ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ސަރުކާރުގެ ބާރެއް ނެތް، އޯޑަރު ދެނީ އިންޑިއާއިން: ރައީސް ޔާމީން

އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ފޭބުމަށް ގޮވާލާ ށ. ފުނަދޫގައި ކުރިޔަށްދާ ހަރަކާތުގައި ރައީސް ޔާމިން ވާހަކަ ދައްކަވަނީ/ ފޮޓޯ: ޕީޕއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަން ކުރައްވަމުން ގެންދަވަނީ އިންޑިއާ ސިފައިން އަންގަ ގޮތަކަށްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅުން ކުރިޔަށް ގެންދާ ހަރަކާތްތައް ވަރުގަދަކޮށް، ޕާޓީގެ ލީޑާޝިޕުން ދަނީ ކޮންމެ ހަފްތާއަކު ވެސް ރާއްޖޭގެ އަތޮޅުތަކަށް ދަތުރު ކުރަމުންނެވެ.

ށ. އަތޮޅު ފުނަދޫއަށް މިއަދު ވަޑައިގެން ރައީސް ޔާމީން ވިދާޅުވީ އިންޑިއާގެ ނުފޫޒު އޮވެގެން ނުވާނެކަމަށް ބުނެ އަޑުއުފުލަނީ ރާއްޖެ ނޫންކަމަށާއި، މިއަދު އެތައް ގައުމެއް މިގޮތަށް ޝުއޫރު ފާޅު ކުރަމުންދާ ކަމަށެވެ. އިންޑިއާ ސިފައިންނަށް މި ގައުމުން ފެބުން ނޫން އިތުރު ގޮތެއް ނެތްކަމަށާއި، މިއީ މިއަދު ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް އަޑުކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިންނަށް ދެކޮޅަށް އަޑުއުފުލާ ދިވެހީންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.

ރަށްތަކުގައި އިންޑިއާގެ ސިފައިން ތިބުމުން އުނދަގޫތަކެއް ވާކަން ފާހަގަކޮށް ރައީށް ޔާމީން ވިދާޅުވީ، އެ މީހުން ބޭނުން ވަނީ ގައުމުގެ މިނިވަންކަން ނަގާލުމަށް ކަމަށެވެ. އިންޑިއާގެ ހައިކޮމިޝަނުން އަންގާ ހުރިހާ ގޮތަކަށް ސަރުކާރުން މަސައްކަތް ކުރާކަމުގެ ތުހުމަތުތައް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ދިވެހި ދައުލަތުގައި ދިވެހި ސަރުކާރުގެ އެއްވެސް ބާރެއް ނެތްކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ. ހަނިމާދޫ ފަދަ ރަށްތަކުގައި ދިވެހިންގެ އެއްވެސް ބާރެއް ނެތްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. މިއަދު ހަނިމާދޫ އެއާޕޯޓުގައި މަތިންދާ ބޯޓެއް ވެސް ޖެއްސެނީ އިންޑިއާގެ ހުއްދަ އާއި އެކުކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުގެ މުހިންމު ނިންމުންތަކުގެ އިރުޝާދު ދެނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ކަމަށެވެ. ސަރުކާރުގެ ގިނަ ނިންމުންތަކުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމިއްލަ އިހުތިޔާރެއް ނެތްކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ފުރިހަމަ މިނިވަންކަމާއި، ގައުމުގެ ހައްގު އަދި ދައުލަތުގެ ދިފާއަށް ސަރުކާރުގެ ބައެއް މަސައްކަތް ކުރާތަން ނުފެންނަކަމަށް ވިދާޅުވެފަ އެވެ.

މާލޭގައި ބޭއްވި ބޮޑު ދެ ޖަލްސާއަށް ފަހު، އަތޮޅުތަކަށް ރައީސް ޔާމީން ވަޑައިގަންނަވަނީ “އިންޑިއާ އައުޓް” ޖަހާފައިވާ ރަތް ކުލައިގެ ޓީޝާޓެއްގަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: