ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދާލަތަށް ނިސްބަތްވާ އިސްލާމިކް މިނިސްޓަރު ޒާހިރު އެމްޑީޕީގެ ކެމްޕެއިނުގައި!

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު: އެމްޑީޕީގެ ކެންޑިޑޭޓުގެ ކެމްޕެއިންގައި/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފެބްރުއަރީ ފަހެއްގައި ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީން ދާއިރާގައި ކުރިޔަށް ގެންދާ ކެމްޕެއިން ހަރަކާތްތަކުގައި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަޒު ޒާހިރު ބައިވެރިވެވަޑައިގެންފި އެވެ.

އިސްލާމިކް މިނިސްޓަރަކީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓުގައި އެ މަގާމަށް ވަޑައިގެންނެވި ބޭފުޅެކެވެ. އަދި އިންތިހާބުގައި އަދާލަތުން ތާއީދު ކުރާނީ ކޮން ކެނޑިޑޭޓަކަށްކަން އެ ޕާޓީން ރަސްމީކޮށް އިއުލާނުކޮށްފައި ނުވާއިރު، ށ. މަރޮއްޓަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. ޒާހިރު ވަނީ އެ ދާއިރާގައި އެމްޑީޕީން ކުރިޔަށް ގެންދާ ކެމްޕެއިނަށް ރަށަށް ވަޑައިގެންފަ އެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ނައިބު ރައީސްކަމުގައި ހުންނެވި، ފައިސަލް ނަސީމް ވެސް މިވަގުތު ހުންނެވީ ކެމްޕެއިނަށް ކޮމަންޑޫއަށެވެ. ފައިސަލް ދާއިރާއަށް ވަޑައިގެންނެވިއިރު މަރުހަބާ ދަންނަވަން ވަޑައިގެން ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ޑރ. ޒާހިރު ވެސް ހުންނެވި އެވެ.

ޑރ. ޒާހިރު ވަނީ މަރޮށީގެ ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމުގައި، ވާހަކަފުޅު ދައްކަވާފަ އެވެ.

ޑރ. ޒާހިރު އެމްޑީޕީގެ ކެނޑިޑޭޓުގެ ކެމްޕެއިނުގައި ބައިވެރިވުމުން އެކަމަށް އަދާލަތުން ބަހެއް ނުލިބެ އެވެ. ނަމަވެސް އަދާލަތު ޕާޓީގެ ފަރާތުން ހޯމް މިނިސްޓްރީގެ ސްޓޭޓު އަލީ ނަޒީރު މީގެ ދުވަސްތަކެއް ކުރިން ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް އަދާލަތުން ކެނޑިޑޭޓެއް ނެރެފައި ނުވީ ނަމަވެސް އެއީ އަދާލަތު ޕާޓީގެ ގިނަ މެމްބަރުން ތިބި ރަށެއް ކަމަށެވެ. އެހެން ކަމުން ކުރިޔަށް އޮތް ތަނުގައި ޕާޓީން ތާއީދު ކުރާ ކެނޑިޑޭޓެއްގެ ނަން ހާމަ ކުރާނެކަމަށް ނަޒީރު ވިދާޅުވި އެވެ.

ކޮމަންޑޫ ދައިރާގެ ބައި އިލެކްޝަނަށް މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް ދައުލަތުގެ ވެރިންނާއި، އެމްޑީޕީގެ ވަޒީރުން ރަށްތަކަށް ވަޑައިގެން މަޝްރޫއުތައް އިއުލާނު ކުރައްވަމުން ގެންދަވާތީ ގިނަ ބަޔަކު ދަނީ އެއީ އިންތިހާބަށް ނުފޫޒު ފޯރުވުންކަމަށް ބުނަމުންނެވެ. މިވަގުތު ކޮމަންޑޫގައި އެމްޑީޕީގެ ވަޒީރުންނާއި، މަޖިލީސް މެމްބަރުން، ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ކުންފުނިތަކުގެ ވެރިން އަދި އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރުން އެބަތިއްބެވި އެވެ.

އިއްޔެ ކޮމަންޑޫގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައި މަތި ކޮމަންޑޫ އާއި ކޮމަންޑޫ ގުޅުވާލުމުގެ މަަސައްކަތް ރަސްމީކޮށް ވަނީ އިފްތިތާހުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: