ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުނާމީ ކާރިސާއަށް 17 އަހަރު: އެ ހަނދާންތަކަށް ނިމުމެއް ނެތް!

ސުނާމީ ކާރިސާގައި ރާއްޖޭގެ ރަށްތަކަށް ލިބުނު ގެއްލުންތަކުގެ ތެރެއިން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުވަހުގެ އިރުއެރީ ހިމޭންކަން ފަތުރަމުންނެވެ. ދިވެހި ރަށްވެހިންނާއި ބައްދަލު ކުރީ ހިމޭން ނަލަ ދުވަހެކެވެ. ނަމަވެސް ހިޔާލަށް ނާންނަހާ އެތައް ގިނަގުނަ ކަމެއް އެދުވަހު ދިވެހިންނާއި ކުރިމަތިވިއެވެ. ނަލަ ދުވަހަކަށް އަލި ވިލުމުން، ދުވަހީ ދިރިއުޅުމުގައި އަވަދިނެތި އުޅުނު ދިވެހިންނާއި ފުރަތަމަ ބައްދަލު ކުރީ ބިންހެލުމެއްގެ ބިރުވެރިކަމެވެ. ދެން ދިވެހިންނާއި ކުރިމަތިވި ނާމާންކަމުގެ ސަބަބުން ފެނިގެން ދިޔަޢި އުމުރުގައި ދިވެހިން ކުރި މަސައްކަތް ހަލާކުވެ ފަނާވެގެންދިޔަ މަންޒަރެެވެ. ދިވެހިންނާއި ކުރިމަތި ވީ ސުނާމީގެ ނާމާން ކަމާއި އެވެ.

އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް ގެއްލުން ލިބުނު މި ދުވަހަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހެވެ. ދިވެހި ތާރީހުގައިވެސް ގައުމަށް އަދި ގައުމުގެ ރައްޔިތުންނަށް ކުރިމަތިވި އެންމެ ނިކަމެތި ދުވަހަކީ މި ދުވަހެވެ. ހެނދުނު 09:23 ގައި ރާއްޖެއަށް އެރި ސުނާމީގެ ކާރިސާއަކީ މިހާތަނަށް ތާރިހުގައިވެސް ރާއްޖެ ދުށް އެންމެ ހިތާމަވެރި ނާމާން ދުވަހެވެ.

26 ވަނަ ދުވަހުގެ ހެނދުނު ރާއްޖޭގެ ސަރަހައްދުތަކަށް ބިންދާލި އެބޮޑު ބވިޔ ަރާޅުގެ ބިރުވެރިކަމާިއ ނާމާންކަން ވަނީ މިއަދާ ޖެހެންދެން ވެސް ރައްޔިތުންގެ ހިތްތަކުގައި ބިންވަޅު ނެގިފައެވެ. މި ކާރިސާގެ ސަބަބުން އެތައް ދިވެހިންތަކެއް މަރުވެފައިޥާ އިރު، ޒަހަމްވެ، ކާރިސާގައި ގެއްލުނު ދިވެހިންގެ އަދަދު މަދެއް ނޫންނެވެ.

ލިޔުންތަކުން ހާމަވާ ގޮތުގައި އެދުވަހުގެ ސުނާމީގެ ރާޅުގެ ގެ އަސަރު ރާއްޖޭގެ 9 ރަށަކަށް ފިޔަަވއި އެހެން ހުރިހާ ރަށަކަށް ކޮށްފައިވެއެވެ. ކާރިސާ ގެ ސަބަބުން 14 ރަށަކުން އެއްކޮށް މީހުން ހުސްކުރަން ޖެހުނުއިރު 70 ރަށަކަށް ފެނާއި ކަރަންޓުގެ ހިދުމަތްތައް ލިބުމުގައި ދަތިތަކަކާއި ކުރިމަތިވިއެވެ. އެގޮތުން 79 ރަށަކުން ސާފު ބޯފެން ނުލިބުމާއި 26 ރަށަކަށް ކަރަންޓުގެ ހިދުމަތް ނުލިބުމުގެ އިތުރުން 24 ރަށަކުން ފޯނުގެ ހިދުމަތް ކެނޑި ހަތަރު ރަށަކުން މުއާސަލާތީ ހުރިހާ ހިދުމަތެއް ކެނޑިފައިވެއެވެ.

ޖުމްލެ 20 ރަށެއްގެ މުޅި އިންފްރާސްޓްރަކްޗަރަށް އެއްކޮށް ވަނީ މިކާރިސާގެ ސަބަބުން އަސަރު ކޮށްފައެވެ. އޭގެ ތެރޭގައި އެރަށްތަކުގެ ބަނދަރާއި، ޖެޓީތަކުގެ އިތުރުން ފެނާއި ނަރުދަމާގެ ނިޒާމަށް ވެސް ވަނީ ގެއްލުންތަކެއް ވެފައެވެ.

ރިޕޯޓުތަކުން އެނގޭ ގޮތުން 12،000 އަށްވުރެ ގިނަ މީހުންނަށް ސުނާމީ ކާރިސާގެ ސަބަބުން ބޯހިޔާވަހިކަން ގެއްލުނެވެ. އަދި ރާއްޖެއިން ޖުމްލަ 82 މީހަކު ނިޔާވެފައިވާއިރު، 24 މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓު ކުރެވުނެވެ. ގެއްލުނު މީހުން ފެނިފައި ނުވާތީ އެމީހުން ވެސް ފަހުން ރިޕޯޓު ކޮށްފައިވަނީ މިކާރިސާގައި ނިޔާވި މީހުންގެ ގޮތުގައެވެ.

ރާއްޖެއަށް އެރި ސުނާމީގެ ސަބަބުން ރާއްޖޭގައި އޭރު ހިންގަމުން ދިޔަ 87 ރިސޯޓެއްގެ ތެރެއިން 21 ރިސޯޓެއް ބަންދު ކުރަން ޖެހުނެވެ. ސުނާމީ ކާރިސާ ހިނގިއިރު ރާއްޖެއަށް 17،000 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު އޭގެ ތެރޭގައި އިޓަލީގެ ބައެއް ފުޓުބޯޅަ ކުޅުންތެރިން ވެސް ހިމެނެއެވެ.

ސުނާމީގެ ކާރިސާއަށް ފަހު 2005 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު 26 ވަނަ ދުވަސް ފާހަގަ ކުރަމުން އަންނަނީ ދިވެހިންގެ އެއްބައިވަނަތް ކަމުގެ ދުވަހުގެ ގޮތުގައެވެ. ކާރިސާގައި ދިވެހިން ދެއްކި އެކުވެރިކަމާއި ބަދަހި ކަމަކީ ދުނިޔެ ބަލައިގަންނަ ނަމޫނާއެކެވެ. ސުނާމީގެ ސަބަބުން އަންނައުނަށާއި ކާބޯތަކެއްޗަށް ޖެހިފައިވާ ވީ ހާޅު، ކޮންމެ ދިވެއްސަކުވެސް ބެލީ އަމިއްލަ ފައިދާއަކަށް ނޫނެވެ. ލިބުނު ގެއްލުމުގެ ހިތާމާއިގައިޮ ކަރުނަ އޮހޮތަން ތިބުމުގެ ބަދަލުގައި ދިވެހިން މަޝްއޫލުވެގަތީ އެކަކު އަނެކަކަށް އެހީތަރިކަމުގެ އަތް ފޯރުކޮށްދިނުމަށެވެ.

ދިވެހިންނަކީ އަބަދުވެސް އެއްބައިވަންތަ ބައެކެވެ. އެއްބައިވަންތަކމަުގެ މިސާލު ދައްކާ މި ދިވެހިންނަކީ ޖެހިގެން ހުންނަ ގޭގެ ބަދިގެއިން ބަތްތެލީގެ ފޫ ކަހައިލާ އަޑުއިވޭއިރަށް އެގެއަށް ބަތާއި ލައިގެންކާނެ ސާމާނު ގެންގޮސް ދިނުމަކީ ދިވެހިންގެ ކުރީގެ އާދައެކެވެ.

ދުނިޔޭގެ މީހުން ބަލައިގަންނަ މި އާދައަކީ މިއަދު ދިވެހިންގެ ތެރޭގައި ފަނޑުވަމުން ބީވަމުން ދަނީ ކޮން ސަބަބަކާ ހުރެތޯ ހިތުގައި ސުވާލު އުފެދެއެވެ. އެކަކު އަނެކާއާއި މެދު އަދާވާތްތެރިކަމާއި ހަމަ ނުޖެހުން އާއްމުވަނީ ޒަމާނަށް އައި ބަދަލާއި އެކު މުޖުތަމައު ގެ ތެރޭގައި އާއްމުވި ސިޔާސީ ކޯލޫންތަކުގެ ސަބަބުންތޯ އެވެ. ނުވަތަ ސް ތަނަވަސްކަމާއި ތިޔާގިކަމާއި ކަންކަމުގެ ފަސޭހަކަން ﷲ މިންވަރު ކުރައްވައިފައިވާތީ ތޯ އެވެ.

ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރަމުން އަންނަނީ ސުނާމީ ކާރިސާއާއި އެއް ތާރީހެއްގައެވެ. ސުނާމީ ކާރިސާ ހިނަގއިދިޔަތާ މިއަދު 17 އަހަރު ވެގެންދާއިރު، އެދުވަހަކީ ދިވެހިންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެ ދުވަހެކެވެ. ސުނާމީ ތަޖުރިބާ ކުރި ދިވެހިންނަށް އެމަންޒަރު އަދިވެސް ލޮލަށް ފެންނަ ފަދަ އެވެ. އެދުވަހު ދިވެހިން އެހީއަށް އެދި ގޮަވަމުން ދިޔަ އަޑު އަދިވެސް އަޑު އިވޭފަދައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: