ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެހި ނަރުސް ހައްޔަރުކޮށްފި

މާވިން އާއި މޭރީ: މޭރީގެ މަރުގެ މައްސަލާގައި ދިވެހި ނަރުހަކު ވަނީ ހައްޔަރުކޮށްފައި.
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗްގައި މަސައްކަތްކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސްގެ މަރުގެ މައްސަލައިގައި ދިވެހި އަންހެނަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، މަރުވި ފިލިޕީންސް އަންހެން މީހާގެ ފިރިމީހާއާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު 24 އަހަރުގެ މީހެކެވެ.

ދަންޖެހުނު ފިލިޕީންސް އަންހެނެއް ހޮސްޕިޓަލަށް ގެންދިޔަ ހަބަރާއި އެކު، ތަފާތު ގޮތް ގޮތަށް ވާހަކަ ދެކެވި އެ މަރާއި މެދު ސުވާލުތައް އުފެދިގެން ދިޔަ އެވެ. އާއްމުކޮށް ދަންޖެހިގެން ހޮސްޕިޓަލަށް ގެންދާ މީހުންގެ ކޭސްތައް، ފުލުހުންނަށް ރިޕޯޓު ކުރާނެ އެވެ. މި މައްސަލައިގައި ސުވާލު އުފެދޭ ކަންތަކެއް ހުރުމުން ފުލުހުން، މޭރީގެ މަރުގެ މައްސަލައިގެ ތަހުގީގު ފެށީ މާވިންގެ ބައެއް ވާހަކަތައް ދިމާ ނުވާތީ އާއި ހޮސްޕިޓަލުން ލިބުނު ބައެއް މައުލޫމާތުތަކުގެ ސަބަބުންނެވެ. އެހެންވެ މާވިންގެ ޕާސްޕޯޓު ހިފަހައްޓައި، މޭޭރީގެ ހަށިގަނޑު ޕޯސްޓްމޯޓަމްއަށް ރާއްޖެއިން ބޭރަށް ފޮނުވީ އެވެ.

ޕޯސްޓްމޯޓަމުން ދެއްކީ ދަންޖެހިފައި ނުވަތަ ދަންޖައްސާފައިވާ ކަމަށް ބެލެވޭ އެއްވެސް އަނިޔާއެއް ނެތް ކަމަށެވެ. އެ ރިޕޯޓުގައި ވާ ގޮތުން މޭރީގެ ބޮލަށް އެއްޗަކުން ޖަހައި ވަނީ އަނިޔާ ދީފަ އެވެ. އަދި ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް ވެއެވެ.

އޭނާ މަރުވި ސަބަބެއްކަމަށް ބެލެވެނީ، “ބްލަންޓް ފޯސް ޓްރޯމާ” ކަމަށެވެ. އެއީ ބާރުގަދަ އެއްޗަކުން ނުވަތަ ކުއްލި ގޮތަކަށް ގޮސް ތަނެއްގައި ޖެހިގެން ލިބޭ އަނިޔާ އެވެ. ދަންޖެހިގެން މަރުވިކަމަށް ބުނާ މޭރީ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ އޭނާގެ ފިރިމީހާ އެވެ.

މައްސަލައިގައި ތުހުމަތުތަކެއް ކުރެވި މާވިން ވެސް މިވަގުތު ހުރީ ފުލުހުންގެ ހައްޔަރުގަ އެވެ. އަދި އޭނާއަށް ބަންދުގެ މުއްދަތު ވަނީ ޖަހާފަ އެވެ.

މޭރީގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި ދިވެހި ނަރުސް މަސައްކަތް ކުރަނީ އައިޖީއެމްއެޗް އީއާރުގައެވެ. އަދި އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންނަށް ވެސް އެ ދެމީހުންގެ ދެމެދުގައި އޮތް ގުޅުން އިނގޭއިރު މާވިން އާއި މޭރީއާއި މެދު އޭނާގެ ސަބަަބުން މައްސަލަތައް ޖެހޭކަމަށް ވެއެވެ. އަދި މޭރީއާއި ދިވެހި ނަރުހާ ދެމެދު ހަމަނުޖެހުންތަކެއް ހިންގާ ހޮސްޕިޓަލުގައި ޒުވާބު ކުރާކަމަށް ބައެއް މީހުން މައުލޫމާތު ދެ އެވެ.

މައްސަލައިގައި ހައްޔަރު ކުރި އަންހެން މީހާ މީގެ ކުރިން ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދިނެވެ. އޭނާ ވަނީ މޭރީގެ މަރުގެ މައްސަލައިގައި އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެކަމަށް ބުނެފަ އެވެ. އަދި މާވިންގެ އިންތިޒާރުގައި ހުންނާނެކަމަށް ބުނެ، ތަފްސީލުކޮށް އެކި ވާހަކަތައް ކިޔައިދީފައި ވެއެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 10%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: