ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ކޮމަންޑޫ އަށް ވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ ކެމްޕޭނަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ކޮމަންޑޫއަށް ވަޑައިގެންފި އެވެ.

ކޮމަންޑޫ އަށް ޔާމީން ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ ރަށު ބަނދަރު ސަރަހައްދަށް ގިނަ ބަޔަކު ވަނީ ޖަމާވެފަ އެވެ.

މި ދަތުރުފުޅުގައި ކޮމަންޑޫގެ އިތުރުން ފޯކައިދޫ އާއި މަރޮށި އަދި ފުނަދޫ އަށް ވެސް ޔާމީން ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕީޕީއެމްގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ މޫސާ ފަތުހީގެ ކެމްޕެއިނަށް މިދިޔަ ޑިސެމްބަރު 29 ވަނަ ދުވަހުގެ ރޭ އިދިކޮޅު ލީޑާޝިޕްގެ ބައެއް އިސް ބައެއް ބޭފުޅުން ކޮމަންޑޫއަށް ވަޑައިގެންނެވި އެވެ.

އެ ޓީމުގައި އިސްކޮށް ހުންނެވީ އަބްދުއްރަހީމާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އާދަމް ޝަރީފް އުމަރެވެ. މި ދަތުރު ނިންމާލުމަށް ފަހު އެ ޓީމުގެ އިސްވެރިން ވަނީ އިއްޔެ މާލެ ވަޑައިގެންފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: