ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ ނަރުހުންތަކެއް ކެނޑޭކަމުގެ ކަންބޮޑުވުންތަކާއެކު ރައީސް އަރިހަށް!

ނަރުހުންގެ ޖަމިއްޔާއިން ވަނީ ރައީސްއާއި ބައްދަލުކުރައްވާފަ
ޝެއާރކޮށްލާ ކަހަލަދޯ؟

2020 ވަނަ އަހަރުގެ ތެރޭގައި މާލެ ސަރަހައްދުން 200އަށްވުރެ ގިނަ ނަރުހުން ވަޒީފާއިން ކެނޑިފައިވާ ކަމުގެ ކަންބޮޑުވުމާއެކު ދިވެހި ނަރުހުންގެ ޖަމިއްޔާގެ ކަންބޮޑުވުންތައް ރައީސުލުްޖުމްހޫރިއްޔާއާއި ހިއްސާކުރައްވައިފިއެވެ.

ނަރުހުންގެ ޖަމިއްޔާއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވާ ނަރުހުންގެ ކަންބޮޑުވުުންތްައް ހިއްސާކުރައްވާފައިވާއިރު މީގެ ތެރޭގައި މިހާރު ނަރުހުން އަމަލުކުރަމުން އަންނަ އޮނިގަނޑާއި ނަރުހުންނަށް މިވަގުތު ދިމާވެފައިވާ ދަތިތަކާއި އެކަންތަކުން އަރައިގަތުމަށް ގެންނަން ފެންނަ ބައެއް ބަދަލުތަަކުގެ ތަފްސީލްތައް ނަރުހުންގެ ޖަމިއްޔާއިން ވަނީ ރައީސާއި ހިއްސާކޮށްފައެވެ.

އޭގެ ތެރޭގައި ނަރުހުންގެ ކަންކަން ބަލަހައްޓާނެ ވަކި ބެލެނިވެރި ފަރާތެއް ނެތުމުގެ ސަބަބުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ކޮލިޓީ ހިފެހެެއްޓުމުގައި ހުރަސްތަކެއް ހުރިކަން ނަރުހުންގެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

ބައްދަލުވުމާއި ގުޅޭ ގޮތުން ސަންގުޓީވީއަށް މައުލޫމާތު ދެމުްނ ނަރުހުންގެ ޖަމިއްޔާއިން ބުނީ އެކަމަށް އޮތް ހައްލެއްގެ ގޮތުގައި ޖަމއްިޔާއިން ރައީސަށް ހުށައެޅީ ޗީފް ނަރސިން އޮފިސަރެއްގެ މަގާމު އުފައްދައި އެމަގާމަށް ދާއއިރާގެ ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހަކު އައްޔަން ކުރުން ކަމަށެވެ. އެމަގާމަކީ ބޭރު ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް އޮންނަ މަގާމެއް ކަމަށާއި ޗީފް ނަރސިން އޮފިސަރ މަސައްކަތްކުރާނީ ހެލްތު މިނިސްޓްރީގެ ދަށުން ކަމަށާއި އެމަގާމަށް އައްޔަން ކުރާ މީހަކު މަސައްކަތްކުރަމުންދާނީ ހުރިހާ ހޮސްޕިޓަލް އަދި ކްލިނިކްތަކެއްގެ މެނޭޖަރުންނާއި ގުޅިގެން ކަމަށް ނަރުހުންގެ ޖަމިއްޔާއިން ބުނެއެވެ. މިހާރު އޮންނަ އުސޫލުތަކުގެ ސަބަބުން އެކި ހޮސްޕިޓަލްތަކުންނާއި ކްލިނިކްތަކުން އަމަލުކުރަމުންދަނީ އެކި އުސޫލުތަކަށް ކަމަށާއި އެެހެންވުމުގެ ސަބަބުން ކޮލިޓީ ހިފެހެއްޓުމަށް ދަތިވާކަމަށް ޖަމިއްޔާއިން ބުނެއެވެ.

މީގެ އިތުރުން، މިހާރުވެސް ބޮޑެތި ހޮސްޕިތަލުތަކުގައި މަސައްކަތްކުރަމުންދާ ޑިރެކްޓަރ އޮފް ނަރސަސްގެ މަަގާމުގައި ހުންނަވާ ނަރުހަށް ލިބޭ މުސާރައަކީ އެކަށީގެންވާ މުސާރައެއް ނޫންކަމަށް ޖަމިއްޔާއިން ބުނެއެވެ. އެގޮތުން މާސްޓާޒް އާއި 10 އަހަރުގެ ތަޖުރިބާއާއެކު އެމަގާމަށް އާދެވޭ އިރު މުސާރައިގެ ގޮތުގައި ލިބެނީ ސާދަހާހެއްހާ ރުފިޔާކަމަށާއި ޕޯސްޓް ގްރެޖުއޭޓްއެއްގެ ގޮތުގައި ދާއިރާއަށް ނުކުންނަ ބައެއް މީހުންނަށް ފަނަރަހާހެއްހާ ރުފިޔާލިބޭކަން ޖަމިއްޔާއިން ފާހަގަކުރެއެވެ. އެހެންކަމުން، ބައެއް ހާލަތްތަކުގައި މުސާރައިގެ ފަރަގު އެންމެ އިންސާފުވެރި ނޫންކަމަށް ދެކޭ ކަމަށް ޖަމިއްޔާއިން ފާހަގަކުރެއެވެ.

މިނޫނަސްވެސް ތަފާތު އެކި މައްސަލަތައް ޖަމިއްޔާގެ ފަރާތުން ރައީސްއާއި ހިއްސާ ކުރައްވާފައިވާއިރު މީގެ ތެރެއިން ބައެއް ކަންކަން ކުރިއަށް އޮތް ތިން ހަަތަރު މަސްދުވަސްތެރޭ ރަނގަޅުވާނެކަމަށް ރައީސް ވިދާޅުވެފައިވާކަމަށް ނަރުހުންގެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
44%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 22%ބޮޑު ޖޯކެއް 22%ހައިރާންވެއްޖެ 6%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: