ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑުގެ ތެރޭގައި ވެސް ކުންފުނިން މަސައްކަތް ކުރީ ރައްޔިތުންނަށް ފައިދާވާ ގޮތަށް: ޝާހު

މޯލްޑިވްސް ވޯޓަރ އެންޑް ސިއުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ، ހަސަން ޝާހު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި އެކު ވެސް ރައްޔިތުންނަށް ދޭންޖެހޭ ފުރިހަމަ ހިދުމަތްތައް އެމްޑަބްލިއުއެސްސީ އިން ފޯރުކޮށްދެމުންދާ ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސިއުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ، ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީ ގެ “ސަރުކާރު” ޕްރޮގްރާމުގައި ވާހަކަދައްކަމުން ޝާހު ވިދާޅުވީ ކޮވިޑުގެ ހާލުގައި ރާއްޖެއަށް ދިމާވި ދަތި އުނދަގޫތަކުގެ ތެރެއިން ވެސް ކުންފުނިން ބޮޑެތި އެހީތަކާއި އެއްބާރުލުން ދީފައިވާ ކަމަށެވެ.އ ެގޮތުން ސަރުކާރުގެ އިރުޝާދުގެ ދަށުން ރައްޔިތުންގެ ހިދުމަތް ފޯރުކޮސށް ދިނުމުގައި ހުރަހެއް އަޅާފައިވާ ނުވާ ކަމަށެވެ.

އެގޮތުން ކޮވިޑުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދެވިގެން ރައްޔިތުން ކުރަމުން އައި އެއްކަމަކީ އަތް ދޮވުންކަމަށް ވީ އިރު، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެގެންދިޔައީ ފެން ބިލް ބޮޑު ވުމުގެ މައްސަލަ ކަމަށް ޝާހު ފާހަގަކުރެއްވިއެވެ. ފެން ބިލުތައް ކުޑަކުރުމަށް މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ކޮންމެ ގޭ ބިސީ އަކަށް 1 ޓަން ހިލޭ ފެން ފޯރުކޮށްދީފައިވާނެ ކަމަށް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އިރުޝާދުގެ ދަށުން ވިދިގެން އައި 2 މަހުގެ ތެރޭގައި ކަރެންޓް ބިލްތަކުން 20 އިންސައްތަ އަދި ފެން ބިލުން 40 އިންސައްތަ އުނިކޮށްފައިވާ ކަމަށްވެސް ޝާހު ވިދާޅުވިއެވެ.

ކޮވިޑުގެ ތެރޭގައި ސަރުކާރުގެ ކަނަތައް ކުރަމުން އައީ ކުރަންޖެހޭ އެންމެ ފުރިހަމަ ގޮތަށް ކަމަށް ފާހަގަކުރަމުން ޝާހު ވަނީ ޔޫޓިލިޓީ ކުންފުނި ތަކުން ރައްޔިތުންނަށް ފޯރުކޮށްދިން ހިދުމަތްތަކަށް ަތއުރީފުކޮށްފައެވެ.

މީގެ އިތުރުން ޝާހު ވަނި ސަރުކާރުން އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްފައިވާ މަސައްކަތް ކަމަށްވާ ނަރުދަމާ އެޅުމުގެ ނުވަތަ ފެން ހޮޅި އެޅުމުގެ ޕްރޮޖެކްޓްތަކުގެ މަސައްކަތުގެ ތެރެއިން އަޅަނީ ކޮން ވައްތަރެއްގެ ހޮޅިއެއްކަމާއި، މަޝްރޫއު ހިންގުމަށް ކުންފުންޏާއި ހަވާލު ކުރެވުނު ތާރީހުގެ އިތުރުން ނިމޭނެ ތާރީހު ވެސް ރައްޔިތުންނާއި ހިއްސާ ކުރެވޭކަމަށް ޝާހު ވިދާޅުވިއެވެ. ހަމައެއާއިއެކު ޕްރޮޖެކްޓް ނިމެމުންދާ ވަރަކަށް، ރައްޔިތުންނަށް އެކަމުގެ ފަހުގެ މައުލޫމާތު ދިނުމުގެ އިތުރުން، ނިންމާލެވޭ މަސައްކަތްތައް އިފްތިތާހު ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ޝާހު ފާހަގަކުރެއްވި ގޮތުގައި އެމްޑަބްލިއުއެސްސީން ޕްލޭނިންގް މިނިސްޓްރީއާއި ގުޅިގެން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމާނެ ކަމަށެވެ. 2022 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ނިންމަން ސަރުކާރުން ހަވާލުކޮށްފައިވާ އިރު، ހަމަ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނަރުދަމާގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ޝާހު ވިދާޅުވީ ސަރުކާރުން ކުންފުންޏަށް ދީފައިވާ މުއްދަތުގެ ތެރޭގައި ފެންވަރު ރަނގަޅު ގޮތުގައި ރައްޔިތުންނަށް ލިބެންޖެހޭ މި ހިދުމަތްތައް ދިނިމުގެ މަސައްކަތް ފުރިހަމަ ކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: