ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުން، ރޯގާ ޖެހިގެން އަންނަ މީހުން އަދަދު ގިނަވެ، އޭޑީކޭއިން ވަގުތީ ޓްރަޔޭޖެއް!

އޭޑީކޭ ހޮސްޕިޓަލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯގާ ޖެހިގެން އަންނ މީހުން އިތުރު ވުމާއި ގުޅިގެން އޭޑީކޭ އިން ވަގުތީ ޓްރަޔޭޖެއް ހުޅުވައިފިއެވެ.

ވޭޓުވެދިޔަ ހަފްތާގެ ތެރޭގައި ހުމާއި ރޯގާ ޖެހިގެން ހޮސްޕިޓަލްގެ އީއާރަށް އަންނަ މީހުން އިތުރުވުމާއި ގުޅިގެން މި ހޮސްޕިޓަލުން ޓްރަޔޭޖެއް ހުޅުވާފައިވަނީ އިއްޔެއެވެ.

އޭޑީކޭއިން އިއްޔެ އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި، ރޯގާގެ އަލާމާތްތަކާއެކު ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް 502 މީހުން ގޮސްފައިވާ އިރު ބުރާސްފަތި ދުވަހު އެކަނި ވެސް 137 މީހުން ރޯގާގެ އަލާމާތްތަކާއެކު އެ ހޮސްޕިޓަލަށް ގޮސްފައިވެއެވެ. އަދި ބަލީގެ އަލާމަތއްތައް ފެނިގެން 5 ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުން ގޮސްފައިވަނީ ބުރާސްފަތި ދުވަހުއެވެ.

މި ރޯގާ ފެތުރެމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ބުނެފައިވާއިރު، ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ. އެގޮތުން އާއްމުންގެ މެދުގައި ސާފުތާހިރުކަން އިސްކުރުމާއި އެކު، މާސްކު އެޅުމުގެ އުސޫލުވެސް ވަނީ ތަންފީޒުކުރެވިފައެވެ. އަދި ގައިދުރުކަން އިސްކުރުމަށާއި، އާއްމުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނި އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: