ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބ. އަތޮޅުގައި އިތުރު ރިސޯޓެއް ނުހަދަން ގޮވާލައި ގަރާރެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ބ. އަތޮޅުގައި ދެން އިތުރު އެއްވެސް ރިސޯޓެއް ނަހަދަން ގޮވާލައި ބ. އަތޮޅު ކައުންސިލްއިން ގަރާރެއް ފާސްކޮށްފި އެވެ.

އެ ގަރާރުގައި ބުނީ ބޭނުންކުރަން ނުފަށާ ހުރި ފަޅުތަކާއި ފިނޮޅުތައް އަދި ފަޅު ރަށްތަކުގެ ހާލަތު ބެލިއިރު ކަންބޮޑުވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އޭގެ ތެރޭގައި ވަރުވާއަށް ދޫކޮށްފައި ހުރި ބައެއް ރަށްރަށް ކުނި އަޅައި ފުރާލުމާއި ހުއްދަ ނުނަގައި ބައެއް ރިސޯޓުތަކުން ފިނޮޅުތައް ބޭނުންކޮށް މާލީ މަންފާ ހޯދަމުން ދިއުން އަދި ރިސޯޓު ހަދަން ހަވާލުކޮށްފައިވާ ބައެއް ރަށްރަށުގައި އެއްވެސް މަސައްކަތެއް ނުކުރުމާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް އެންމެ އެކަށީގެންވާ ގޮތަށް ބޭނުން ނުކުރުން ހިމެނެ އެވެ.

އެކަންކަމާ ގުޅިގެން ފާސްކުރި ގަރާރުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގިނަ ކަންތައްތަކެއް ގޮވާލާފައިއެވެ.

އެހެންކަމުން މި ކަންކަމަށް ރިއާޔަތްކޮށް ބ. އަތޮޅުގައި ދެން އިތުރު އެއްވެސް ރިސޯޓެއް ނެހެދުމަށާއި އަދި ރިސޯޓެއް ހަދާނަމަ ކައުންސިލްގެ ހުއްދަހޯދަން ޖެހޭ ގޮތަށް ހަދަން ގަރާރު ފާސްކުރި އެވެ.

އަދި ރަށްރަށުގެ އިހުތިސާސްގެ ތެރެއަށް ނުވަދެ ހުރި ހުރިހާ ފަޅުތަކާއި ފިނޮޅުތަކާއި ފަޅުތައް ބަލަހައްޓަން ހަވާލުކޮށް ގަވައިދާ ހިލާފަށް ބޭނުންކޮށްފައިވާ ރަށްތަކާ މެދު ފިޔަވަޅު އަޅަން ވެސް ފާސްކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: