ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ތަރައްގީގެ ޕްލޭނަކީ، ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީ ކުރުން: ރައީސް

ރައީސުލްޖުމްހޫރިއްުޔާ މަނަދޫ ރައްޔިތުންނާއި ބައްދަލުކުރުމުގެ ތެރެއިން/ ފޮޓޯ:- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ތަރައްގީގެ ޕްލޭނަކީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީ ކޮށް، އެމީހަކު ހުރި ރަށަކުން ބޭނުންވާ ހިދުމަތް ދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. މަނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކި ވާހަކަފުޅުގައި ރާއްޖެ ލާމަރުކަޒީ ނިޒާމުން ތަރައްގީ ކުރުމުގެ އިތުރުން ދަތުރުފަތުރުކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ރާއްޖޭގެ އެއް ރަށާއި އަނެއް ރަށް ގުޅާލުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެެއްވިއެވެ.

އެގޮތުން މި ބައްދަލުވުމުގައި މަނަދޫ ރައްޔިތުން ވަނީ ތަރައްގީއާއި ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާކުރައްވާފައެވެ. މި ގޮތުން މަނަދޫ ރައްޔިތުން ވަނީ އިއާދަކުރަނިވި ހަކަތައާއި، މަގުހެދުމާއި، ނަރުދަމާގެ މައްސަލަ ހައްލުކުރުމުގެ އިތުރުން ބޯހިޔާވަހިކަމުގައި ރައްޔިތުންނަށް ދިމާވާ ދަތިތައް ހިއްސާކުރައްވާފައެވެ. އަދި އިގްތިސޯދީ ހަރަކާތްތައް ހިންގުމަށް ލޯކަލް މާރުކޭޓެއް އެޅުމާއި، މަނަދޫގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ވެސް ވަނީ ހިއްސާކުރައްވާފައެވެ.

މަނަދޫގެ ތަރައްގީއަށް އަލިއަޅުއްވާލައްވައި އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުގައި ހުރި ކަންކަމާ ގުޅޭ ގޮތުން ރައީސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. ބޯހިޔާވަހިކަމުގެ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލުކުރުމަށް މާލޭގައި އެކަނި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަކީ ހައްލެއް ނޫންކަމަށާއި މާލެއަށް މީހުން ޖަމާނުވާނެހެން ރަށްރަށުގެ ކަންކަން އިންތިޒާމްކޮށް، ރަށްރަށުގައި އަސާސީ ހިދުމަތްތައް ތަރައްގީކުރުމަކީ މުހިންމުކަމެއް ކަމުގައެވެ. މީގެ އިތުރުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަކީ ތަރައްގީއަށް ނުހަނު ބޭނުންތެރި ނިޒާމެއް ކަމަށާއި، ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުމުގެ މަޝްރޫއާއި ގުޅެގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި އެ މަނިކުފާނުގެ ޓީމުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މަނަދޫ އަށް ކުރެއްވި ދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް އިއްޔެ ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ތިންވަނަ މަންޒިލެވެ. އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: