ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރާމާރީ ހިންގުމަށް ގޮވާލި މައްސަލަ ފުލުހުން ބެލުން ލާޒިމް: ޖަމީލް

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރ ޑރ މުހައްމަދު ޖަމީލް އަހުމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ މެމްބަރުން މާރާމާރީ ހިންގުމަށް ގޮވާލި މައްސަލަ ފުލުހުން ބެލުން ލާޒިމް ކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރ ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިހެން ވިދާޅުވީ އިއްޔެ މާލެ ސިޓީގެ ރައްޔިތުންނާއި އެމްޑީޕީއިން ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވައެވެ. އިއްޔެގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށައެޅުއްވި ގަރާރާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފަލާހް ވިދާޅުވީ އަވައްޓެރި އިންޑިއާއާއި މެދު ނަފްރަތުގެ އަމަލު ހިންގުމަށް ކުރިޔަށް ގެންދާ ހަރަކާތާތްތައް، އެފަދަ މީހުންގެ ކަންފަތް މަތީ ޖަހައި ވިޔަސް ހުއްޓުވަން ޖެހޭކަމަށެވެ.

ފަލާހުގެ ވާހަކައިގައި މިއީ ތަހުޒީބުވެފައިވާ ގައުމަކުން ފެނިގެން ވާނެ އަމަލެއް ނޫން ކަމަށެވެ. ރައީސް ޔާމީން ހިންގަވަނީ ފިނޑި އަމަލެއްގެ ގޮތުގައި ސިފަކޮށް ފަލާހު ވިދާޅުވީ ރައީސް ޔާމީނަކީ ކުރިއަރާފައިވާ ވިސްނުމެއްގެ ހުރި ބޭފުޅެއް ނަމަ މޭމަތީ ބޮޑު އަކުރުން އިންޑިއާ އައުޓް ޖައްސަވައިގެން ނުހުންނަވާނެ ކަމަށެވެ. ރައީސް ޔާމީންގެ ސަބަބުން ރައްޔިތުންނަށް ލިބޭނީ ބޮޑު ގެއްލުމެއްކަމަށާއި، ރައީސް ޔާމީނަކީ އަބަދުވެސް ދުނިޔޭގެ ގައުމުތަކާއި އެކަހެރިވެގެން މަސައްކަތް ކުރެއްވި ބޭފުޅެއްކަމަށް ފަލާހު ވިދާޅުވި އެވެ. ރައީސް ޔާމީން ވެރިކަމުގައި ހުންނަވައިގެން ކޮމަންވެލްތުން ވަކިވާން ނިންމެވި ނިންމުމުގެ ސަބަބުން އެތައް ޒުވާނެއްގެ މަތީ ތައުލީމު ފުރިހަމަ ކުރުމަށް ލިބެމުން ދިޔަ ލޯނުތަކަށް ހުއްޓުމެއް އައިކަމަށް ފަލާހު ވިދާޅުވި އެވެ. ކުޅިވަރުގެ އެތައް ޒުވާނުންނަށް ގެއްލުންތަކެއް ވިކަމަށް ފަލާހު ވިދާޅުވިއެވެ.

މިވާހަކަތަކަށް އިޝާރާތްކުރައްވައި ޑރ ޖަމީލް ކުރެއްވި ޓުވީޓެއްގައި ވަނީ ޖާހިލިއްޔަ ޒަމާނުގެ ކަންކަމުން މިކަމާި ގުޅުވައި މިސާލު ނަންގަވާފައެވެ. ޖާހިލިއްޔަ ޒަމާނުގައި މުޝްރިކުން ހައްގާއި ކުރިމަތިލާން ނުކުޅެދުމުން އަނިޔާކުރަން ގޮވާލައި ރޭވި ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. ނަފްރަތު އުފެއްދުމުގެ ނަތީޖާއަކީ ނަފްސަށް ގެއްލުން ދިނުން ފަދަ ޖަރީމާ މާޒީގައި ހިންގުންކަމަށާއި އެމްޑީޕީގެ މެމްބަރުން މާރާމާރީ ހިންގަން ގޮވާލި މައްސަލަ ތަހްގީގްކުރަން ފުލުހުންނަށް ލާޒިމްވާކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

ޑރ ޖަމީލްގެ އިތުރުން ގިނަ ބަޔަކުވެސް އަންނަނީ ފަލާހުގެ މިވާހަކަތައް ތަހުގީގުކުރުމަށް ގޮވާލަމުންނެވެ. އަދި އިންޑިޔާ އައުޓް ކެމްޕެއިނަކީ ހުއްޓާލާނެ ކެމްޕެއިނެއް ނޫންކަމަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިޔާގައި އަޑުއުފުލަމުންނެވެ.

ފަލާހުގެ މިވާހަކަތަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު އެވާހަކައަކީ ޖިސްމާނީ ގޮތުން ޖެހުމަށް ނުވަތަ އަނިޔާކުރުމަށް ބުނެ ދެއްކި ވާހަކަތަކެއް ނޫންކަމަށް ބައެއް މީޑިޔާތަކަށް ފަލާހު ވަނީ ވިދާޅުވެފައެވެ. އަދި ބަޔާންކޮށްދެއްވުމަށް މަސައްކަތް ކުރެއްވީ އިންޑިޔާ އައުޓްގެ ސަބަބުން ދިވެހިންނަށް ވަމުންދާނެ ގެއްލުންކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.

އިއްޔެގެ ބައްދަލުވުމުގައި މެމްބަރު އާޒިމް ހުށައެޅުއްވި ގަރާރުގައި ވަނީ ސަރުކާރަށް ކުރެވުނު މަސައްކަތެއް ކޮށްގެންވިޔަސް އިންޑިޔާ އައުޓް ކެމްޕެއިން ހުއްޓުވުމަށެވެ. ރައީސް ނަޝީދުވެސް ވަނީ ރައީސް ޔާމީން އިންޑިޔާ އައުޓް ކެމްޕެއިން ތުރުކުރައްވައި ކެމްޕެއިންތަކުގައި ބައިވެރިވަމުންދާތީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މޭމަތި ފުރެންދެން އިންޑިޔާ އައުޓް ޖަހާފައިވާ ޓީޝާޓަކާއެކު އާންމު ރައްޔިތުންނާއި ބައްދަލުކުރަން ދިޔުމުން އެރައްޔިތުންވެސް ލަދުގަންނަކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: