ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެޑިކަލް މާފިއާގެ ބޮޑެއްގެ ގޮތުގައި ސިފަ ކުރުމުން ރޮޒެއިނާ ރަތަށް!

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމަކީ މެޑިކަލް މާފިއާއެއްގެ ގޮތުގައި ސިފަ ކުރުމުން، ވަރަށް ބޮޑަށް ނުރުހުންވެ ހުންނަވައި ސޯޝަލް މީޑިއާގައި ރޮޒެއިނާ ވާހަކަ ދައްކަވައިފި އެވެ.

މިދިޔަ އަހަރު ކޮވިޑު-19 މާލޭގައި އެންމެ ގޯސްވެ ދުވަސްވަރުގެ ތެރޭގައި ރޮޒެއިނާ ހުޅުމާލޭގައި ކްލިނިކެއް އެޅުމަށް ބިޑު ހުށަހެޅި ހަބަރު މީޑިއާތަކުގައި ވަރަށް ބޮޑަށް ދެކެވުނެވެ. އޭރު ރޮޒެއިނާ ބިޑު ހުށަހެޅީ ޝަރުތު ހަމަނުވެކަމަށް ބުނެ ވާހަކަ ދެކެވެން ފެށުމުން އޭނާގެ ހިއްސާ އޮންނަ ޑީވައިއެމް ކުންފުނިން ބުނީ ބިޑް ހުށަހެޅުމުގައި ބޭނުންވާ ހުރިހާ ލިޔުންތަކެއް ފުރިހަމަވާނެ ކަމަށެވެ. ކުންފުނި އުފެއްދިތާ މާ ގިނަ ދުވަހެއް ނުވެ އެ ބިޑު ރޮޒެއިނާއަށް ލިބުނުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެއީ ކޮރަޕްޝަންގެ ގޮތުގައި ސިފަކޮށް ވާހަކަ ދެއްކެވި އެވެ.

މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި މި މައްސަލަ ފެންމަތިވީ، ރައީސް ނަޝީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ގުޅުން ގޯސްވެފައި ވަނިކޮށެވެ. ރައީސް ނަޝީދު ވަނީ ރޮޒެއިނާއަށް އެ ބިޑު ލިބުނީ ފައްޔާޒުގެ ނުފޫޒުންކަމަށް ވިދާޅުވެފަ އެވެ. އެކަން މީޑިއާތަކާއި ހަމައަށް އައީ ވެސް އެމްޑީޕީގެ ގައުމީ މަޖިލީސް ގުރޫޕެއްގައި ރައީސް ނަޝީދު އެ ވާހަކަތައް ދެއްކެވެމުންނެވެ.

ރޮޒެއިނާއަކީ އަލަށް ބޭހުގެ ވިޔަފާރީގެ ތެރެއަށް ވަދެވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައި ވާހަކަ ދެކެވިނިކޮށް، ޓްވިޓާގައި އޭނާ މި މޭރުމުން ވާހަކަ ދެއްކެވީ އާއްމުންގެ މީހެއްގެ ޓްވީޓަކަށް ދިން ރައްދެއްގަ އެވެ. ރޮޒެއިނާ އަކީ މެޑިކަލް މާފިއާއެއްގެ ގޮތުގައި ސިފަ ކުރުމުން އެ ޓްވީޓަށް ރައްދު ދެއްވައި ވިދާޅުވީ އޭނާ އަކީ ޕީސީއާރުގެ ވިޔަފާރި ކުރާ މީހެއް ނޫން ކަމަށެވެ.

ވަރަށް ބޮޑަށް ނުރުހުންވެ ހުންނަވައި ރޮޒެއިނާ ވިދާޅުވީ، މިއީ ލީޑަރެއްގެ ލަގަބު ދީގެން “ވަގެއް” ގޮވައިގެން އުޅޭތީ ޖެހިގެން އުޅޭ ބައްޔެއްކަމަށެވެ. ބެލެވޭ ގޮތުގައި ރޮޒެއިނާ އެ އިޝާރާތް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށެވެ.

ކާކުކަން ނޭނގޭ އެކައުންޓަކުން ކުރި ޓްވީޓަކަށް ރޮޒެއިނާ މިފަދަ މޭރުމަކުން ރައްދު ދެއްވުމުން އާއްމުންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ބަސް މަގު ރަނގަޅު ވާންޖެހޭކަން ފާހަގަކޮށް ބައެއް އާއްމުން ވަނީ ދޮގު ތުހުމަތުތަކަށް ވެސް އެ ނޫން ގޮތަކަށް ރައްދު ދެވޭނެކަން ފާހަގަކޮށްފަ އެވެ.

ހުޅުމާލޭގައި ކްލިނިކުގެ ބިޑުގެ މައްސަލަ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހެޅި އެވެ. ހުޅުމާލޭ ލޮޓް ނަމްބަރު 11628 ގައި ކްލިނިކެއް ހަދާނެ ފަރާތެއް ހޯދަން އިއުލާނު ކުރުމުން ކުރިމަތިލީ ދެ ކުންފުންޏަކުންނެވެ. އެއީ ޑީވައިއެމް ޕްރައިވެޓް ލިމިޓެޑް އާއި މެޑިކުއިޕް ޕްރައިވެޓް ލިމިޓެޑުންނެވެ. ތަޖުރިބާއަށް ބަލާއިރު މެޑިކުއިޕް ކުންފުންޏަކީ ތަޖުރިބާ ގިނަ ކުންފުންޏެކެވެ. ބިޑު އިއުލާނުގައިވާ ގޮތުން ތަޖުރިބާއަށް ބަލަނީ ހުށަހަޅާ ކުންފުނީގެ ނުވަތަ އަމިއްލަ ފަރުދަކު ހުށަހަޅާނަމަ އެ ފަރުދެއްގެއެވެ. 

ވަރަށް ގަދަ
7%ވަރަށް ގަދަ 43%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 14%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: