ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން: ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ކޮމަންޑޫ ދާއިރގެ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށައަޅަން މިހާރު ވަނީ ހުޅުވާލާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަންއިން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުދަ ދުވަހު ގެޒެޓްކުރި އިއުލާނުގައި ބުނެފައިވަނީ ފެބުރުއަރީ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށްފައިވާ ކަމަށެވެ. މިލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްގެ އިތުރުން ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ކަމަށްވާ ށ.ކޮމަންޑޫ އާއި ފޯކައިދޫ އަދި މަރޮށިގެ ކައުންސިލުގެ އިދާރާއިން އާންމުކޮށް ފެންނަން ހުންނާނެއެވެ.

ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު ހުޅުވާލާފައިވަނީ 22 ޑިސެންބަރުން ފެށިގެން ޖެނުއަރީގެ 02 ވަނަ ދުވަހުގެ މެންދުރުފަހު 02:00 ގެ ނިޔަލަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އީމެއިލް މެދުވެރިކޮށެވެ. ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލުގެ އިދާރާތަކުން ލިބޭނެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓް ނެގުން އޮންނާނީ ފެބްރުއަރީ 5، ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ. ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ 10 ވަނަ ދުވަހުގައެވެ.

މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު ކެންސަރުގެ އަލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވުމުންނެވެ. ގާނޫނު ބުނާ ގޮތުގައި ދައުރުގެ މެދުތެރެއިން މަޖިލީހުގެ ގޮނޑިއެއް ގެއްލިއްޖެ ނަމަ، 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ އެވެ. އެހެންކަމުން، އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައި ވަނީ އަންނަ ފެބްރުއަރީ 05 ގައި އިންތިހާބު ބޭއްވުމަށެވެ. ބުރާސްފަތި ދުވަހު ދާއިރާއަށް ވާދަ ކުރަން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށްވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ބައި އިލެކްޝަންއަށް ޕާޓީތަކުން ވަމުންދާ ތައްޔާރީތަކަށް ބަލައިލާއިރު ޑިސެންބަރ 19 ވަނަ ދުވަހު އެމްޑީޕީން ކުރި އިއުލާނެއްގައި މި ބައި-އިލެކްޝަން ގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެމްބަރުން ފޯމް ހުށައެޅުމުގެ މުއްދަތު މިހަރު ވަނީ ހަމަވެފައެވެ. އިދިކޮޅު ކޮންގްރެސް ކޯލިޝަނުންވެސް އިންތިހާބަށް ތައްޔާރުވަމުން އަންނައިރު ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. ބައި އިލެކްޝަންގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވާނެ ކަމަށް ވާހަކަތައް ދެކެވުނު ނަމަވެސް، އެވާހަކަތައް އެކޯލިޝަންއިން ވަނީ ދޮގުކޮށްފައެވެ. އިތުރު ޕާޓީއަކަށް ބައި އިލެކްޝަންގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އެވެ. އެމްއެންޕީއިންވެސް ވަނީ މި ބައި-އިލެކްޝަން ގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެމްބަރުން ޑިސެންބަރ 26 ވަނަ ދުވަހުގެ 17:00 ގެ ކުރިން ފޯމް ހުށައެޅުމަށް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: