ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑުގެ ކޭސްތައް އިތުރުވާތީ، އެޗްޕީއޭއިން އެދުނީ މިސްކިތަށް ދާއިރު ސަމާލުވާން!

އިސްލާމީ މަރުކަޒުގައި މިއަދު ކުރި އަޟްހާ އީދު ނަމާދުގެ ތެރެއިން/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި އަނެއްކާވެސް ކޮވިޑުގެ ހާލަތު ގޯސްވެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވާތީ، މިސްކިތަށް ދާއިރު ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ސަމާލުވުމަށް އެދިއްޖެ އެވެ.

އެޗްޕީއޭއިން ބުނީ، ކިތަންމެ ކުޑަ މަސައްކަތަކުން ވެސް ބޮޑު ނަތީޖާއެއް ނެރެވިދާނެ ކަމަށެވެ. އެހެންކަމުން މިސްކިތަށް ނަމާދަށް ދާއިރު ކޮންމެ މީހަކު ވެސް އަމިއްލަ މުސައްލަ ގެންދިއުމަށާއި، ގެއިން ވުޟޫކޮށްގެން ދިއުމަށް އެ އޭޖެންސީން އިރުޝާދު ދިނެވެ.

ކޮވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމުގެ ގޮތުން، ނަމާދުކޮށް ނިންމައި ލަސްނުކޮސް މިސްކިތުން ފޭބުމަށް އިލްތިމާސް ކުރި އެވެ. އަދި މިސްކިތުގައި ގިނަ މީހުންނާއި ބައްދަލުކޮށް ސަލާމް ނުކުރުމަށް ވެސް އެދިފައި ވެއެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ރަނގަޅުވުމަށް ފަހު، އަދަދުތައް އިތުރުވާން ފެށީ ދުނިޔޭގެ އެކި ހިސާބުތަކުން ކޮވިޑުގެ އާ ވޭރިއަންޓެއް ވެސް ފެނިފައިވަނިކޮށެވެ. އަދި ރާއްޖެއިން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައި، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ބައްދަލުވުންތައް ފަށާފައި ވަނިކޮށެވެ.

މަލޭގައި ބޮޑެތި އެއްވުންތައް ބާއްވަމުން އަންނައިރު، އާ އަހަރު ފާހަގަކުރުމަށް ބޮލީވުޑްގެ ލަވަކިއުންތެރިއެއް ގެނެސް ބޭއްވި ޝޯވ ބަލަން ސެންޓްރަލް ޕާކަށް 11،000 އަށް ވުރެ ގިނަ މީހުން ވަނެވެ. އަދި އޭގެ ކުރިން މާލެއާއި ހުޅުމާލޭގައި ތޮއްޖެހިގެން ނައިޓް މާކެޓުތައް ބާއްވާފައިވާއިރު ރޭ ހުއްޓުވި ނައިޓް މާކެޓަށް އަލުން “ހާއްސަ ހުއްދަ” ދިނީ ވެސް އެ އެންގުން އެންގިތާ 05 ގަޑިއިރު ވެސް ނުވަނީހެވެ.

މިވަގުތު ރަށްތަކުން ފެންްނަ ކޭސްތަކުގެ އަދަދަށް ވެސް ބޮޑު ބަދަލެއް އައިސްފައިވާތީ، އެޗްޕީއޭއިން ވަނީ ހުރިހާ ރެށެއްގައި ވެސް މާސްކު އެޅުން މަޖުބޫރުކޮށް އެސްއޯޕީތަކަށް އަމަލު ނުކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

މީގެ އިތުރުން ދާދިފަހުން އޮތް ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކުރިޔަށް އޮތް ތިން ހަފްތާގައި ރާއްޖޭގައި ކޮވިޑުގެ ކޭސްތައް އިތުރުވާނެކަމަށް އެޗްޕީއޭއިން ލަފާކުރާކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: