ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާޝިދްގެ ކެމްޕެއިނަށް ނާއިބު ރައީސް ފޯކައިދޫއަށް ވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދަށް ކެމްޕެއިން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ފޯކައިދޫއަށް ވަޑައިގެންފިއެވެ.

މި ކެމްޕެއިން ދަތުރުފުޅުގައި ނާއިބު ރައީސްގެ އަރިހުގައި މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ނާއިބު ރައީސްގެ މި ދަތުރުފުޅުގައި ފޯކައިދޫއަށްފަހު އެ ދާއިރާގެ މަރޮއްޓަށް ވަޑައިގެން، އެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އެއަށްފަހު ކޮމަންޑޫގައި މިރޭ ބާއްވާ ކެމްޕެއިން ޖަލްސާގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު، މިވަގުތުވެސް އެދާއިރާގެ ރަށްތަކުގައި ސަރުކާރުގެ ވަޒީރުންނާއި އެމްޑީޕީގެ މެމްބަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މީގެއިތުރުން އިއްޔަ ވަނީ ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއާއި ކޮމަންޑޫގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި ކޮމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: