ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ސިޓީގައި ސޯޝަލް އަދި ރެޒިޑެންޝަލް ހައުސިންގ ޔުނިޓު އެޅުމަށް ހަވާލުކޮށްފި

އައްޑޫ ސިޓީގައި ސޯޝަލް އަދި ރެޒިޑެންޝަލް ހައުސިންގ ޔުނިޓު އެޅުމަށް އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން/ ފޮޓޯ:- އައްޑޫ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ސޯޝަލް އަދި ރެޒިޑެންޝަލް ހައުސިންގ ޔުނިޓު އެޅުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާ އަދި ތުރުކީގެ ކުންފުންޏަކާއެވެ.

އައްޑޫ ސިޓީގައި އާބާދީ އިތުރުވެ ގޯތި ދޫނުކުރާތާ ގިނަ އަހަރުވެފައިވުމުގެ ސަބަބުން ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެސިޓީ ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެދަށުން އައްޑޫގައި ސޯޝަލް އަދި ރެޒިޑެންޝަލް ހައުސިންގ ޔުނިޓުތަކެއް ގާއިމުކުރުމަށް ވަނީ އެއްބަސްވުން އެކުލަވާލާފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ ސޯޝަލް ހައުސިންގ ޔުނިޓު އެޅުމަށް އެއްބަސްވުން އެކުލަވާލާފައި ވަނީ ޗައިނާގެ ބީޔޫސީއެންޖީ ކުންފުންޏާއެކު ކަމަށެވެ. އަދި ރެޒިޑެންޝިއަލް ހައުސިންގ ޔުނިޓު އެޅުމަށް ހަވާލުކޮށްފައިވަނީ ތުރުކީގެ ވިޒްޔޮން ވިލާއާއެކުކަމަށް މައުލޫމާތު ދެ އެވެ.

ޗައިނާގެ ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީގައި 1000އާއި 2000 ސޯޝަލް ހައުސިންގ އެޅުމުގެ މަސައްކަތް ފެށުމަށްވަނީ ހަމަޖެހިފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެއެވެ. މިއީ ފްލެޓު އުސޫލުން އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓުތަކެއްކަމަށް ވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: