ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިޔަށް އޮތް ދެ ދުވަހު ދަތުރު ކުރާއިރު، ކޮވިޑު ނާތީޖާ ލިބެންދެން ގޭގައި ކަރަންޓީނު ވެވޭނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ދަތުރު ކުރުމުގެ ކުރިން ކޮވިޑަށް ޓެސްޓު ކުރާ، ޕީސީއާރް ޓެސްޓަށް ސާމްޕަލް ނެގުމަށްފަހު ނަތީޖާ ނުލިބުނު ނަމަވެސް ނަތީޖާ ލިބެންދެން ކަރަންޓީނުވެވޭނެ ކަމަަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތު އަނެއްކާވެސް ގޯސްވެ ދުވާލަކު ރިޕޯޓު ކުރާ ކޭސްތަކުގެ އަދަދު 200 އިން މައްޗަށް އެރުމުން ފިޔަވަޅުތައް ވަރުގަދަކޮށް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރިޔަސް ދަތުރު ކުރާއިރު ޕީސީއާރު ނެގެޓިވް ނަތީޖާ ހުށަހަޅަން ޖެހޭ ގޮތަށް ކަނޑައެޅީ އިއްޔެ އެވެ.

އެޗްޕީއޭގެ އެންގުމުގައި ވަނީ ޖެނުއަރީ 10 އިން ފެށިގެން އެ އުސޫލަށް އަމަލު ކުރާގޮތަށް ކަމަށްވާއިރު، ކޮވިޑު ސާމްޕަލް ސެންޓަރުތައް ހަވީރުން ފެށިގެން ވަނީފުރި ބާރު ވެފަ އެވެ. އަދި ރޭގަނޑު 12 ޖެހި އިރު ވެސް ކުޑަކުދިންނާއި، އުމުރުން ދުވަސް މީހުން ތިބީ ސާމްޕަލް ނަގަން ކިއުގަ ޖެހިގެންނެވެ.

އުސޫލެއް އެކުލަވާއިރު ވަށައިގެންވާ އެއްވެސް ކަމަކަށް އެޗްޕީއޭއިން ނުވިސްނާކަމަށް ބުނެ ފާޑުކިއުން އަމާޒުވުމުން ނޫސްވެރިންނަށް މައުލޫމާތު ދޭންހާއްސަކޮށްފައި ހުރި އެޗްއީއޯސީ މީޑިއާ ގުރޫޕުގައި ވެސް އެކަމުގެ ސުވާލުތައް ކުރި އެވެ.

ފާޑުކިއުންތައް އަމާޒުވުމުން އެޗްޕީއޭއިން އުސޫލަށް ބަދަލު ގެނެސް ބުނީ ޕީސީއާރު ހެދުމަށް ފަހު ނަތީނާ ނުލިބުނަސް ރަށަށް ދެވޭނެކަމަށެވެ. އެކަމަކުޓެސްޓުގެ ނަތީޖާ ލިބެންދެން ގޭގައި ކަރަންޓީނު ވާން ޖެހޭނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

މިއީ ސްކޫލު ކުދިންގެ ޗުއްޓީ ދުވަސްވަރަށް ވުމުން ވަރަށް ގިނަ ބަޔަކު އެކި ބޭނުންތަކަށް މާލެ އައިސް ފުރަން ތައްޔާރުވެފައި ވަނިކޮށް އެޅި ފިޔަވަޅުންއެޗްޕީއޭ އާއި މެދު އާއްމުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ކަންބޮޑުވުންތަކާ ގުޅިގެން އެޗްޕީއޭއިން ބުނީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ދަތުރުކުރާއިރު، މާލެއިން ސާމްޕަލް ނެގުމަށްފަހު ދަތުރުކޮށް ނަތީޖާލިބެންދެން ކަރަންޓީނުވުމުގެ އިތުރުން ރަށުން ސާމްޕަލް ނަގައި ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުންނަ ގޮތަށް ވެސް ދަތުރު ކުރެވޭނެ ކަމަށެވެ.

މާލޭގައި ކޮވިޑުގެ ހާލަތު ގޯސްވުމުގެ ކުރިން ނައިޓް މާކެޓުތައް ބޭއްވުމާއި، އާ އަހަރު ފާހަގަ ކުރަން ބޭރު ލަވަކިއުންތެރިއެއް ގެނެސް މިއުޒިކް ޝޯއެއް ބޭއްވިކަން ފާހަގަ ކުރެވެ އެވެ. މި ޝޯއަށް 11،000 މީހުން ވަދެފައިވާކަމަށް ޔޫތް މިނިސްޓްރީން ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: