ. އޭސީސީގައި މިވަގުތު ތިއްބެވީ އެންމެ ތިން މެމްބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބް ރައީސް ފާތިމަތު އަނޫލާ އާއި އަދި އައިޝަތު އަބްދުﷲ އެވެ. ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަލީ އަޝްރަފް ވަނީ މިމަހުގެ ދެވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު މިއަދުގެ ވަގުތެއްގައި ކޮމިޝަންގެ މެމްބަރު އިބްރާހިމް ޝަކީލްވެސް މިހާރު ވަނީ އިސްތިއުފާ ދެއްވާފައެވެ.

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ މެމްބަރުންގެ މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ނުނިމި ދިގުލައިގެން ދިޔުމެވެ. ކޮމިޓީގެ މެމްބަރު، ލ. ގަމު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ވިސާމް ވިދާޅުވީ ހިޔާނާތުގެ މައްސަލަތައް ބަލާނެކަމަށް އުންމީދު ކުރި ވަރާއި ގާތަށް ވެސް ނުބެލޭ ކަމަށެވެ. އެމްޑީޕީގެ ސިޔާސަތަކީ ވައްކަމާއ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވައި އެފަދަ އަމަލުތައް ހިންގާ މީހުންނަށް އަަދަބު ދިނުންކަމަށްވާއިރު ރަނގަޅަށް ފަންކްޝަން ނުކުރާ މެމްބަރުންތަކެެއް ތަނުގައި ތިބުމުގެ ބޭނުމެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ވިސާމް ވިދާޅުވީ، އޭސީސީގައި މިވަގުތު ތިބި މެންބަރުންނަކީ ތައުލީމީ ގޮތުން ބަލާ ކަމަށްވާނަމަ، ތައުލީމީ ފެންވަރު ވަރަށް ރަންގަޅު އަދި ވަރަށް ގާބިލް މެންބަރުން ކަމަށެވެ. އަދި ކޮމިޓީން އެބޭފުޅުން އައްޔަން ކުރުމުގައިވެސް ތައުލީމާއި އެހެނިހެން ކަންތަކަށް ބަލައިފައިވާއިރު، މަގާމުން ވަކި ކުރުމާއި މެދު ގޮތެއް ނިންމަން ވެސް ޖެހުނީ އެބޭފުޅުންނަށް މަސައްކަތް ނުކުރެވޭ ކަމުގެ ވާހަކަ ދައްކާތާ އެތައް ދުވަހެއް ފަހުން ކަމަށެވެ. ވިސާމް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ވެސް މެމްބަރުން އެންމެ ހަރުއަޑުން ދައްކަން ޖެހޭ އެއް ވާހަކައަކީ އެއީ ކަމަށެވެ. މައްސަލަތައް ނުބެލި، ނުވަތަ ފިޔަވަޅު ނޭޅި ލަސްވުމަކީ އެއީ ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލެމުންދާ ސަބަބެއްގެ ގޮތުގައި ފާހަގަކޮށް ވިސާމް ވިދާޅުވީ މިނިވަން މުއައްސަސާގެ ކޮމިޓީން އެތައް ފަހަރަކު އޭސީސީ މެންބަރުންނާއި ބައްދަލުކޮށް ކަންބޮޑުވުންތަކެއް ހިއްސާކޮށްފައި ވާނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ މައްސަލައާއި އޭސީސީގެ މަސައްކަތުގެ ސްޕީޑް ޖުމްލަކޮށް ލަސްވުމާއި ގުޅިގެން ކޮމިޝަންގެ މެމްބަރުން ކޮމެޓީއަށް ހާޒިރުކުރުމުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިއުނާ ވިދާޅުވީ، އެމްއެމްޕީއާރްސީގެ މައްސަލަ ބަލައި ނިންމުމަށް މިހާރަށްވުރެ ބޮޑު ބަޖެޓެއް ބޭނުންވާނެކަމަށާއި އިތުރު މުވައްޒަފުންވެސް ބޭނުންވާނެކަމަށެވެ. އާންމު އުސޫލެއްގެ ގޮތުގައި ބަލާއިރު، އެމްއެމްޕީއާރްސީ ފަދަ ޚިޔާނާތުގެގެ މައްސަލަ ބަލައި ނިންމުމަށް އަށް މަސްދުވަހުގެ މުއްދަތެއް ބޭނުންވާނެ ކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ. އެހެންނަމަވެސް، މިވަގުތު ހުރި ވަސީލަތްތަކާއި ބަޖެޓުން ސަރުކާރާއި އެހެނިހެން އިދާރާތަކުން ބޭނުންވާ ސްޕީޑްގައި އެމަސައްކަތް ކުރިއަށްނުދާނެކަމަށް ޝިއުނާ ވިދާޅުވިއެވެ. އޭސީސީގެ މަސައްކަތްތައް ކުރިއަށްވުރެ ރަނގަޅުވެފައިވާކަން ގަބޫލުކުރާނަމަވެސް، އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ސްޕީޑް ލަސްކަމަށް ގަބޫލުކުރައްވާކަމަށްވެސް ޝިއުނާ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: