ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫއިން 5 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ!

އައްޑޫއިން އިތުރު 5 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ / ދަ ޓައިމްސް އޮފް އައްޑޫ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫއިން އިތުރު 5 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އައްޑޫ އެމާޖެންސީ އޮޕަރޭޝަންސް ސެންޓަރ (އޭއީއޯސީ) އިން ބުނެފިއެވެ.

އައްޑޫއިން އިތުރު 5 މީހުން ޕޮޒިޓިވް ވުމާއިއެކު، މުޅި ޖުމްލަ 3019 މީހުން މިހާތަނަށް ޕޮޒިޓިވް ވެފައިވާ ކަމަށް އޭއީއޯސީ އިން ބުނެފައިވެއެވެ. އަދި ކޮވިޑްގެ މި ނުރައްކާތެރި ބަލިން ރަނގަޅުވެފައި ވަނީ 2943 މީހުން ކަމަށް ވެސް ބުނެފައި ވެއެވެ.

އެހެން ނަމަވެސް މި ބަލިން ރަނގަޅުނުވާ މީހުންގެ އަދަދަކީ 63 ކަމަށް ވެސް އޭއީއޯސީ އިން ބުނެފައިވެއެވެެ. އަދި ކޮވިޑް ބަލީގައި ޑައިރެކްޓް ކޮންޓެކްޓް ވެފައި ވަނީ 114 މީހުންނެވެ.

އައްޑޫއިން މުޅި ޖުމްލަ 38530 މީހުން ކޮވިޑް ސާންޕަލް ނަގާފައިވާއިރު، އިތުރު 126 މީހުންގެ ސާންޕަލް ނަގާފައިވާ ކަމަށްވެސް އޭއީއޯސީ އިން ބުނެފައިވެއެވެ.

އެގޮތުން ހިތަދޫގައި ކޮވިޑްގެ އެކޮޓިވް ކޭސް 55 އަށް އަރާފައިވާއިރު މަރަދޫފޭދޫ އާއި އެހެނިހެން ސަރަހައްދުން 1 ކޭސް ފެނިފައިވެއެވެ. އަދި ފޭދޫ އާއި މީދޫގައި ކޮވިޑްގެ އެކްޓިވް ކޭސް 3 އަށް އަރާފައިވެއެވެ.

މިއާއިއެކު މީދޫއިން އިތުރު 2 މީހަކު ޕްޒިޓިވް ވެފައިވާއިރު، ހިތަދޫއިން 3 މީހުން ވަނީ ޕްޒިޓިވްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: