ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއްޔެ މުޅި ދުނިޔެއިން 2 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް!

މުޅި ދުނިޔޭގައިވެސް ކޮވިޑޫ ކޭސްތައް އިތުރުވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ މުޅި ދުނިޔެއިން 2 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.

މުޅި ދުނިޔެއިން ޖުމްލަ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 2،234،235 މީހުންނެވެ. 2 މިލިއަނަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، އިއްޔެއާއި ހަމައަށް މުޅި ދުނިޔެއިން 305،916،799 ކޭސް މިވަނީ ރިޕޯޓުކުރެވިފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑު ކޭސްތައް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެމެރިކާއިންނެވެ. އެ ގައުމުން އެކަނިވެސް އިއްޔެ 468،081 މީހުން ޕޮޒިޓިވް ވެފައިވެއެވެ. ކޮވިޑު ކޭސްތައް އެންމެ ގިނައިން ދެން ރިޕޯޓުކޮށްފައިވަނީ އިންޑިއާއިންނެވެ.

ހަލުވި ކަމާއި އެކު ބަލި އަނެއްކާވެސް ފެތުރެމުންދާއިރު، ބަލީގެ ސަބަބުން މަރުވާ މީހުންގެ އަދަދުވެސް ގިނައެވެ. އެގޮތުން މިހާތަނަށް މުޅި ދުނިޔެއިން ޖުމްލަ 5،502،402 މީހުން މަރުވެފައިވާއިރު، 5،202 މީހުން އިއްޔެ ބަލީގައި މަރުވެފައިވެއެވެ.

ކޮވިޑާއި އެކު ކޮވިޑުގެ އެކި ވޭރިއެންޓްތައް ވެސް މިދަނީ ދުނިޔޭގައި ފެތުރެމުންނެވެ. ކޮވޮޑިޑޫގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތު ރިކޯޑު ކުރެވިފައިވަނީ 41،459،033 ކޭސްއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ވެސް ރާއްޖެއިން 300 އަށް ވުރެ ގިނަ މީހުން ކޮވިޑު 19 އަށް ޕޮޒިޓިވްވެފައިވެެއެވެ.

ތަފާސްހިސާބުތަކަށް ބަލައިލާއިރު މުޅިން އަލަށް 337 މީހުންނަށް ވަނީ ބަލި ޖެހިފައެވެ. މީގެ ތެރެއިން 101 މީހުންނަކީ މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. އަތޮޅުތަކުން 129 މީހުން ޕޮޒިޓިވްވިއިރު ރިޒޯޓްތަކުން 99 މީހުންނަށް ބަލި ޖެހިގެން ރިޕޯޓު ކުރި އެވެ.

ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ގޮތުގައި މިވަގުތު 3،300 މީހުން ތިބިއިރު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 15 މީހަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: