ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޭސްތައް އިތުރުވާތީ ފިޔަވަޅުތައް ހަރުކަށިކުރަން މައުމޫން ގޮވާލައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ކޭސްތައް އަނެއްކާވެސް ރާއްޖޭގައި އިތުރުވަމުންދާތީ ފިޔަވަޅުތައް ހަރުކަށި ކުރަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.

މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުއްލިއަކަށް ކޮވިޑްގެ އަދަދުތައް މަތިވަމުންދާ ކަމަށާއި ފިޔަވަޅުތައް ހަރުކަށިކޮށް، ރަނގަޅު ގޮތެއްގައި ތަންފީޒުކުރަންޖެހޭ ކަމަށެވެ.

އައު ވޭރިއަންޓާއެކު ކޮވިޑް ފެތުރޭ މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ރާއްޖޭގައިވެސް މި ފަހުން ހަލުވި ކަމާއެކު ކޮވިޑް ނަންބަރު ދަނީ އުފުލެމުންނެވެ. 200 އިން މަތީގައި ނަންބަރު ހުންނަވާތާ 48 ގަޑިއިރުވީއެވެ. 100 އިން މަތީގައި ނަންބަރު ހުންނަތާ މިއަދަށް މިއީ 16 ވަނަ ދުވަހެވެ.

ކޮވިޑްގެ ހާލަތު ގޯސްވެދާނެ ކަމުގެ ނިޝާންތައް ފެންނަމުން ދަނިކޮށް ރާއްޖޭގައި ކުރިއަށް އޮތް ތިން ހަފުތާ އަކީ ކޮވިޑް-19 އިގެ ހާލަތު އަނެއްކާ ވެސް ވަރަށް ބޮޑަށް ގޯސްވެދާނެ ތިން ހަފުތާ ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: