ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗްއާއި ޕީޖީ އޮފީހުގެ ބިޑް ކޮމިޓީ ސަސްޕެންޑްކޮށްފި

ފިނޭންސް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗްއާއި ޕީޖީ އޮފީހުގެ ބިޑް ކޮމެޓީ ސަސްޕެންޑްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން، އައިޖީއެމްއެޗްއާއި ޕީޖީ އޮފީސް ހިމެނޭގޮތަށް 298 އޮފީސް، މުއައްސަސާތަކުގެ ބިޑް ކޮމެޓީ ވަނީ ސަސްޕެންޑްކޮށްފައެވެ. ސަސްޕެންޑްކޮށްފައިވާ ގިނަ އޮފީސް، މުއައްސަސާތަކުގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ އަތޮޅު އަދި ރަށު ކައުންސިލްތަކާއި ސްކޫލްތަކެވެ.

މިބިޑް ކޮމެޓީތައް ސަސްޕެންޑްކޮށްފައިމިވަނީ ފިނޭންސް މިނިސްޓްރީގެ އެންގުމާއި އެއްގޮތަށް ބިޑް ކޮމެޓީތައް ބަނޑޭރި ޕޯޓަލްގައި ރަޖިސްޓްރީ ކޮށްފައިނުވާތީއެވެ. ދައުލަތުގެ ބީލަންތައް ދެފުށްފެންނަ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ހުރިހާ ބިޑް ކޮމެޓީތަަކަކުންވެސް ބަނޑޭރި ޕޯޓަލްގައި ރަޖިސްޓްރީވުމަށް ފިނޭންސްއިން ވަނީ އަންގާފައެވެ. އަދި މިކަން ކުރުމަށް އެދި މިއަހަރުގެ ސެޕްޓެމްބަރު މަސްތެރޭގައި ވަނީ ސަރކިޔުލާއެއްވެސް އާންމުކޮށްފައެވެ. އެއްވެސް ބިޑް ކޮމެޓީއެއް ސަސްޕެންޑްކޮށްފައި ވަނިކޮށް އެއްވެސް ޕްރޮޖެކްޓެއް އެވޯޑެއް ނުކުރެވޭނެއެވެ.

ބަނޑޭރި ޕޯޓަލް އިފްތިތާހުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. މިއަހަރު އާންމުކުރި ސާކިޔުލައިގައިވާ ގޮތުން ސެޕްޓެމްބަރު 16ގެ ފަހުން ދައުލަތުގެ އެއްވެސް އޮފީހަކުން ކުރިއަށްގެންދާ ޕްރޮކިޔުމަންޓްތަކަށް ހުއްދަ ދެވޭނީ އެއޮފީހެއްގެ ބިޑް ކޮމެޓީ ބަނޑެރި ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށްފަހުގައެވެ.

ބިޑް ކޮމެޓީތަކުގައި ސިޔާސީ މީހުންނަށް ނުތިބެވޭ ގޮތަށް ތިބުމުގެ އިތުރުން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މައުލުމާތު ބިޑް ކޮމެޓީތަކުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ފާސްކުރާތާ ސަރުކާރު ބަންދު ނޫން ދެ ދުވަސްތެރޭ އެމައުލޫމާތު މިނިސްޓްރީއާއި ހިއްސާކުރަންޖެހެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: