ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އއ. އަތޮޅު ތައުލީމީ މަރުކަޒާއި ށ. ޅައިމަގު ސްކޫލު ތަރައްގީ ކުރުމަށް އެގްރީމެންޓުގައި ސޮއިކޮށްފި

ދެ ސްކޫލެއް ތަރައްގީ ކުރުމަށް އެއްބަސް ވުމުގައި ސޮއިކުރެއްވުން/ ފޮޓޯ: މިނިސްޓްރީ އޮފް އެޑިއުކޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

އއ. އަތޮޅު ތައުލީމީ މަރުކަޒާއި ށ. ޅައިމަގު ސްކޫލު އިތުރަށް ތަރައްގީ ކުރުމަށް އެގްރީމެންޓުގައި ސޮއިކޮށްފިއެވެ.

މި އެގްރިމެންޓުގައި ހިމެނެނީ އއ. ރަސްދޫ ތައުލީމީ މަރުކަޒުގެ 08 ކްލާސްރޫމާއި، އޮފީސް، ސްޓާފްރޫމް އަދި މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތެވެ. އަދި ށ. ޅައިމަގު ސްކޫލުގެ 08 ކްލާސްރޫމް އަދި މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ހިމެނެއެވެ.

ދެ ސްކޫލުގެ ވެސް މަސައްކަތް ހަވާލުކުރީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން އެގްރީމެންޓުގައި ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އާއިޝަތު އަލީއެވެ. އަދި ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަހްލަމް ރުޝްދީއެވެ.

ކުންފުނިން އއ. އަތޮޅު ތައުލީމީ މަރުކަޒުގެ މަސައްކަތަށް ހުށައަޅުއްވާފައިވަނީ 21,913,159.73 (އެކާވީސް މިލިޔަން ނުވަ ލައްކަ ތޭރަ ހާސް އެއްސަތޭކަ ފަންސާސް ނުވަ ރުފިޔާ ހަތްދިހަ ތިން ލާރި) އަށެވެ އަދި މި މަސައްކަތް 400 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށްވެސް މި ކުންފުނިން ވަނީ ބުނެފައެވެ.

ށ. ޅައިމަގު ސްކޫލުގެ މަސައްކަތަށް 16,782,860.70(ސޯޅަ މިލިޔަން ހަތް ލައްކަ އައްޑިހަ ދެހާސް އައްސަތޭކަ ފަސްދޮޅަސް ރުފިޔާ ހަތްދިހަ ލާރި)އަށް ކުންފުނިން ހުށައަޅާފައިވާއިރު މި މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށް ވެސް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: