ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝެއިޚް ހަސީނާ މަޖިލީހުގައި ތަގުރީރުކުރެއްވުމަށް މަޖިލީހުން ރުހުންދީފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަގްރީރުކުރެއްވުމަށް މަޖިލީހުން ރުހުންދީފިއެވެ.

ދައުރުން ޞޭރުން މިއަދު މަޖިލީހުގެ ތަޅުމުގައި ކުރިއަށްގެންދިޔަ ޚާއްސަ ޖަލްސާގައި ޝެއިޚް ހަސީނާ މަޖިލީހުގައި ތަގްރީރުކުރެއްވުމާއި ގުޅޭގޮތުން ވަނީ ވޯޓަށް އަހާފައެވެ. ޝެއިޚް ހަސީނާ މަޖިލީހުގައި ތަގްރީރުކުރެއްވުމަށް ރުހުން ދީފައިވަނީ  ވޯޓުގައި ބައިވެރިވި 44 މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ހަސީނާ ތަގުރީރު ކުރައްވަން ހަމަޖެހިފައިވާއިރު، މިހާތަނަށް މަޖިލީހުގައި ތަގުރީރު ކުރައްވާފައި ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ މަގާމު ފުރުއްވި ދެ ބޭފުޅެކެވެ. އެންމެެ ފަހުން މިފަދަ ގޮތަކަށް މަޖިލީހުގައި ތަގްރީރުކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ.

ޝެއިޚް ޙަސީނާ ދިވެހިރާއްޖެ އަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މި މަހު 22 އިން 27 އަށް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ޝެއިޚް ޙަސީނާގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި އަހަރުގެ މާރޗް މަހު ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރުވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

‎އެ ކަމަނާގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މި ވާހަކަފުޅުތަކުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަސްވެރިކަމާއި މީހުން ބިނާކުރުމާއި ތަޢުލީމަކީ މިހާރުވެސް ދެ ޤައުމުގެ ދެމެދު ގާތް ގުޅުމެއް އޮންނަ ބައެއް ދާއިރާތަކެވެ. ދެ ޤައުމު ދެމެދު ސޮއިކުރެވޭ މި އެއްބަސްވުންތަކާއެކު ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ ހަރަދަނާވެގެންދާނެއެވެ.

‎ދިވެހިރާއްޖެއާއި ބަންގްލަދޭޝްގެ މެދުގައި ޚާރިޖީ ގުޅުން ގާއިމްކުރެވުނީ 22 ސެޕްޓެމްބަރ 1978 ވަނަ އަހަރުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: