ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެބްރުއަރީ މަހު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ތެރެއިން / އޭދަފުޝި ޓަްިމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އެ ދާއިރާގެ މަޖިލީހުގެ ގޮނޑި ހުސްވީ، މަޖިލީހުގައި ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް ހުސެއިން އަވަހާރަވީ އުމުރުން 53 އަހަރުގައި އަންގާރަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވިކަމަށް މަޖިލީހުން މިއަދު އެންގުމާ ގުޅިގެން އެދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި  އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގައެވެ.

ހުސެއިން ވަނީ 17 ވަނަ އަހަރު މަޖިލީހުގައި ވެސް ކޮމަންޑޫ ދާއިރާގެ މެމްބަރުކަންކުރައްވައިފައެވެ. އަދި މިދައުރުގައި އޭނާ ވަނީ މާލިއްޔަތު ކޮމިޓީ އާއި އިމްތިޔާޒް ކޮމިޓީ އާއި ސުލޫކް ކޮމިޓީ އާއި ބަޖެޓު ދިރާސާކުރާ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިން ކޮމިޓީގައި މަސައްކަތްކުރައްވައިފައެވެ.

މީގެއިތުރުން، މިދިޔަ އަހަރުން ފެށިގެން ދުބާއީގައި ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯއްދެވުމަށްފަހު ހުސައިން މާލެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އަލުން ބައިވެރިވެ ވަޑައިގަންނަވަން ފެއްޓެވީ މިއަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހުގައެވެ.

އެއަށް ފަހު، މާޗް މަހުގެ 30 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި މަސްވެރިކަމުގެ ބިލަށް އޭނާ ވާހަކަ ދައްކަވަން ފެއްޓެވުމުގެ ކުރިން ވިދާޅުވީ ބޭސްފަރުވާ އަށް ރާއްޖޭން ބޭރުގައި ހޭދަ ކުރެއްވި ދުވަސްތަކުގައި ވަރަށް ގާތް ރައްޓެހިންނާއި ދާއިރާގެ އެކިއެކި ރައްޔިތުންނާއި ހެޔޮ އެދޭ އެތައް އިއްޒަތްތެރި މެމްބަރުންނެއް ގުޅުއްވައި ހާލު ބައްލަވަމުން ދިޔަ ކަމަށްޓަކައި އުފާ ކުރައްވާ ކަމަށެވެ. އަދި އެފަރާތްތަކަށް ޝުކުރު އަދާވެސް ކުރެއްވެވިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. އަތޮޅަށާއި ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ށ. ފޯކައިދޫން މަރުހަބާ ވިދާޅުވެ. އަދި ރަށުގައި ބޭއްވި ބައްދަލުވުންތަކުގައި އެމަނިކުފާނުގެ އަރިހުގައި ވެސް ހުސައިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ހުސެއިން އަކީ މަޝްހޫރު ވިޔަފާރިވެރިއެއްވެސް މެއެވެ. އެގޮތުން ޓިމްބާ ހައުސް ޕްރައިވެޓް ލިމިޓެޑާއި ޔުނައިޓެޑް ފުޑް ސަޕްލައި ޕްރައިވެޓް ލިމިޑެޓުގައި އޭނާގެ ހިއްސާއޮވެއެވެ.

އަވަހާރަވިއިރު އޭނާގެ ފިރިހެން ބޭފުޅަކާއި ދެ އަންހެން ބޭފުޅުން އަދި އަނބިކަނބަލަކު ވެސް ދުނިޔޭގައި ތިއްބެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: