ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ކަރަންޓީނުގެ މުއްދަތު 7 ދުވަހަށް ކުރުކޮށްފި

އެޗްޕީއޭއިން މާލެ ތެރޭގައި ސާމްޕަލްތައް ނެގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވް މީހުންގެ ކަރަންޓީން މުއައްދަތު ހަތް ދުވަހަށް  ބަދަލުކޮށްފިއެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ނެރުނު އިއުލާނުގައި ވަނީ ކޮވިޑް-19 އަށް ފައްސިވާ މީހުން ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ، އެމީހަކު ކޮވިޑް-19 އަށް ފޮޒިޓިވްވެ ސާމްޕަލް ނަގާ ތާރީހުން ފެށިގެން ހަތް ދުވަހަށް ކަރަންޓީން ކުރާ ގޮތައް އުސޫލު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މި ހަތް ދުވަހުގެ މުއްދަތު ހަމަވުމުން އެމީހަކު އެކަހެރިކުރެވިފައިވާ މުއްދަތު ނިމޭނެ ކަމަށާއި ނަމަވެސް ބަލީގެ އަލާމާތެއް ހުރިނަމަ، އެކަހެރިކުރާ މުއްދަތު ނިމޭނީ އެއްވެސް އަލާމާތެއް ނެތި މަދުވެގެން 24 ގަޑިއިރު ވުމުން ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

އުސޫލަށް ގެނެވުނު ބަދަލާއި އެކުވެސް ސާމްޕަލް ނަގާ ތާރީހުން ފެށިގެން ހަތް ދުވަސް ފުރިހަމަވުމާއެކު މަސައްކަތަށް ނުކުންނަންޖެހޭ ސިއްހީ ހިދުމަތް ފޯރު ކޮށްދޭން ޖެހޭ ތަންތަނާއި، މީހުން ބަލަހައްޓާ މަރުކަޒުތަކާއި ސްކޫލުތަކާއި ކިޔަވައިދޭ މަރުކަޒުތައް ފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއަށް ނުކުންނަން ވާނީ އެންޓިޖެން ޓެސްޓު ހަދައި ނެގަޓިވް ނަތީޖާ އަކާއި އެކު ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ. އެންޓިޖެން ޓެސްޓު ހަދާނީ މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތްވާގޮތުގެ މަތިން މިނިސްޓްރީ އޮފް ހެލްތުން އެންޓިޖެން ޓެސްޓު ހެދުމުގެ ހުއްދަ ދީފައިވާ ތަނަކުންނެވެ.

މީގެ ކުރިން އޭޖެންސީ އިން އާއްމުކުރި އުސޫލުގައި ވެސް ބުނެފައިވާ ފަދައިން، ކޮޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަ ވެފައިވާ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭނީ ޕޮޒިޓިވްވާ މީހާއާއި ކޮންޓެކްޓުވި ތާރީހުން ފެށިގެން ދިހަ ދުވަހުގެ މުއްދަތަކަށް ކަމަށެވެ. މި 10 ދުވަސް ފުރިހަމަވުމުން، ބަލީގެ އަލާމާތެއް ނެތްނަމަ އިތުރު ޓެސްޓުކުރުމަކާނުލައި ކަރަންޓީނުން ދޫކުރެވޭނެއެވެ.

ހަމައެއާއި އެކު، އެ މީހަކު ކަރަންޓީނުވުމަށް އެޗްޕީއޭ އިން އަންގާ ތާރީހުން ފެށިގެން ފަސް ދުވަސް ފުރިހަމަވުމުން، ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ނެގަޓިވް ވުމުން ކަރަންޓީނުން ދޫކުރެވޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ. ނަމަވެސް އެގޮތަށް ފަސްދުވަސް ފުރިހަމަ ވުމުން ދޫކޮށްލާނީ ކޮޮވިޑު-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންނާ މުޅިން ވަކިން ކަރަންޓީނުގައި ތިބޭ ނަމައެވެ.

އުސޫލަށް ބަދަލުގެނެވުނު ނަމަވެސް، ރާއްޖޭގެ ކޮވިޑު ހާލަތު ދަނީ ދުވަހުން ދުވަހަށް ގޯސް ވަމުންނެވެ. އެގޮތުން އިއްޔެ އެކަނިވެސް މުޅި ރާއްޖެއިން ވަނީ 536 މީހަކު ޕޮޒިޓިވް ވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: