ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައުސޫމާލު އިތުރުކުރެވިއްޖެ، މަޝްރޫއުތައް ނިންމުމަށް ކުންފުނި އޮތީ ތައްޔާރަށް: އާދަމް އާޒިމް

ކުންފުނީގެ ސީއީއޯ އާދަމް އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއުތަކާއި ޕްރޮޖެކްޓައް ނިންމުމަށް، ކުންފުނީގެ އިކުއިޕްމެންޓާއި ރައުސޫމާލު އިތުރު ކުރެވިފައިވާ ކަމަށާއި، މަސައްކަތް ނިންމުމަށް އެމްޓީސީސީ އޮތީ ތައްޔާރަށް ކަމުގައި، ކުންފުނީގެ ޗީފް އެކްޒެކެޓިވް އޮފިސަރ، އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީ ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަދައްކަމުން އާޒިމް ވިދާޅުވީ ސަރުކާރު އެމްޓީސީސީ އާއި ހަވާލުވި އިރު، ކުންފުނި އޮތީ ގެއްލުމާއި ހަމައަށޤ ގޮސްފައި ކަމަށެވެ. އެހެންނަމަވެސް ލިބުނު އެހީތެރިކަމާއި އެކު ސަރުކާރުން ހަވާލު ކޮށްފައިވާ ޕްރޮޖެކްޓްތައް ނިންމުމަށް ތައްޔާރު ވެފައިވާ ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުންފުންޏާއި ހަވާލުވި އިރު، ނިކަމެތި ހާލެއްގައި ކުންފުނި އޮތް ނަމަވެސް، މިއަދު އެމްޓީސީސީ އޮތީ ފާހަގަކޮށްލެވޭ ވަރުގެ ރަނގަޅު ހިސާބެއްގައި ކަމުގައި އާޒިމް ފާހަގަކުރެއްވިއެވެ. އެގޮތުން، ސަރުކާރުން ހަވާލުވުމަށް ފަހު ކުންފުނި ވެގެންދިޔައީ ރާއްޖޭގައި އެންމެ ގިނަ ޕްރޮޖެކްޓް ހަވާލުކުރެވި ނިންމަމުން އައި ކުންފުންޏަށް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެމްޓީސީސީ ގެ މާޒީގައި ވެސް އެންމެ ގިނަ ޕްރޮފިޓް ހޯދިފައިވަނީ ވެސް ރައީސް ސޯލިހުގެ ދައުރުގައި ކަމަށެވެ.

މިކަމުގެ ސަބަބެއްގެ ގޮތުގައި އާޒިމް ވިދާޅުވީ ކުންފުނީގެ މަސައްކަތް ކާމިޔާބުވަމުންދަނީ ރައީސް ސޯލިހުގެ ސަބަބުން ކަމުގައެވެ. އެއީ އެމަނިކުފާނުގެ އިރުޝާދާއި ލަފާގެ މަތިން މަސައްކަތްކުރުމުން އެމްޓީސީސީ އަށް ފާހަގަ ކޮށްލެވޭ ކާމިޠާބުތަކެއް ހާސިލް ކުރެވިފައި ވާތީ ކަމުގައި އާޒިމް ވިދާޅުވީއެވެ. އެމްޓީސީސީ އިން ފާހަގަކޮށްލެވޭ މަސައްކަތް ތަކެއް ކުރެވެނީ ރައީސް ސޯލިހު ކުންފުންޏަށް ދެއްވާ ފުރިހަމަ އެއްބާރުލުމުގެ ސަބަބުން ކަމުގައި ވެސް އާޒިމް ވިދާޅުވިއެވެ.

ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާޒިމް ވަނީ ތަރައްގީގެ މަޝްރޫއުތައް އަވަހަށް ނިންމުމަކީ ރައީސް ސޯލިހުގެ އަމާޒު ކަމުގައި ވިދާޅުވެފައެވެެ. ރައީސް ސޯލިހު ވެދެއްވާ އެންމެހާ އެހީތެރިކަމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކެއް ދިނުމަށް ދެވޭ އެހީތަކެއް ކަމަށާއި މި ހިދުމަތްތައް ފޯރުކޮށްދިނުމަށް އެމްޓީސީސީ އިން މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވިއެވެ. ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުންދަނީ އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓަތއް ވީހާވެސް އަވަހަށް ނިންމުމަށް ކަމުގައި އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ ރައީސް ސޯލިހު އެންމެ ބޭނުންފުޅު ވަނީ ތަރައްގީގެ މަޝްރޫއުތައް އަވަހަށް ނިންމުމަށް ކަމުގައި ވިދާޅުވެފައެވެ. އެގޮތުން މި މަޝްރޫއުތަކަކީ އެތައް ޒަމާނެއް ވަންދެން ރައްޔިތުން ބޭނުންވެފައި ތިބި މަޝްރޫއުތަކަކަށް ވުމުން، މި މަޝްރޫއުތައް ނިންމައި ދިނުމަކީ ރައީސް ގެ އަމާޒު ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

އާދަމް ވިދާޅުވީ އެމްޓިސީސީ އާއި ހަވާލުވިއިރު، ކުންފުނީގައި މަސައްކަތްކުރަމުން ދިޔައީ 1،500 އެއްހާ މުވައްޒަފުން ކަމުގައެވެ. ނަމަވެސް އެމްޓީސީސީ އާއި ހަވާލުވުމަށްފަހުގައި މިވަގުތު ކުންފުނީގައި ޖުމްލަ 3،100 މުވައްޒަފުން މަސައްކަތް ކުރަމުންދާ އިރު، އިކުއިޕްމެންޓާއި ކުންފުނީގެ ރައުސޫމާލު އިތުރުކުރެވިފައިވާނެ ކަމުގައި ވިދާޅުވިއެވެ. މުވައްޒަފުން ތަމްރީނު ކުރުމުގެ އިތުުރން ލޭބަރ އިތުރުކުރުމުގެ މަސައްކަތާއި އެކު މިވަގުތު އެމްޓީސީސީ އިން އޮތީ ބޮޑެތި މަޝްރޫތައް ހިންގައި ނިންމަން ތައްޔާރަށް ކަމުގައިވެސް ވިދާޅުވިއެވެ.

ހަމައެއާއި އެކު އާޒިމް ވަނީ  ބޮޑެތި ބުރިޖް އަޅާ ކުންފުންޏަކަށް އެމްޓީސީސީ ވެގެން ދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވާ ކަމަށާއި އެ ކުންފުނީގެ ތަސައްވަރަކީވެސް އެއީ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެމްޓީސީސީ އަކީ އެކި ސައިޒުގެ ބުރިޖު އެޅޭނެ ގާބިލުކަން ލިބިގެންވާ ކުންފުންޏަކަށް ހެދޭނެ ކަމުގައި ވެސް ވިދާޅުވި އެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: