ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސަރުކާރުގެ ތަރައްގީގެ މިސްރާބު ތަފާތު، ތަރައްގީ އަމާޒު ވަނީ ރައްޔިތު މީހާއަށް: ރައީސް

މަގޫދޫއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިސަރުކާރުގެ ތަރައްގީގެ މިސްރާބު ތަފާތު ކަމަށާއި ތަރައްގީ އަމާޒު ވަނީ ރައްޔިތު މީހާއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނ. މަގޫދޫ އައު އިންޖީނުގެ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެެހެން ބަޔަކަށް ނުކުރެވި އޮތް ކަމެއް ކުރާތަން ފެނުމުން އެކަމާއި ހިތްހަމަ ނުޖެހޭނެކަމަށެވެ. އަދި މިސަރުކާރުގެ ތަރައްގީގެ މިސްރާބު އިދިކޮޅުގެ މިސްރާބާއި ތަފާތުކަމަށް ވިދާޅުވިއެވެ. މިސަރުކާރުގެ ތަރައްގީ އަމާޒު ވަނީ ރައްޔިތު މީހާއަށް ވަކި ވަކި ފަރުދުންނަށް ދޭންޖެހޭ އަސާސީ ހިދުމަތް ދިނުމަށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން ގެންގުޅޭ ލާމަރުކަޒު ސިޔާސަތަކީ އެކަމަށް ގެންގުޅޭ ސިޔާސަތެއްކަމަށް ވިދާޅުވިއެވެ.

މިސަރުކާރުން ވެރިކަމަށް އައިއިރު ސޯލަރ އެނާޖީގެ ގޮތުގައި ބޭނުންކުރަމުން އައީ 16 މެގަވޮޓް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 3 އަހަރުތެރޭ 20 މެގަވޮޓް އިތުރުކުރެވި ޖުމްލަ ސޯލަރ އެނަރޖީ ދެގުނައަށްވުރެ އިތުރުކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އަމާޒަކީ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު 52 މެގަވޮޓްގެ އަމާޒަކަށް ވާސިލްވުންކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ނެޓް ޒީރޯގެ އަމާޒަށް ވާސިލްވުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ. އަދި އަމާޒަކީ 2030 ވަނަ އަހަރު އަންނައިރު ކަރަންޓު ހިދުމަތަކީ ސޯލަރ އެނާޖީއާއެކު ހަމަހަމަ ގޮތެއްގައި ފޯރުކޯށްދެވޭ ހިދުމަތަކަށް ހެދުންކަމަށް ރައީސް ވިދާޅުވިއެވެ.

“އިންޖީނުގެތައް ތަރައްގީ ކުރާއިރު އިޔާދަކުރަނިވި ހަކަތައަށް ރުޖޫއަވުމަކީ ސަރުކާރުގެ އަމާޒެއް. އަދި މިއަމާޒަށް ވާސިލްވުމަށް ގިނަ މަސައްކަތްތަކެއް މިއަންނަނީ ކުރަމުން. އެގޮތުން މަގޫދޫގެ ސޯލަރ ޕީވީގެ ބައެއް މަސައްކަތްތައްވެސް މިހާރު ވަނީ ނިމިފަ” ރައީސް

ސަރުކާރުން ފޯރުކޮށްދެމުންދާ ކަރަންޓު ހިދުމަތަށް އަލިއަޅުވާލައި ވެރިކަމާއި ހަވާލުވިއިރު ފޯރުކޮށްދެމުންދިޔައީ 70 މެގަވޮޓްގެ ކަރަންޓުކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އެއަދަދު މިހާރު ދެގުނަ ކުރެވި ރާއްޖޭގެ އެކިހިސާބުތަކަށް 140 މެގަވޮޓްގެ ކަރަންޓް ފޯރުކޮށްދެމުންދާކަމަށް ރައީސް ވިދާޅުވިއެވެ. މިއީ މިއީ ބޮޑު ބަދަލެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ރައީސްގެ ވާހަކަފުޅުގައި 133 ރަށަކަށް 213 އިންޖީނު ފޯރުކޮށްދީފައިވާކަން ފާހަގަކުރެއްވިއެވެ. އަދި 112 ރަށުގައި ކޭބަލް ނެޓްވޯކް ގާއިމްކޮށްދީފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މަގޫދޫގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ފެނަކައާއި ހަވާލުކުރެވިފައިވާކަން ފާހަގަކުރައްވާ މިމަސައްކަތް ޝެޑިޔުލްކުރެވިފައިވާގޮތަށް ކުރިއަށްގެންދެވޭނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ސްކޫލް އަޕްގްރޭޑްކުރުމާއި ސިއްހީ ދާއިރާއަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު އެރަށު ރައްޔިތުން ބޭނުންވާ ގޮތަށް ކުޅިވަރު ކުޅޭނެ ތަނެއްގެ މަސައްކަތްވެސް ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: