ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ހޯމް ސޯލާ” އިން އެއްހާސް އާއިލާއަށް ލުއިފަސޭހަކަން ލިބިގެންދާނެ: ސައީދު

ފެނަކަ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު މުޙައްމަދު / ގޫގަލް
ޝެއާރކޮށްލާ ކަހަލަދޯ؟

“ހޯމް ސޯލާއިން” އެއް ހާސް އާއިލާއަށް ނުވަތަ އެއް ހާސް ގެދޮރަށް މިކަމުގެ ލުއިފަސޭހަކަން ލިބިގެންދާނެ ކަމާއިމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކަޓަރ އަހުމަދު ސައީދު ވިދާޅުވިއެވެ.

ގޭބިސީތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން އިއާދަކުރަނިވި ހަކަތަ އުފައްދާ “ހޯމް ސޯލާ” ޕްރޮގްރާމް ކުރިއަށްގެންދިޔުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރެއްވުމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް އިއްޔެ ބޭއްވި އެވެ. މި ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާ ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

މި ރަސްމިއަޔާތުގައި ވާހަކަ ދައްކަމުން ސައީދު ވިދާޅުވީ، އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތަކަކީ ރައްޔިތު މީހާގެ ޖީބައް ލުއިފަސޭހަ ކުރުވަނިވި ގޮތަކަށް ކަންތައްތައް ވިނަރެސް ކުރުމާއި ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ހިތްފަސޭހަ ދިރިއުޅުމެއް އަދި ހާސް ކަމުން ފިލާފައިވާ ދިރިއުޅުމެއް ގާއިމްކުރުމަށް މަސައްކަތް ކޮށްދިނުން ކަމަށެވެ. އަދި ހޯމް ސޯލާ ޕްރޮގްރަމަކަށް ވާސިލްވުމަށަޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަނަތައްތަކަކީ ރާއްޖޭގެ ނެޓްވޯކްތަށް ޒަމާނީ ފެންވަރަށް ބަދަލުކޮށް ރާއްޖޭގައި ވީރަނާވެފައިވާ އެހެން އިންޕްރާސްޓްރަކްޗަރ ޒަމަނާއެއްގޮތަށް ބަދަލުކުރުން ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ފެނަކަ ކޯޕަރޭޝަންއިން ފަށާއިފައިވަނީ އެކަމުގެ އުފާވެރިކަން ރައްޔިތުންނަށް ލިބިދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ ފުރަތަމަ މަރުހަލާ ކަމަށެވެ. އަދި ދިވެހި ރާއްޖޭގައި ސޯލަ ހަކަތަ ނުވަތަ އިއަދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ފެނަކަ ކޯޕަރޭޝަނުން ވާހަކަ ދައްކާތާ އެތަށް ހާސް އަހަރެއް ވެފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

2007 ވަނަ އަހަރާއި ހަމައަށް ސޯލާ ހަކަތައިގެ މަސައްކަތް ސަރުކާރުން ވަރަށް ކުޑަކޮށް ކުރެވިފައިވާ ކަމަށް ވެސް ސައީދު ފާހަގަކުރައްވާފައި ވެއެވެ. އަދި މިނިސްޓަރ ޝައުނާ ވިދާޅުވެފައިވާ ފަދައިން މެގަ ވޮޓުން ރާއްޖޭގައި ސޯލާ ހަކަތަ ފެތުރިގެން ގޮސްފައިވާއިރު، އެއީ ހަގީގަތުގައި ރައްޔިތު މީހާގެ ޖިބަށް ސީދާ ލުއި ލިބޭނެ ގޮތަކަށް ފަރުމާކުރެވިގެން ހިންގިފައި ހުރި ޕްރޮޖެކްޓަތަކެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ. ނަމަވެސް މި ޕްރޮޖެކްޓްގެ ދަށުން ސަރުކާރުން ތެލަށްކުރާ ހަރަދު ކުންމެވެސް ވަރަށް ލުއިވެގެން ގޮސްފައިވާ ކަމަށްވެސް ސައީދު ފާހަގަކުރައްވާފައި ވެއެވެ.

“މިއަދު އަޅުގަންޑުމެން މި ފާހަގަކުރަނީ ސީދާ ރައްޔިތުމީހާގެ ޖީބަށް ކަރަންޓު ބިލުން ލުއިފަސޭހަ އަދި ހިންހަމަޖެހުން ގެނެސްދޭނެ ޕްރޮގްރާމެއް. މިކަން ހާސިލުކުރުމައްޓަކައި، އަޅުގަނޑަށް މިއަދު ދަންނަވަން ކެރިދާނެ ހަމަ އެއްވެސް ސަރުކާރެއް ނެތްކަން. އެހެންމަނަވެސް، އަދުގެ ސަރުކާރުން، ސަރުކާރުގެ ސިޔާސަތުތަކާއި އެއްކޮށް މިކަން ތަންފީޒު ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ކެނޑި ނޭޅި އިރުޝާދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދެއްވަމުން ދިއުމަކީ އަޅުގަނޑުމެންނަށް މިކަން ތަންފީޒުކުރަން އެޅިގެންދިޔަ އެމްނެ މުހިއްމު ފިޔަވަޅު” ސައީދު.

ބައެއް މީހުން ދެކޭ ގޮތުގައި ޑރ. ޝައުނާ މިނިސްޓަރ ކަމާއި ހަވަޅުވީ ދާދި އިހަކަށް ދުވަހު ކަމަށްވާއިރު، ދިެވެިރާއޖޭގެ މި ހަކަތައިގެ ސިޔާސަތުތަށް ވިނަރެސްކޮށް، ބައްޓަންކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިވެހިރާއްޖޭގެ މި ތިމާވެށީގެ ނޫނީ މި ހަކަތައިގެ ސިޔާސަތުތަށް އަޑު އުފުލާ އެންމެ ރަނގަޅަށް ވަކާލާތުކޮށް އަދި އެކަމާ ބެހޭ ތަހުލީލުތަށް ފާއިތުވެދިޔަ 10 އަހަރު ދުވަހުވެސް ހަމަ ކުރެއްވި ބޭފުޅަކީ މިއަދުގެ އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ޝައުނާ ކަމަށް ބުނެފައިވެއެވެ. އަދި ފެނަކާއިން އިއްޔެ ތަންފީޒުކުރި ހޯމް ސޯލާ ޕްރޮގަރަމުގެ ތެރެއިން ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ޔަގީނުންވެސް އެމްނެ މަދުވެގެން އެއް ހާސް އާއިލާއަށް ނުވަތަ އެއް ހާސް ގެދޮރަށް މިކަމުގެ ލުއިފަސޭހަކަން ލިބިގެންދާނެ ކަމާއިމެދު އެއްވެސް ޝައްކެއް ނެތް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުޥީ މިއީ ކަމެއްގެ ފެއްޓުން ކަމަށާއި އިރާދަކުރެއްވިއްޔާ މިކަން ވީހާވެސް ފުޅާކޮށް ކުރުމުގެ ވިސްނުން މި ސަރުކާރުގައި އޮތްކަމަށެވެ. އަދި ފެނަކަ ކޯޕަރޭޝަނުން މިކަން ކުރެވޭނެ ހިއްވަރު އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ބޭނުމަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރައްޔިތު މީހާގެ ޖީބަށް ކަރަންޓު ބިލުމް ލުއި ގޮތެއް ހޯދައި ދިނުން ކަމަށާއި، މިކަން ހާސިލްކުރުމަށްޓަކައި އަދުގެ އެންވަޔަރަމެންޓް މިނިސްޓަރ ޝައުނާ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ކަމީ މިއަދު ދިވެހިރާއްޖެއަށް ލިބިގެންދާ ވަރަށް ބޮޑު ހިންހަމަޖެހުމެއް ކަމަށް ސައީދު ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަންގެ އަމާޒަކީ 2023 ވަނަ އަހަރު ނިމުމުގެ ކުރިން ފެނަކަ ކޯޕަރޭޝަންގައި ހިދުމަތްދޭ 154 ރަށުގައި 70 އިންސައްތައަށް ސޯލާ ހަކަތަ ނުވަތަ އިއާދަކުރަނިވި ހަކަތައިން ކަރަންޓު ލިބޭނެ ވަސީލަތްތަށް ގާއިމްކުރުން ކަމަށް ސައީދު ވިދާޅުވެފައިވެއެވެ. އަދި އެ އަމާޒުގައި ފެނަކަ ކޯޕަރޭޝަނުން ކުރާ މަސައްކަތުގައި އިތުރު ބޮޅެއް އިއްޔެ އެޅިގެން ދިޔަ ކަމަށްސައީދު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: