ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޅ އަތޮޅުގެ ފުރަތަމަ އެއާޕޯޓާއެކު ޝިޔާމްގެ ޝުކުރު ރައީސް ޔާމީނަށް!

މަޑިވަރު އެއާޕޯޓު ތަރައްގީކުރުމަށް ރައީސް ޔާމީންގެ ވެރިކަމުގައި ކުރި މަސައްކަތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟
މަޑިވަރު އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖެއްސުމާއެކު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޝުކުރު ދަންނަވައިފިއެވެ.
މަޑިވަރު އެއާޕޯޓާށް މިއަދު ޓެސްޓް ފްލައިޓް ޖެއްސުމާއެކު މެމްބަރު ޝިޔާމް ވިދާޅުވީ މަޑިވަރު އެއަރޕޯޓުގެ ވިސްނުމަކީ ރައީސް ސޯލިހުގެ ސަރުކާރާ ބީރައްޓެހި ވިސްނުމެއްކަމަށެވެ. މަޑިވަރު އެއަރޕޯޓު މަޝްރޫއާއި ގުޅިގެން ރައީސް ސޯލިހު އަޑީގައި ހުންނަވާ “ސޭވް މަޑިވަރު”ގެ ނަމުގައި މަޑިވަރު އެއަރޕޯޓުގެ ތަރައްޤީއަށް ހުރަސްއެޅުމުގެ ގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުތެރޭގައި އަޑު އުފުލައި އިހްތިޖާޖްކޮށްފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. އެ ނުރުހުންތެރިކަމާ އިހްތިޖާޖުތައް މިއަދު ވަނީ ކަޅު ސަފްހާތަކެއްގެ ތާރީޚަކާއި އެކު މާޒީވެފައި ކަމަށާއި މިއަދު ވިސްނަންވީ މިބޮޑު ނިއުމަތުގެ ބޭނުން ރަނގަޅުގޮތުގައި ހިފާ ނައިފަރާއި މުޅި ފާދިއްޕޮޅުގެ މުސްތަގްބަލް ބިނާކުރުމަށް ކަމަށް ވިދާޅުވިއެވެ. އަދި މަޑިވަރު އެއަރޕޯޓަކީ ފާދިއްޕޮޅަށް އިންޤިލާބީ ހެޔޮބަދަލެއް ގެނުވާނެ އެއަރޕޯޓެއްގެ ގޮތުގައި ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން މިއެއާޕޯޓަކީ ފާދިއްޕޮޅުގައި ތަރައްގީވެގެންދިޔަ ފުރަތަމަ އެއާޕޯޓުކަން ފާހަގަކުރައްވައި މިކަން ވެގެންދާނީ އަތޮޅުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އެޅިގެންދިޔަ އެންމެވަރުގަދަ ބިންގާ ކަމުގައި ވިދާޅުވިއެވެ. ފާދިއްޕޮޅުގައި އެއަރޕޯޓެެއްގެ ޚިދުމަތް ފެށޭނެ ދުވަހެއްގެ އުއްމީދަކީ އަތޮޅުގެ ލޮބުވެތި ރައްޔިތުންގެ އެތައް އަހަރެއްގެ ދިގުއިންތިޒާރެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. މަޑިވަރު އެއަރޕޯޓު ތަރައްގީ ކުރުމަށް ކުރެއްދޫ ހޯލްޑިންގްސްއާއި ރައީސް ޔާމިންގެ ސަރުކާރުން ހަވާލުކުރީ 2018 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހު ކަމަށާއި އެތާރީޚީ ވަގުތަށް ވާސިލްވުމަށް ރައީސް ޔާމީން އަރިހުގައި ކުރެވުނު ގިނަގުނަ މަސައްކަތްތަކާ ދޭތެރޭ ފަޚުރުވެރިވާ ކަމަށް ވިދާޅުވިއެވެ.
އެއަރޕޯޓު މަޝްރޫޢު ހަވާލުކުރުމުގެ މުހިއްމު ރަސްމިއްޔާތުގައި ބައިވެރިވުމުގެ ނަސީބު ލިބުނީތީ އަބަދުވެސް އުފާކުރާ ކަމަށާއި 1 އަހަރު ދުވަހުތެރޭ މަސައްކަތް ނިންމާ ޚިދުމަތްފެށުމަށް އެއްބަސްވެވުން ކަމުގައި ވީނަމަވެސް ސަރުކާރު ބަދަލުވުމާއިގުޅިގެން އެއާޕޯޓު މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ މަސައްކަތްތައް މުޅިން ނިންމާލަން ގިނަދުވަސްތަކެއް ހޭދަވިކަން ޝިޔާމް ވަނީ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިއީ ވަރަށް ތާރީޚީ އުފާވެެރި ދުވަހެއްކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ރައީސް ޔާމިންގެ ވިސްނުންފުޅަކީ މަޑިވަރާއި ނައިފަރު ބުރިޖަކުން ގުޅުވާލާ ނައިފަރުގެ ހުޅަނގުފަރާތުން 50 ހެކްޓަރ ހިއްކުން ކަމަށް ވިދާޅުވިއެވެ. އެއާއެކު ނައިފަރުގެ ބިމަށް އިތުރުއެކުރެވުނީ މިހާރު ނައިފަރުގެ ބިމުގެ ސައިޒުގެ ބޮޑުބިމެއްކަމަށް ވިދާޅުވިއެވެ.
އެއާޕޯޓު ތަރައްގީކުރުމުގައި މަޑިވަރު ހޯލްޑިންގްސްއަށް ޚާއްސަކޮށް މަނޭޖިންގ ޑައިރެކްޓަރ މުޙައްމަދު މޫސާ (އުއްޗު) އަށް ޝުކުރުދަންނަވާކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި އެއަރޕޯޓު ހަޤީގަތަކަށް ހެދުމަށް ކުރި މަސައްކަތުގައި އޭރުގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި ރީޖަނަލް އެއަރޕޯޓްސް ޓީމުގެ މަސައްކަތް ޝިޔާމް ފާހަގަކުރެއްވިއެވެ.
މަޑިވަރުގައި އެއާޕޯޓެއް ތަރައްގީކުރީ ޗަމްޕާ ކުންފުނީގެ ދަށުން ހިންގާ ކުރެއްދޫ ހޯލްޑިންގްސްގެ ފަރާތުންނެވެ. ޖުމްލަ 170 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި މި އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއެއް ހުރެއެވެ. އެ އެއާޕޯޓަށް އެންމެ ފުރަތަމަ ޖެއްސީ މޯލްޑިވިއަން އެއާލައިންގެ ފްލައިޓެކެވެ. ޓެސްޓު ފްލައިޓު ޖެއްސުމުގެ ރަސްމިއްޔާތު އޮތީ ހެނދުނު 9:50 ގައެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 80%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: