އައްޑޫއިން އިތުރު 68 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އައްޑޫ އެމާޖެންސީ އޮޕަރޭޝަންސް ސެންޓަރ (އޭއީއޯސީ) އިން ބުނެފިއެވެ.
އައްޑޫއިން އިތުރު 68 މީހުން ޕޮޒިޓިވް ވުމާއިއެކު، މުޅި ޖުމްލަ 3،224 މީހުން މިހާތަނަށް ޕޮޒިޓިވް ވެފައިވާ ކަމަށް އޭއީއޯސީ އިން ބުނެފައިވެއެވެ. އަދި ކޮވިޑްގެ މި ނުރައްކާތެރި ބަލިން ރަނގަޅުވެފައި ވަނީ 2،998 މީހުން ކަމަށް ވެސް ބުނެފައި ވެއެވެ.
Addu City Covid-19 case status as of 13th January 2022 18:00 Hrs.#StayHome #StaySafe#WearMask pic.twitter.com/FbG0l4sJs9
— Addu Emergency Operations Center (@EOCaddu) January 14, 2022
އައްޑޫ އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރުން އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޕޮޒިޓިވް ވި 68 މީހުންގެ ތެރެއިން 12 ކޭސް ފެނިފައި ވަނީ ހުޅުދޫ އިންނެވެ. އަދި ހިތަދޫ އިން 24 ކޭސް ފެނިފައިވާއިރު މީދޫ އިން 23 ކޭސް، ފޭދޫ އިން 5 ކޭސް އަދި މަރަދޫ ފޭދޫ އިން 3 ކޭސް ފެނިފައިވެއެވެ.
ރާއްޖޭގެ ކޮވިޑުގެ ހާލަތު އަނެއްކާވެސް ގޯސްވެ، މިއަދު ބައްޔަށް ޕޮޒިޓީވްވީ މީހުންގެ އަދަދު 800 އިން މައްޗަށް އަރައިފައި ވެއެވެ.