ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްޓިވް ކޭސްތަކުގެ އަދަދު 3000އިން މައްޗަށް!

ކޮވިޑްގެ އެކްޓިވް ކޭސްތައް މިހާރު ވަނީ 3000އިން މައްޗަށް އަރާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑް ޖެހި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 3000 އިން މައްޗަށް އަރައިފިއެވެ.

ރޭ އާންމުކުރި ތަފާސްހިސާބުތަކަށް ބަލައިލާއިރު މުޅިން އަލަށް 281 މީހުންނަށް ވަނީ ބަލި ޖެހިފައެވެ. މީގެ ތެރެއިން 100 މީހުންނަކީ މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. އަތޮޅުތަކުން 88 މީހުން ޕޮޒިޓިވްވިއިރު ރިޒޯޓްތަކުން 89 މީހުން ވަނީ ޕޮޒިޓިވެވަފައެވެ.

ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ގޮތުގައި 3086 މީހުން ތިބިއިރު އެޑްމިޓްކޮށްގެން 12 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ހަ ރަށެކެވެ. އެއީ  ކ. މާފުށި، ތުލުސްދޫ، ހއ. އިހަވަންދޫ، ހދ. ނައިވާދޫ ދ. ހުޅުދެލި އަދި ގދ. ވާދޫއެވެ. މި ހަ ރަށްވެސް މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ކުރިއަށް އޮތް ތިން ހަފްތާއަކީ ކޮވިޑްގެ ހާލަތު ވަރަށް ގޯސްވާނެ ތިން ހަފްތާގެ ގޮތުގައި ޓެގް ޓީމްއިން ވަނީ ލަފާކޮށްފައެވެ. އެއާއެކު މާސްކް އެޅުން ފަދަ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މާސްކް އަޅާކަން ކަށަވަރުުކުރުމަށްޓަކައި ފުލުހުން އަނެއްކާވެސް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

ކޮވިޑްގެ ހާލަތު ގޯސްވެއްޖެނަމަ އެކަށީގެންވަ ގޮތެއްގައި ފަރުވާ ދިނުމަށް ދަތިތަކާއި ކުރިމަތިވެ، އެހެނިހެން ބަލިތަކަށް ފަރުވާ ދިނުމަށްވެސް ދަތިތަކާއި ކުރިމަތިވާނެކަން އަބަދުވެސް އަންނަނީ ފާހަގަކުރަމުންނެވެ. މީގެ ކުރިންވެސް މިފަދަ ހާލަތްތައް މެދުވެރިވެފައިވާއިރު އެކަން ތަކުރާރުނުވާނެ ފަދަ އުސޫލުތަކެއް އެޅުމަށްވެސް ގިނަބަަޔަކު އަންނަނީ ގޮވާލަމުންނެވެ. ސަރުކާރުން ވަނީ ފުރަބަންދުކުރުމަކާއި ނުލައި އަދި ވިޔަފާރިތަކަށް ގެއްލުން ނުވާނެފަދަ ގޮތަކަށް ކޮވިޑް މެނޭޖްކުރުމަށް މަސައްކަތްކުރާނެކަން ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: