ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައުދުތަކުގެ 85 އިންސައްތަ މަސައްކަތް ވަނީ ފެށިފައި: ރައީސް

ރައީސް މާފަރު ރައްޔިތުންނާއި ބައްދަލުކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކުގެ 85 އިންސައްތަ މަސައްކަތް ގިނަ ރަށްރަށުގައި މިހާރު ފެށިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ފާއިތުވެ ދިޔަ ދެ އަހަރު ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ދަތިތަކާއެކު ވެސް ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ބޮޑުބައެއްގެ މަސައްކަތް ފެށިފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ވައުދުތަކުގެ 85 އިންސައްތަ މަސައްކަތް ގިނަ ރަށްރަށުގައި މިހާރު ފެށިފައިވާކަން ފާހަގަކުރައްވައި، އަމާޒަކީ ކުރިޔަށް އޮތް ދުވަސްތަކުގައި މި ވަޢުދުތައް އެކީ ފުއްދައި ނިންމުމަށް ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުން ވަނީ އެ މީހުންގެ ޚިޔާލާއި ފިކުރާއި ރަށް ތަރައްގީކުރުމުގައި ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، ރައްޔިތުން ވަނީ ސއްިހީ ހިދުމަތްތައް ފުޅާކުރުމާއި، ރަށުގެ އިހްތިސާސާއި ގުޅޭ ކަންބޮޑުވުންތަކާއި، މާފަރު އެއަރޕޯޓާއި ގުޅޭ ކަންކަމުގައި ދިމާވާ ބައެއް ދަތިތައް ހައްލުކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާފަރުގެ ތަރައްގީއާއި ކުރިއެރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ރާވާފައިވާ ބައެއް ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މި ގޮތުން އެ މަނިކުފާނު ހާމަކުރެއްވި ގޮތުގައި، މާފަރަކީ އިންޓަރނޭޝަނަލް އެއަރޕޯޓެއް ހިންގާ ރަށަކަށް ވުމާއެކު ރަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތް ރަނގަޅުކުރުމަށް ނިންމާފައިވާ ކަމަށާއި، މި އަހަރު މާފަރުގައި ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢެއް ކުރިޔަށް ގެންދާނެ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ސްކޫލްގެ ކަންކަމާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސްކޫލް އެކްސްޓެންޝަން މަސައްކަތް މިހާރުކުރަމުންދާ ކަމަށާއި، ސްކޫލްގެ ކަންކަން އިތުރަށް ފުރިހަމަކުރުމަށްޓަކައި އަންނަ ޓަރމް ފެށެން ވާއިރަށް ސްކޫލަށް ބޭނުންވާ ޕްރިންސިޕަލެއް ވެސް ހަމަޖައްސައި ދެއްވާނެ ކަމުގައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސުލްހޫމްހޫރިއްޔާ ވަނީ މާފަރު އެއަރޕޯޓް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. މި ގޮތުން މާފަރު އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރެއިން ހިމެނިގެން ރަންވޭ ބޮޑުކުރުމާއި، އެއަރޕޯޓް ހޮޓެލްއެއް ޤާއިމުކުރުމާއި، ތެޔޮ އެޅޭނެ އިންތިޒާމް ހަމަޖެއްސުމާއި، އެއަރޕޯޓުން އަސާސީ ޚިދުމަތް ނުލިބޭ މައްސަލައަށް ވަރަށް އަވަހަށް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑްގެ އާ ވޭރިއަންޓް އޮމިކްރޯން ރާއްޖޭގައި ވެސް ފެތުރެމުންދާކަން ފާހަގަކުރައްވައި ކަމާގުޅޭ މާހިރުން ވިދާޅުވާ ގޮތުގައި ކުރިޔަށް އޮތް ތިން ހަފްތާއަކީ ނާޒުކު ތިން ހަފްތާކަމަށް ވުމާއެކު އިތުރަށް މި ކަންކަމަށް ހުރިހާ ރައްޔިތުން ވެސް ސަމާލުކަން ދިނުން މުހިންމުކަން ފާހަގަކުރައްވާފައެވެ.

މާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި އިތުރަށް އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި މިފަދަ ދަތުރުތައް ރާއްޖޭގެ އެކި ރަށްރަށަށް ކުރެއްވުމުގެ ބޭނުންފުޅަކީ ރައްޔިތުން އެދޭ ކަންކަން އޮޅުންފިލުއްވައި، ރާއްޖޭގެ ތަރައްޤީއަށް އިތުރަށް ކުރަންހުރި ކަންކަން ދެނެވަޑައިގަތުން ކަމުގައި ވިދާޅުވެފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: