ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުރޭގެ ނުރުހުން ރައީސް މައުމޫނަށް: “ގައުމު ހަލާކުވީ މަނިކުފާނުގެ އަމިއްލަ އެދުމާއި ހެދި”!

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްުދުﷲ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ ނިކަމެތި ހާލަތެއްގެ ތެރެއަށް ވެއްޓި، ހަމަނުޖެހުން އުފެދުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލަން ޖެހޭނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން ވެސް ބޭއްވި އެކު ޖަލްސާތަކާއި، ބައްދަލުވުންތަކުގައި އަބްދުއްރަހީމް ވަނީ ރައީސް މައުމޫނަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި ގައުމަށް މިހާ ބޮޑު ގެއްލުމަކާއި، ނިކަމެތިކަމެއް ލިބުމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ ރައީސް މައުމޫނެވެ.

ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ހިންގުންތެރި ވެރިކަން ފެނި އަމިއްލަ ތާއީދު ގެއްލިދާހެން ހީވާން ފެށުމުން ރައީސް މައުމޫން އެމަނިކުފާނުގެ ކޮއްކޯފުޅުގެ ވެރިކަމާއި ދެކޮޅަށް ނިކުންނެވި ކަމަށެވެ. އެއީ އަމިއްލަ އެދުމުން ފޯވެފައި ހުރުމުގެ އެއް މިސާލުގެ ގޮތުގައި ސިފަކޮށް އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ އަހަރު ދިޔައީ ވަރަށް އޮމާންކަމާއި އެކު ކަމަށެވެ. އޭރު އެމްޑީޕީގެ ވެސް މާބޮޑު ހަރަކާތްތަކެއް ނެތްކަމަށާއި، ރައްޔިތުން ތިބީ ސަރުކާރާއި މެދު ރުހިގެން ނަމަވެސް ކުއްލިއަކަށް 2015 ގައި ބޭއްވި މޭޑޭ މުޒާހަރާއިން ހުރިހާ މަންޒަރެއް ވެސް ބަދަލުވީ ކަމަށެވެ.

މޭޑޭ މުޒާހަރާގައި އިސްކޮށް ހުންނެވީ ރައީސް މައުމޫންކަމަށް ތުހުމަތު ކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ، އެ މުޒާހަރާގެ ސަބަބުން ގައުމު ވަރަށް ބޮޑު ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓާލި ކަމަށެވެ. ރައީސް މައުމޫން އިސްވެ ހުންނަވައި ހިންގެވި އެ އަމަލުގެ ސަބަބުން ރާއްޖެ ނިކަމަތިވެގެން ދިޔަކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމަށް އަމާޒުކޮށް އަބްދުއްރަހީމް ވިދާޅުވީ، މޭޑޭ މުޒާހަރާގައި ގާސިމަކީ އަމިއްލަ މަންފާ އާއި ފައިދާއަށް ވިސްނި ބޭފުޅެއް ކަމަށެވެ. އަދި އެއީ ރައީސް މުހައްމަދު ނަޝީދަށް ވުރެ ވެސް ބޮޑު ޣައްދާރެއްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެމްޑީޕީން ވެސް މަގުތަކަށް ނިކުމެ، ސަރުކާރާއި ދެކޮޅަށް ބަޣާވާތެއް ހިންގަން މަސައްކަތް ކުރީ ގާސިމާއި ރައީސް މައުމޫންގެ އަމަލުތަކެއްގެ ސަބަބުންކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހެޔޮވެރިކަމެއް ނުކުރެވޭކަމަށް ބުނެ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލާފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ވަކި ހިސާބަކުން އެމަނިކުފާނާއި ރައީސް މައުމޫނާއި ދެމެދު ހިޔާލު ތަފާތުވެ ދެ ފެކްޝަނެއް އުފެދުނެވެ. ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަދި ކުރީގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ސަރުކާރާއި ދެކޮޅު ބަސްތައް ވިދާޅުވާން ފެށުމުން ޕާޓީން ވަކި ކުރި އެވެ. އެ މައްސަލައިގެ ތެރެއިން ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ ވެސް ސަރުކާރާއި ދުރަށް ޖެހި މަސައްކަތް ކުރެއްވީ އެމްޑީޕީ އާއި އެކު މޯލްޑިވްސް ޔުނައިޓް އޮޕޮޒިޝަންގަ އެވެ. ސިޔާސީ ބޮޑު ހަލަބޮލިކަމަކަށް ގޮސް، ލީޑަރުން ހައްޔަރު ކުރުމާއި އެއްވުންތަކުގައި ބާރުގެ ބޭނުން ކުރުން އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުން ފަދަ ކަންކަން ހިނގީ އޭގެ ފަހުންނެވެ. ދި

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: