ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިއުމަން ޓްރެފިކިން މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންއެއްގެ ތެރެއިން ---- ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި ފުލުހަކާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ހިއުމަން ޓްރެފިކިންގެ މައްސަލައިގައި އެ ހަތަރު މީހުން ހައްޔަރު ކޮށްފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަަނީ 28 އަހަރާއި 65 އަހަރާ ދެމެދުގެ ފިރިހެނުން ކަމަށާއި، އޭގެތެރޭގައި ފުލުހަކާއި ބިދޭސީއެއްވެސް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މިމައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ހައްޔަރުގައި ހުރި ފުލުސް މީހާ ހުރީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައި ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މިމައްސަލައިގައި ހައްޔަރުގައިތިބި ހަތަރު މީހުންގެ ތެރެއިން ދެމީހެއްގެ ބަންދަށް 15 ދުވަސް އަދި އަނެއް ދެމީހުންގެ ބަންދަށް 10 ދުވަސް ކޯޓުން ދީފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: