ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރަށް އެރި އެފްއެސްއެމްގެ ތެޔޮ ބާޖު ފުންކޮށްފި: އެމްއެންޑީއެފް

އެފްއެސްއެމްގެ "މެކުނު" ބޯޓު ފަރަށް އަރާފައިވާ މަންޒަރު / އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. އަތޮޅުގެ ފަރަކަށް އެރި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އޮޕަރޭޓްކުރަމުން އަންނަ ތެޔޮ ބާޖު މިއަދު ފުންކޮށްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

ޓްވީޓެއްކޮސް އެމްއެންޑީއެފުން ބުނީ ކ. ރަންނާޅި ރިސޯޓު ކައިރީ އޮތް ފަރަކަށް އެރި “މެކުނު” ކިޔާ މި ބާޖު ފުންކުރީ މިއަދު ހަވީރު ކަމަށެވެ.

މި ބާޖު ފަރަށް އެރީ މިދިޔަ ބުދަ ދުވަހުގެ ރޭގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ދިގުމިނުގައި 24 މީޓަރު ހުންނަ މި ބާޖު ފަރަށް އަރަން ދިމާވި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.

މި ބާޖު ފުންކުރުމުގެ މަސައްކަތް ކުރީ އެމްއެންޑީއެފްގެ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދުފަހަރެވެ. އަދި މި ބާޖު ފަރަށް އެރިއިރު އޭގައި ހުރީ ކިހާ ތެލެއް ކަމެއް ނޭނގުނު ނަމަވެސް، އެމްއެންޑީއެފުން ބުނީ ތެޔޮ ލީކުވެފައި ނުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: